“މި އަރަތް ހައްލުކޮށް، އަސްލު ‘ފުރޭތަ‘ ހާމަކޮށްދެވިދާނެ ހެއްޔެވެ؟ އިންސާފު ހޯދުމަށް ކުރާ ދަތުރު ފެށުނު ނަމަވެސް ބަދަލުހިފުން އަދި އިންސާފާއި ދެމެދުގައިވާ ރޮނގު ވަނީ ފުސްވެފައެވެ. ފޮރުވިފައިވާ އަނދިރިކަން ހާމަކުރަން ކެރޭނެހެއްޔެވެ؟

* ޑާކް ރެއިން އެންޓަޓެއިންމަންޓް

މިއީ 04 މާރިޗް 2024ގައި ރިލީޒްކުރަން ތައްޔާރުވެފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު “ފުރޭތަ“އިގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) މިއަދު އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވާ އިބާރާތްކޮޅެއްގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުންކޮޅު އާއްމުކުރީ ފިލްމު “ފުރޭތަ“އިގެ ޕޯސްޓަރަކާއެކީގައެވެ.

އަސްލު “ފުރޭތަ“އަކީ ކާކުކަމާ، އިންސާނަކު ފުރޭތައަކަށް ބަދަލުވާން ޖެހެނީ ކީއްވެގެންކަން ފަދަ އެތައް ކަމެއް އެނގިގެންދާނީ ފިލްމު ބަލައިގެންނެވެ. ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު ޓިކެޓް ގަތުމުގެ އިންތިޒާމު މިފަހަރުވެސް އޮތީ ވަރަށް ފަސޭހަ ގޮތަކަށް ހަމަޖައްސާފައެވެ. 9911229 އަށް މެސެޖެއް ކޮށްލުން މިއީ ފުރަތަމަ ފިޔަވަޅެވެ. އެކަމަކު އެ މެސެޖްގައި ހަނދާންކޮށް ދެތިން ކަމެއް ފުރިހަމަކޮށްލަން ވާނެއެވެ.

🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު

މިއީ ފިލްމު “ފުރޭތަ“ގެ ޓިކެޓް އޮންލައިންކޮށް ބްކްކޮށްލަން ޖެހޭ ގޮތެވެ.

“ސީޓް ލިބެންހުރިކަން އަޅުގަނޑުމެން ކޮންފަރމްކުރުމުން، ޓިކެޓަށް އަރާ ޖުމްލަ އަދަދުގެ ފައިސާ އަޅުގަނޑުމެންގެ އެކައުންޓް ނަންބަރު 7701139602001 (ޑާކް ރެއިން އެންޓަޓެއިންމެންޓް) އަށް ޖަމާކުރެއްވުމަށްފަހު ސްލިޕްކޮޅު ވައިބަރުން ނުވަތަ ވަޓްސްއެޕުން ފޮނުއްވާލައްވާ.

އޭރުން އަޅުގަނޑުމެން ޓިކެޓްގެ ފޮޓޯ ފޮނުވާލާނަން. 25 ފެބްރުއަރީގެ ފަހުން ކޮންމެ ތާރީޚެއްގައިވެސް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރަށް ދުރުވެ ޓިކެޓް ކަލެކްޓްކޮށްލެވޭނެ މި ދެންނެވި ފޮޓޯ ދައްކާލެއްވުމުން.”

– ޑާކް ރެއިން އެންޓަޓެއިންމެންޓުން މުޙައްމަދު ޢަލީ (މޮގާ)

މި ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް އުޅޭއިރު އެހެނިހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 150 ރުފިޔާ އަށެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ، ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ނީލް އެވެ.

ފިލްމުގައި ހިމެނޭ ވަރުގަދަ ފައިޓް ސީންތައް ހަދާފައިވަނީ ރަވީ ފާރޫޤްގެ މޭސްތިރިކަމުގެ ދަށުންނެވެ.

އަޙްމަދު ޠަލާލް (ތޮލް) ލިޔެފައިވާ “ފުރޭތަ“އަކީ މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށް އެޑިޓްކުރާ ފިލްމެކެވެ.

ފިލްމުގެ މަންޒަރުތައް ކެމެރާކުރަނީ އަޙްމަދު ޒިފާފް އެވެ. ވިޒުއަލް އިފެކްޓް ހަދަނީ ވިޝާލް ޒަކީ އެވެ. ޙުސައިން ތަޢުފީޤްގެ މިއުޒިކުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު، ފިލްމުގެ ކާސްޓުންގެ މޭކަޕްތައްކުރަނީ ޙަސަން އާދަމް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.