އަލުތްވަކީ ހަށިގަނޑަށް ފައިދާހުރި ތަރުކާރީއެއްގެ އިތުރުން ބޮލުގެ އިސްތަށިގަނޑަށްވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. އަލުތްވަކީ ވިޓަމިންސް އޭ، ބީ6، ސީ، ޑީ އަދި އީ އާއި އަޔަން، ޒިންކް، ކޮޕަރ، ކެލްސިއަމް، ޕޮޓޭސިއަމް، ނިއޭސިން އަދި މެގްނީޒިއަމް އިން ބަރާވެފައިވާ ތަރުކާރީ އެކެވެ. މިއީ ޒީނަތްތެރިވުމަށް ބޭނުންކުރެވިދާނެ ވެސް އެއްޗެކެވެ. އެގޮތުން އިސްތަށިފޭބުން ހުއްޓުވުމަށާއި ނުރަ އިސްތަށި ކަޅުކުރުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

އަލުތްވަކީ މިހާ ފައިދާހުރި އެއްޗަކަށް ވާއިރު އެކަމަށް ބޭނުންވަނީވެސް ފަސޭހަކަމާއެކު ބާޒާރުން ގަންނަން ލިބެން މިހުންނަ އަލުތްވެވެ. އަލުވިން ރިހަކައްކައިގެން ކެއުމަށް، ޗިޕްސް ހަދައިގެން މީރު ޖޫހަކާއި އެކުގައި ބުއިމުގެ އިތުރުން ބޮލުގެ އިސްތަށްޓަށްވެސް އަގުހުރި ފައިދާތަކެއް ކޮށްދެއެވެ.

އަލުވީގައި ފޮސްފަރަސް، އަޔަން، ކެލްސިއަމް، ފައިބަރސް، ޕޮޓޭސިއަމް، ޕްރޮޓީންސް އަދި ވިޓަމިންސް އޭ، ބީ އަދި ސީ ހުރެއެއެވެ. މިއީ އިސްތަށިގަނޑު ތުނިވިޔަ ނުދީ ވަރުގަދަ އިސްތަށިގަނޑެއް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަލުވި އެކަންޏެއް ނޫނެވެ. އަލުވީގެ ތޮށްޓަކީވެސް ވަރަށް ފައިދާހުރި ބައެކެވެ. ޚާއްޞަކޮށް ނުރަ އިސްތަށްޓަށް ދާއިމީ ކަޅުކަމެއް ގެނައުމަށެވެ. ބޮލުގެ އިސްތަށީގެ ފަރުވާއަށް އަލުވި ބޭނުންކުރުމުގެ ކުރިން އަލުވިން ލިއްބައިދޭ ބައެއް ތަފާތު ފައިދާތަކާއި ކުރެވޭ ބައެއް ބޭނުންތަކަށް ކުރުކޮށް ބަލައިލާނަމެވެ.

އަލުވިން ބޯދޮވުމުގެ ފައިދާތައް:

އަލުވިން މީރުރަހައެއް ލުމުގެ އިތުރުން އަދި ލޯ ކައިރީގައި ކަޅުވެފައި ހުންނަ ކަޅުކަން ފިލުވައިލުމުގެވެސް އިތުރަށް ވަރަށް މުހިންމު ކަމެއް ކޮށްދެއެވެ. މިއީ ބޮލުން އިސްތަށި ފެޅުވުމަށާއި ނުރަ އިސްތަށްޓަށް ގުދުރަތީ ކަޅުކަމެއް ގެނެސްދިނުމަށް މަސައްކަތްކޮށްދޭ އެއްޗެކެވެ. ނަމަވެސް މިއީކީ ދާއިމީކޮށް ނުރަތައް ކަޅުވާކަމެއް ނޫންކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. އެހެން ނަމަވެސް އަލުވިތޮށީގެ ފެނުން އާދަވެ ބޯދޮވުމުން ނުރަތައް ކަޅުވެ އޮފުކަމާއި ތާޒާކަން ގެނެސްދެއެވެ. އަލުވީގައި ހުންނަ ސްޓާޗުގެ ސަބަބުން ނުރައިގައި ކަޅުކުލަ ޖެހެއެވެ. އަލުތްވަކީ ފޮތީގައި ކުލަޖެއްސުމަށް ޒަމާނުއްސުރެން ބޭނުންކުރާ އެއްޗެކެވެ.

 އަލުވި ތޮށީގެ ފެން.ތައްޔާރުކުރާނެ ގޮތް

ބޭނުންވާނެ ތަކެތި:

– 06 އަލުވީގެ ތޮށި (ތޮށި ގިނައިން ބޭނުންކުރި ވަރަކަށް ތައްޔާރުކުރާ ފެނުގެ ކޮލިޓީ ރަނގަޅުވާނެއެވެ.)

– ތެއްޔެއް

– އެސެންޝަލް އޮއިލް އެއް (މިއީ އިޚްތިޔާރީ އެއްޗެއް)

– ފުރޭންޏެއް

– ސާފު ބޯތަށްޓެއް

– ފެން

ތައްޔާރުކުރާނެ ގޮތް:

ތެއްޔަށް ފެންއެޅުމަށްފަހު މަށާފައިހުރި އަލުވި ތޮށިތައް ތެއްޔަށް އަޅާށެވެ. 25 މިނެޓްވާންދެން ތޮށިކޮޅު ކައްކާށެވެ. އުނދުން ނިއްވައިލުމަށްފަހު މަތިޖަހާފައި 15 މިނެޓް ބަހައްޓާށެވެ. ފުރޭނިން ފެންފޮދު ބޯތަށްޓަށް ފުރާނާށެވެ. ތޮށިތައް އުކާލާށެވެ. އެންމެ ކަމުދާ އެސެންޝަލް އޮއިލްގެ ދެތިން ތިކި ފެންފޮދަށް ޖަހާށެވެ. ފެންފޮދު ހިހޫވުމުން އަންނަނިވި ގޮތަށް ބޭނުންކުރާށެވެ.

ފެންފޮދު ބޭނުންކުރާނެ ގޮތް:

1- ޝޭމްޕޫ އާއި ކޮންޑިޝަނަރ އަކުން ރަނގަޅަށް ބޯދޮންނާށެވެ.

2- އިސްތަށިގަނޑު ބައިބަޔަށް ބައިކޮށްލާށެވެ. އިސްތަށިގަނޑުގެ ބޯމިނަށް ބަލާފައި 4-6 ބަޔަށް ބަހާލެވިދާނެ އެވެ.

3- އެކަށީގެންވާ ވަރަށް އިސްތަށިގަނޑަށް އަލުވި ފެންއަޅައިގެން ބޯދޮންނާށެވެ. ބޮލުގެ ހަންގަނޑުގައި ޖެހޭވަރަށް ތެންމަންވާނެ އެވެ.

4- އައިސް ފެނުން ބޯދޮވެލާށެވެ. ނޫނީ ބޭނުން ނަމަ ނުދެވެ ބެހެއްޓުމަށްފަހު ޓީޝާޓް ފޮތިން ނުވަތަ ތުވާލިން ބޯ ހިއްކާށެވެ.

ބޮލުގައި ނުރަ ހުރި ނިސްބަތަށް ބަލައި ހަފުތާއަކު ތިނެއް ނުވަތަ ހަތަރު ދުވަހު އަލުވި ފެނުން ބޯދޮންނާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.