ދިވެހި ފިލްމީ ދާއިރާގެ ޚިދުމަތްތެރިޔާ މުޙައްމަދު ނަޝީދު (ބޭބީ) 51 އަހަރު، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. މިމަހު 16 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ ޗެއާޕާސަންގެ މަޤާމަށްވެސް އިންތިޚާބުވެފައިވާ ބޭބީ ނިޔާވީ، މިދިޔަ ބުދަދުވަހު ހަވީރު އޭނާއަށް ސްޓްރޯކެއް ޖެހި ސައިކަލުން ވެއްޓުމާއި ގުޅިގެން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެއެވެ.
މުޙައްމަދު ނަޝީދު (ބޭބީ)އަށް ސްޓްރޯކް ޖެހުނީ ސިނަމާލެ ބްރިޖް މަތިން ސައިކަލުގައި ދުއްވާފައި ދަނިކޮށް ކަމަށް ފިލްމީ ދާއިރާގެ މެންބަރުން ހިމެނޭ ވައިބަރ ގްރޫޕެއްގައި ބުނެފައިވެއެވެ. ސްޓްރޯކް ޖެހިގެން ވެއްޓި ލިބުނު އަނިޔާއާއި ސްޓްރޯކްގެ ސަބަބުން އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުމާއެކުހެން ނަޝީދުގެ ހާލަތާމެދު ހޮސްޕިޓަލުގެ ޑޮކްޓަރުން ދިނީ ފަންސާސް/ފަންސާހުގެ އުއްމީދެކެވެ.
މުޙައްމަދު ނަޝީދު (ބޭބީ)އަކީ ރާއްޖެ މިއަދު މިދެކޭ ޑިމޮކްރެސީގެ ހަޔާތުގެ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރުން ފެށިގެން އެކިއެކި ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.
މުޙައްމަދު ނަޝީދު (ބޭބީ)ގެ ޖަނާޒާ އޮންނާނީ މިރޭ 23:00ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
މުޙައްމަދު ނަޝީދު (ބޭބީ)ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި އަޅުގަނޑުމެން ދުޢާކުރަމުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!