ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2″ގެ ޓައިޓްލް އާއްމުކޮށްފި އެވެ. 

15 ސެޕްޓެމްބަރު 2024ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ “އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ. ސެމީ މުސްތަފާ އަކީ ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފިލްމު އެޓިޓަރެކެވެ.

@muniavas UDHABAANI2 Title Release #muniavasnews #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #muniavas #fyp #dhivehifilm #maldivesfilmassociation #dhivehimovies #udhabaani #udhabaani2 ♬ original sound – MUNIAVAS


🎦 ފިލްމު “އުދަބާނި 2″ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.