މި އަހަރުގެ ކުރީކޮޅު ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ “ފުރޭތަ”އިގެ ކާމިޔާބީއަށް ފަހު އަނެއްކާވެސް އެކްޝަން ތުރިލާއެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ފިލްމަށް ވަކި ނަމެއް އަދި ދެވިފައި ނުވާތީ “ޑާކް ރެއިން ޕްރޮޖެކްޓް 37″ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ ކާސްޓުވެސް އަދި ފައިނަލް ކޮށްފައެއް ނުވެއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓްކުރަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި އެކްޓަރ، ޑައިރެކްޓަރު ރަވީ ފާރޫގެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އަޙްމަދު ޠަލާލް (ތޮލް) އެވެ.

ފިލްމު “ފުރޭތަ” މިއީ މިހައިތަނަށް ރާއްޖޭގައި އުފައްދާފައިވާ މަދު އެކްޝަން ފިލްމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. “ޑާކް ރެއިން ޕްރޮޖެކްޓް 37” އުފެއްދުމުގައިވެސް ހަރަކާތްތެރިވަނީ “ފުރޭތަ” އުފެއްދުމުގައި ހަރަކާތްތެރިވި ޓީމުކަން ފާހަގަކޮށްލެވެއެވެ.

ޑާކް ރެއިނުން ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނަން އޮތީ އޮކްޓޯބަރު 7 އަށް ތާވަލުކޮށްފައިވާ އެ ސްޓޫޑިއޯގެ ފުރަތަމަ ހޮރޯ-ކޮމެޑީ “ބިބީ” އެވެ. މިއީ “ފުރޭތަ” ގެ ބަތަލު ޝަރަފު އަބްދުﷲ ގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.