އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ” މީޑިއާ ނެޓް ވީޑިއޯ ކްލަބް އަދި މީޑިއާ ނެޓް ގްލޯބަލްގައި ރިލީޒްކޮށްފިއެވެ. ރާއްޖޭގައި މިހަައިތަނަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު ފައިޓް ސީންތައް ހިމެނޭ ފިލްމު “ނީނާ” އަކީ އަންހެނެއްގެ ހަޔާތަށް ކުރިމަތިވާ ހިތާމަވެރި ކަންތައްތަކެއްގެ ބަދަލުހިފުމަށް އެ އަންހެން މީހާ ކުރާ ހަނގުރާމައެއް ދައްކުވައިދޭ ފެންވަރު ރަނގަޅު ރީތި ފިލްމެކެވެ.

ފިލްމު “ނީނާ”އަކީ ދިވެހި ކޮލިޓީ ފިލްމެއް ބަލަން ބޭނުންވާ ފަރާތްތަކަށް ނިކަން ކަމުދާނެ ފިލްމެކެވެ. މި ފިލްމުން އަސްލު ފައިޓް މަންޒަރުތައް ފެނިގެންދަނީ ފިލްމު ކުޅުމަށްޓަކައި ފިލްމުގެ ލީޑް ނުޒޫ އާއި ވިލަން އައްކި އެތަކެއް ޓްރެއިން ތަކެއް ހޯދުމަށްފަހު ފައިޓް ދަސްކޮށްދޭ ޚާއްޞަ އިންސްޓްރަކްޓަރެއްގެ އިރުޝާދާއެކު އިލްޔާސް ވަހީދުގެ ޑައިރެކްޝަން ހިމަނައިގެން ކޮށްފައިވާ ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފިލްމު “ނީނާާ”ގެ ސްކްރީންޕްލޭ، އެކްޓިން، ޑައިރެކްޝަން، ޑައިލޮގްތައް، ފައިޓް ސީންތައް، ކެމެރާކުރުން، ޓެކްނިކަލް މަސައްކަތްތައް – މިހެން ގޮސް ހުރިހައިކަމަށްވެސް ‘އޭ ސްޓަރއެއް’ ދެމުން ބުނެވެން އޮތީ މިއީ މާސްޓަރޕީސް ދިވެހި ފިލްމެއް ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ބްރޭންޑް ނަމެއް ކަމަށްވާ ‘އާނީ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް‘ގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޢަލީ މި ފިލްމާމެދު ދެއްވާފައިވާ ކޮމެންޓް އަނެއްކާވެސް ތަކުރާރުކޮށްލާނަމެވެ.

“ދިވެހިރާއްޖޭގެ މުޖުތަމަޢު މިހާރު އޮތް ޙާލަތު “ނީނާ” ފިލްމުން ދައްކުވައިދޭ.

“ރޫޅިފައިވާ ޢާއިލާ، މަސްތުވާތަކެއްޗާއި، އަނިޔާއާއި، ގޭންގް ރޭޕާއި، މަރުގެ މައްސަލައާއި، ޝިކާރައަކަށްވާ މީހުންނާއި ޝިކާރައަކަށްވާ މީހުންނަށް ދުވަހަކުވެސް އެކަށީންވާ އިންސާފު ނުލިބި މަދު ވޯޓްކޮޅެއް ހޯދުމުގެ ދަހިވެތިކަމުގައި ކުށްވެރިންނަށް މިނިވަންކަން ލިބޭ ފަސާދަވެފައިވާ މުޖުތަމަޢުއެއް (މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭ).

މިއީ ބާރުވެރި އަންހެނަކު، އެއްވެސް ޖެހިލުންވުމެއް ނެތި އަނިޔާއާ ދެކޮޅަށް ތެދުވެ މަސައްކަތްކުރާތަން ފެނިގެންދާ ‘މާސްޓަރޕީސް’އެއް.

އަންހެނެއް އަދި މަންމައަކަށް ވާތީ އަހަންނަށް ވަރަށް އަސަރުކުރި. އަހަރެން ގިނަ ވަގުތު ނޭވާ ހިފަހައްޓައިގެން އިންއިރު، ފެންނަމުން ދިޔަ މަންޒަރުތައް މުޖުތަމަޢުއާ ގުޅުންހުރިލެއް ބޮޑުކަމުން އަހަންނަށް ހަޅޭއްލަވައިގެނެވި ރޮވުނު.

އިލްޔާސް ވަހީދުގެ މާސްޓަރޕީސް ސްޓޯރީލައިނަށް އަހަރެން ސާބަސްދެން.

ފެށިގެންގޮސް ނިމެންދެންވެސް އެއީ ބިރުވެރި-ޝައުޤުވެރިކަމެއް ފެންނަ ފިލްމެއް.

ފިލްމުގައި ބައިވެރިވި ހުރިހާ ތަރިން، ވަކީން ޚާއްޞަކޮށް އިސް ބަޠަލާ ނުޒުހަތު ވަރަށް މޮޅަށް މަސައްކަތްކޮށްފައިވޭ.

އެންމެފަހުން އަހަރެންގެ ޢަލީ އިނާޒް (ދަރިވަރު) އެކްޓްކުރަނިކޮށްވެސް ފެނިއްޖެ. އިއްލެއާ މެދު އަހަރެން ވަރަށް ބޮޑަށް ފަޚުރުވެރިވަން. 👏👏

އެހެން ގޮތަކުން އެ އިހުސާސްތަކާއި، ވަރުގަދަކަމާއި، ހަގީގަތާއި ގުޅުވާލާފައިވާ މިންވަރު އަލުން ކިޔައިދެވޭކަށް ނެތް.

“ނީނާ” އަކީ ކޮންމެހެން ބަލަންޖެހޭ ފިލްމެއް، ވަކީން ޚާއްޞަކޮށް ކަނބަލުން.

އާނ، އަހަރުމެން އަނިޔާވެރިކަމަށް ބޮލެއް ނުލަނބާނަން އަދި ކިއެއްތަ އިންސާފުހޯދުމަށް މަސައްކަތްކުރާނަން. “މިކަމަށް ސަމާލުވެ ތިބޭތި”

– އައިންތު ޢަލީ (އާނީ އެސޯސިއޭޓްސް)

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

 

View this post on Instagram

 

A post shared by MS Videoclub (@msvideoclub)

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.