މުނިއަވަސް އޮންލައިންގެ ކިޔުންތެރިންނަށް އަދި މުނިއަވަސް ކްލަބްހައުސްގެ އެހުންތެރިންނަށް ސަންނު އަކީ އައު ނަމަކަށް ނުވާނެ އެވެ. މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ (ސަންނު) އަކީ ވާހަކަ ލިޔުމާއި ވާހަކަ ނެރޭޓްކުރުމުގެ ފަންނުގައި ހުނަރުން ފުރިގެންވާ ފަންނާނެކެވެ. މީގެ އިތުރުން ސަންނުގެ ދޮށީ އަންހެން ދަރިފުޅު ޔައުނީގެ ހުނަރުވެރިކަންވެސް މުނިއަވަސް ކްލަބްހައުސްގެ އެހުންތެރިންނަށް ވާނީ ފެނިފައެވެ. ކަން މިހެން އޮތް އިރު، ސަންނުގެ ހަތަރުމައިންނަކީވެސް ހުނަރުން ފުރިގެންވާ ކުޑަކުޑަ އާއިލީ ޓީމެއްކަން ދާދި ފަހުން މިވަނީ ފެނިގެން ގޮސްފައެވެ.

މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް ރިލީޒްކޮށްފައިވާ ދެ ކުރު ފިލްމުން ސަންނުގެ ދަރިންކަމަށްވާ ޔާނިއު، ޔައުނީ އަދި ތުއްތުތުއްތު ޔައިނާގެ ހުނަރުވެރި އެކްޓިންއިން ހައިރާންކަމެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ސަންނު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން މި ދެ ފިލްމުގެ މަންޒަރުތައް ކެމެރާކޮށްފައިވަނީވެސް ސަންނު އަމިއްލައަކަށެވެ. ފިލްމަށް ކެމެރާކުރުމުގެ ހުނަރުވެރިކަމަކީ ސަންނުގެ ކިބައިގައި ހުރި ކަމެއްކަން ޚުދު އޭނާއަށް އެނގިފައި ނެތަސް، ސަންނުގެ މި ކުރު ފިލްމުތައް އެޑިޓްކުރި މީހެއްގެ ހައިސިއްޔަތުން ބުނެވެން އޮތީ ކޮންމެ ޝޮޓެއްވެސް ސަންނު ނަގާފައިވަނީ ވަރަށް ވިސްނުންތެރިކަމާ ރޭވުންތެރިކަމާ އެކުގައި ކަމަށެވެ. އިހަށް މި ވާހަކަ އެއްފަރާތުގައި ބާއްވާފައި ފަހަރަކު ކަމަކަށް ޖެހިލާނަމެވެ.

ޔާ-ސްޓޫޑިއޯ އަކީ ކޮބާ؟

ޔާ-ސްޓޫޑިއޯ އަކީ ސަންނުގެ ތިން ދަރިންގެ ނަން ފެށޭ އަކުރު ‘ޔ’އަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެކެވެ. މި ނަން ކިޔައި ޔާ-ސްޓޫޑިއޯގެ ލޯގޯ ފަރުމާކޮށް އެނިމޭޓެޑް ލޯގޯ ހެދީ މުނިއަވަސްގެ ވީޑިއޯ މަސައްކަތްކުރާ ރިކާޒް ސްޓޫޑިއޯއިންނެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޔާ-ސްޓޫޑިއޯ ނަމަކީ ސަންނުއާ މަޝްވަރާކުރުމެއް ނެތި މުނިއަވަސް އިން އުފެއްދި ނަމަކަށްވާ ކަމެވެ. ނަމަވެސް މި ނަން ހުށައެޅުމާއެކު މި ނަމަކީ އެންމެ އެކަށީގެންވާ ރަނގަަޅު ނަން ކަމަށް ސަންނުއަށްވެސް އެއްބަސް ވެވުނެވެ.

ޔާ-ސްޓޫޑިއޯގެ ކުރު ފިލްމުތަކުގެ ވާހަކަ އަދި ސްކްރިޕްޓް

ޔާ-ސްޓޫޑިއޯއިން ނެރެފައިވާ ކުރު ފިލްމުތަކުގެ ވާހަކައާއި ސްކްރިޕްޓް ލިޔެފައިވަނީ ސަންނު އެވެ. މީގެ އިތުރުން ޑައިރެކްޝަން އަދި ކެމެރާކޮށްފައިވަނީ ވެސް ޚުދު ސަންނު އަމިއްލައަށެވެ.

ލޮކޭޝަން

ޔާ-ސްޓޫޑިއޯގެ ދެ ފިލްމުވެސް ޝޫޓްކޮށްފައިވަނީ ސަންނުގެ އަމިއްލަ ގޭގައެވެ. ހދ. މަކުނުދޫގައެވެ.

ތަރިން

ޔާ-ސްޓޫޑިއޯގެ ކުރު ފިލްމުތަކުން ފެންނަނީ ސަންނުގެ ތިން ދަރިންނެވެ. އެންމެ ދޮށީ ދަރިފުޅު ޔާނިއު އަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް، އިންޝާﷲ، އޭނާއަކީ އާޓްގެ މަސައްކަތްތަކަށް ފަންނުވެރި ކުއްޖެކެވެ. ދެން ހުރީ ޔައުނީ އެވެ. ޔައުނީއަކީ އިންޝާﷲ، އެކްޓިން، ވޮއިސް އެކްޓިންގެ އިތުރުން އަދަބީ ހަރަކާތްތަކަށްވެސް ހުނަރުވެރި ކުއްޖެކެވެ. އެންމެ ހައިރާންކޮށްލުވި އެކްޓިންއެއް ފެނިގެން ދިޔައީ ތުއްތުތުއްތު ޔައިނާގެ ކިބައިންނެވެ.

ޝޫޓިން އަދި ޕޯސްޓް ޕްރޮޑަކްޝަން

ޔާ-ސްޓޫޑިއޯގެ ކުރު ފިލްމުތައް ސަންނު ޝޫޓްކޮށް ޝޮޓްތައް ފޮނުވުމާއެކު ރިކާޒް ސްޓޫޑިއޯ އިން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ޝޮޓްތައް ނަގާފައި ހުންނަ ގޮތުގެ ސަބަބުން އެޑިޓިންއަށް ފަސޭހަވެގެންދާ ކަމެކެވެ. ވާހަކަލިޔާ މީހެއްގެ ޑައިރެކްޝަން އަދި ކެމެރާކުރުމާއެކު ނަގާފައި ހުންނަ ޝޮޓްތަކެއް އެޑިޓްކޮށްލަން ވެސް ފަސޭހަވުމަކީ އެކަން އޮންނާނެ ގޮތްވެސް މެއެވެ.

ކުރު ފިލްމު: ނަގާނަންތަ

@muniavas NAGAANANTHA? – AlliedInsurance Ad By @Sannu @Ahmed Rasheed #insurelifewithallied #muniavasnews #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #shortfilm #muniavasoriginals #maldivestiktok #muniavas #fyp ♬ original sound – MUNIAVAS

ކުރު ފިލްމު: އަލުންބަލުން

@muniavas AlunBalun އަލުންބަލުން – A short film by @Sannu #AlunBalun #shortfilm @Ahmed Rasheed #awarenessvideo #psa #muniavasnews #foryoupage #fvpviral #fvp #contentcreators #muniavasoriginals #fvpシ💕foryou #maldivestiktok #recycle #reuse #Shortstory #muniavas #fyp #dhivehitiktok #maldives #vaahakabymuniavas @Ahmed Annaarey Rasheed @MAALIK966 @aishathshirani ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.