ޙަޔާތެއް ފޮނި އެކީގައި އުޅެ އުފާ އިހުސާސު ކުރެވުނަކަސް

ވަޔާ އެކުގައި ބުރައިގެން ގޮސް ނިމުން އައިމާ ވިލުން ވައްޗޭ

.

ޖެހޭ އެކިއެކި މުސީބާތުން ނަޖާ ވުމުގައި އެހީ ލިބުނަސް

މެހޭގޮތް މަޅިތަކަށް ބަލަމުން ރަނގަޅު މަގަކުން ހިނގާ ދައްޗޭ

 

ވަގުތުތައް އެކު އެކީގައި ތިބެ އުފާވެރި ހޭދަކޮށް ނިމުނަސް

މަގުން އޮޅިގެން ނުދާނޭހެން ތެދަށް މަގުތައް ކޮށާލައްޗޭ

.

އަޚުން އުޚުތުން ނުހަނު ލޯބިން ހުވަނދުތައް ފޯރުކޮށް ދިނަކަސް

ވަހުން އަބަދުމެ އެ ތާޒާކަން ލިބޭނެކަމަށް ނުވިސްނައްޗޭ

.

ޙިމާޔަތް މައިބަފައިންގެ ފުށުން އަބަދު ލިބިލިބި ތިހެން ހުއްޓަސް

ބިމާއެކު މޮޑެވި ވަކި ނުވަނީސް ޙަޔާތެއް އަލިވި ހޯދައްޗޭ

.

ވެދޭ ގިނަގުނަ އެހީތަކުގައި ފުރާލާ ހިތް އުތުރި އެރިޔަސް

އެދޭ ހުރިހާ ކަމެއް އަމުދުން ނުވާނޭކަން  ފިލާ ވައްޗޭ

 

ނަފާ ލިބިދޭ އެތައް ކަމަކުން ހަޔާތަށް މީރުވަސް ލިބުނަސް

ކަފާ ކުދިކުދި ހަޔާތް ކުރަމުން ތިމާ ބޭކާރު ނުމެ ވައްޗޭ

14 ފެބުރުވަރީ 2024މ

ވަދީފާ ޙަސަން / ދިލްސާދުގެ، ލ. ފޮނަދޫ

ލިޔުންތެރިޔާގެ ފުރަމަލަ

ވަދީފާ ޙަސަން
ވަދީފާ ޙަސަން
ތަޖުރިބާކާރު މުދައްރިސެކެވެ. ދިވެހިބަހަށް އަހުލުވެރި، ތަޖުރިބާހުރި މުދައްރިސެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް