ދިވެހި ބިރުވެރި ފިލްމުތަކުން ބެންޗްމާކް މޮޅު މަސައްކަތްތަކެއް ފެނިގެންދާ ރީތި ބިރުވެރި ފިލްމު “ކަންބަޅި”ގެ އެންމެ ފަހު ތިން ޝޯވގެ ޓިކެޓް މިހާރު ވިކެމުން އަންނަ ކަމަށް އައިފިލްމްސް އިން ބުނެފިއެވެ.
އިލްޔާސް ވަހީދު (އިއްލެ)ގެ “ނީނާ” އާއި “ބަވަތި” މިއީވެސް ދިވެހި ފިލްމީ ތާރީޚްގައި ރަން އަކުރުން ލިޔެލެވޭނެ ދެ ފިލްމު ކަން ފިލްމު ބެލި ފަރާތްތަކުން ހެކިވާނެ އެވެ. އެހެންކަމުން ފިލްމު “ކަންބަޅި” އާ މެދުގައި އިތުރު ސުވާލެއް ކުރުމުގެ ޖާގައެއް ނެތޭވެސް ބުނެވިދާނެއެވެ.
މިއީ ދިވެހި މުޖުތަމަޢަށް ބޭނުންތެރި، ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދާ ފިލްމެކެވެ. ލޯތްބާއި ހިތާމައިގެ އިތުރުން ސަންސްޕެންސް ބޮޑު ފިލްމެކެވެ. ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހޭ ކިތަންމެ ކިތަންމެ މަންޒަރެއް ކުރިމަތިވާއިރު، ހީވެސް ނުކުރާ ކަހަލަ އެތަކެއް ކަންތައްތަކެއް ފިލްމުން ފެނިގެންދެއެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ވަކި މިވެނި އެކްޓަރެއްގެ އެކްޓިން ގޯހޭ ބުނާނެ ހަމަ އެންމެ ޖާގައެއްވެސް ދީފައެއް ނުވެއެވެ.
“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްލާށެވެ. މެސެޖްކޮށްލާއިރު އަންނަނިވި ތަފުސީލުތައް ހިމަނައިލުމުން ދެފަރާތުގެ ވަގުތު ސަލާމަތްވެ، ޓިކެޓް ޕްރޮސެސްކުރުމުގެ މަރުހަލާ އަވަސްވާނެއެވެ.
🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
ސިހުރު ހާހޫރައިގެ ސަބަބުން އާއިލާއަކަށް ކުރިމަތިލާން ޖެހުނު ބިރުވެރި، ނުރައްކާތެރި ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ.
🎦 ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
