2009 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު “އުދަބާނި”ގެ ދެވަނަ ފިލްމު، “އުދަބާނި 2″ގެ ފުރަތަމަ ޝޯގެ ހުރިހައި ސީޓެއް ބުކްކޮށްފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ބުނެފިއެވެ.
“އުދަބާނި 2″ގެ ގިނަ މަސައްކަތްތަކެއް މިހާރު ހުރީ ނިމިފައެވެ. އެގޮތުން މުނިއަވަސް އަށް އަމްޖޭ ބުނީ ފިލްމުގެ އެޑިޓިން އެއްކޮށް ނިންމައި ޑަބިންގެ ބޮޑު ބައެއްވެސް ނިމިފައިވާ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު ފިލްމުގެ އެޑިޓިން ނިންމާ ޑަބިންގެ ވެސް ބޮޑު ބައި ނިމި ފިލްމުގެ ގާތްގަނޑަކަށް މަސައްކަތްތައް ހުރީ ވަރަށް ކުޑައަޑިވެފަ.”
* “އުދަބާނި” ޑައިރެކްޓަރ – ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)
އަމްޖޭ އިތުރަށް ބުނީ މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ފިލްމުގެ ބުކިންތައް ހެދުން ކަމަށާ އެގޮތުން ފުރަތަމަ ޝޯ އެއްކޮށް ފުލްވެ ދެވަނަ ޝޯގެ ވެސް ބޮޑުބައެއް ބުކްކޮށްފައި ވާކަމަށެވެ.
“ވަރަށް ސަޕޯޓް ބޮޑުކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އެއީ ފުދޭވަރަކަށް ޓިކެޓް ނަންނޯޓްކުރޭ އެބަ.
ދެން މި ފުރުޞަތުގަ ބެލުންތެރިން ތިޔަ ދެއްވާ ސަޕޯޓަށް ހަމަ ހާސްފަށުން ޝުކުރުދަންނަވަން. އެއީ އަޅުގަނޑުމެންނަށް މި ފިލްމުގެ މަސައްކަތް މިގޮތަށް މި ކުރެވެނީ އެ ބޭފުޅުން އެ ދެއްވާ ސަޕޯޓްގެ ސަބަބުން. އަޅުގަނޑުމެން އުއްމީދުކުރަނީ އުދަބާނި އެކަކަށް ދިން ސަޕޯޓަށްވުރެން ބޮޑު ސަޕޯޓެއް އުދަބާނި ދެއަކަށް ދެއްވާނެ ކަމަށް. ދެން އެ ޔަޤީންކަންވެސް އެބަ އޮވޭ. އެއީ ހަމަ ކޮންމެ ދެދުވަހުން އެއްދުވަހުހެން ދިމާވާ ކޮންމެ ބޭފުޅަކު އަހާ ފިލްމު އަޅުވާނެ އިރެއް އޮޅުންފިލުވަން.”
* “އުދަބާނި” ޑައިރެކްޓަރ – ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)
އަމްޖޭ ބުނީ މިގޮތަށް ބެލުންތެރިން އަހަމުން އެ ގެންދަނީ ފިލްމު އަޅުވާނެ ތާރީޚުވެސް އާއްމުކޮށްފައި ވަނިކޮށް ކަމަށާ މިކަމުންވެސް އެނގެނީ ފިލްމު އަޅުވާނެ އިރެއްގެ އިންތިޒާރުގައި ބެލުންތެރިން ތިބި މިންވަރު ކަމަށެވެ.
“މާތްﷲ އިރާދަކުރެއްވިއްޔާ އުދަބާނި ވެގެންދާނެ ދިވެހި ފިލްމީ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ގެނެސްދޭނެ ފިލްމަކަށް.”
* “އުދަބާނި” ޑައިރެކްޓަރ – ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ)
ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި2” ރިލީޒްކުރާނީ 15 ސެޕްޓެމްބަރު 2024ގައެވެ.
“އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.
އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!