07 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްކްރީނުގައި ދައްކަން ފަށަން އަމާޒުހިފާފައިވާ ހޮރޯ ކޮމެޑީ ފިލްމު “ބިބީ”ގެ ރަސްމީ ޕޯސްޓަރު މިމަހު 19 ވަނަ ދުވަހު އާއްމުކޮށްފި އެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު “ބިބީ”އަކީ ބެލުންތެރިން ބިރުގަންނުވައިލުވާއެކު ހެއްވާލާނެ ފިލްމެކެވެ. މިއީ މަޝްހޫރު އެކްޓަރު ޝަރަފު ޢަބްދުﷲގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
“ބިބީ”ގެ ކާސްޓަށް ބަލައިލާއިރު ފިލްމުގެ ލީޑުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި ޑާކް ރެއިންގެ އެންމެ ފޭވަރިޓް އެއް ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.
“ބިބީ”ގެ ޓީޒާ ޓްރެއިލާއެއް އަންނަ މަހުގެ ކުރީކޮޅު އާންމުކުރާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެއެވެ.
“ބިބީ”ގެ ޕޯސްޓަރ އާއްމުކޮށްފައިވާއިރު ޑާކް ރެއިންގެ “ޕްރޮޖެކްޓް 37″ގެ ޝޫޓިންވެސް މިމަހު 19ގައި ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
