2023-2024 ވަނަ އަހަަރަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީ އެކުލަވައިލުމަށް މިމަހު 16 ވަނަ ދުވަހު އިންތިޚާބު ބާއްވައި އައު ކޮމެޓީއެއް އެކުލަވާލައިފިއެެވެ.

މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އާއްމު ޖަލްސާގައި ބައިވެރިވެ ވޯޓުލާފައިވަނީ 65 މެންބަރުންނެވެ. މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް އިންތިޚާބުގެ ނަތީޖާ:

🎬 ޗެއާޕާޝަން

1) މުޙައްމަދު ނަޝީދު (ބޭބީ)، ކ. މާލެ މ. ނިއު ސަނީވޭ – 42 ވޯޓް (އިންތިޚާބުވެފައި)

މުޙައްމަދު ނަޝީދު (ބޭބީ)

2) އަޙްމަދު ނަޢީމް (އެމޯ)، ކ. މާލެ ހ. މިނިވަން އައްސޭރި – 23 ވޯޓް

ޞައްޙަ ވޯޓް :65، ބާޠިލު ވޯޓް: ނެތް

🎬 ވައިސް ޗެއާޕާޝަން

1) ޝީލާ ނަޖީބު، ކ. މާލެ ދަފުތަރު ނަންބަރު 13001 (ހޮވިފައި)

ޝީލާ ނަޖީބް

🎬 ޖެނެރަލް ސެކްރެޓަރީ

1) އައްބާސް މުޙައްމަދު، ކ. މާލެ މ. ހޮޓާދޮށުގެ (ހޮވިފައި)

🎬 ޚަޒާންދާރު

1) ޖާދުﷲ އިސްމާޢީލް، ހިންދޫސް ގދ. ތިނަދޫ (ހޮވިފައި)

ޖާދުﷲ އިސްމާޢީލް

🎬 ބޯޑު މެންބަރުން

1) ޢަބްދުﷲ މާހިރު، ނީލޯފަރުގެ ރ. މާކުރަތު – 26 ވޯޓް

2) ޢުމަރު އަޝްފާޤް، އެދުރުގެ ތ. ބުރުނީ – 18 ވޯޓް

3) އިބްރާޙީމް ރިޔާޒް، ކ. މާލެ މ. ފެންގިލި – 07 ވޯޓް

4) މުޙައްމަދު އަފްރާހް، ކ. މާލެ މ. ހިމެރިމާގެ – 41 ވޯޓް (އިންތިޚާބުވެފައި)

މުޙައްމަދު އަފްރާހް

5) ފާޠިމަތު ޒުހައިރު، ޖެނެސްޓް ގދ. ތިނަދޫ – 27 ވޯޓް (އިންތިޚާބުވެފައި)

ފާޠިމަތު ޒުހައިރު

ޞައްޙަ ވޯޓް : 60، ބާޠިލު ވޯޓް: 05

އިންތިޚާބު ބޭއްވުމުގެ ކުރިން ބޯޑުގައި ހިމެނޭ އެއް މެންބަރު ފިޔަވައި ދެންތިބި މެންބަރުން އިސްތިޢުފާދިނީ އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމަށެވެ. ބޯޑަށް އިންތިޚާބުު ކުރަން ޖެހޭ ތިން މެންބަރުން ހިމެނޭއިރު، މި ދިޔަ ދައުރުގެ މުއްދަތު ހަމަނުވަންދެން މެންބަރުންގެ ތެރެއިން އަޙްމަދު ޝާހް ފިޔަވައި އެހެން މެންބަރުން އިސްތިޢުފާދީފައި ވިޔަސް ޝާހް އިސްތިޢުފާ ނުދޭތީ އެ މަޤާމަށް އިންތިރު މެންބަރެއް އިންތިޚާބުކުރުމަށް ހިންގާ ޤައިވައިދު ތަނެއް ނުދެއެވެ. އެހެންކަމުން މި ދައުރުގެ ވެސް މެންބަރެއްގެ ގޮތުގައި ޝާހު ހިމެނޭކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގައި ހިމެނެނީ ޗެއާޕާސަންގެ މަޤާމާއި ވައިސް ޗެއާޕާސަން، ޖެނެރަލް ސެކްރެޓަރީ އާއި ޚަޒާންދާރުގެ އިތުރުން، އިތުރު ތިން މެންބަރުންނެވެ. މި ދައުރުގެ ވައިސް ޗެއާ، ޖެނެރަލް ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަޤާމަށް އިތުރު ބަޔަކު ކުރިމަތިލާފައި ނުވާތީ މި މަޤާމުތަކަށް މެންބަރުން އައްޔަންކުރެވުނީ ވޯޓާއި ނުލައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.