މިމަހު 27 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ރިލީޒްކުރި ދިވެހި ފިލްމު “ކަމަނާ“އަށް އޮތް ޑިމާންޑްބޮޑުވެ، ނުތަކާވަރު ވެގެން އޮންލައިންކޮށް ޓިކެޓް ވިއްކުން ހުއްޓާލާފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް ޢަލީ ބުނެފިއެވެ. “ކަމަނާ” ރިލީޒްކުރިއިރު ވެސް ފިލްމުގެ 14 ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާއިރު، މިއަދާއި ހަމައަށް ޖުމްލަ 15 ޝޯ ހައުސްފުލްވެފައިވާކަން ސެޓާރން ސްޓޫޑިއޯ އިން މުނިއަވަސްއަށް ކަށަވަރުކޮށްދީފައިވެއެވެ.

“ސެޕްޓެމްބަރު އަށަކާއި ހަމައަށް ހައުސްފުލް. ޖުމްލަ 15 ޝޯ ހައުސްފުލް!

— ސެޓާރން ސްޓޫޑިއޯ

15 ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާކަން ކަށަވަރުކޮށްދޭ ކިތާބީ ހެއްކާއެކު ސެޓާރން ސްޓޫޑިއޯއިން ފޮނުވި ޝީޓްގައި ވާގޮތުން ދަންވަރު ޝޯތަކާއެކު މިމަހު 27ން ފެށިގެން 08 ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހައި ޝޯއެއްގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވެއެވެ.

“އެއްފަހަރާ ގިނަ އަދަދެއްގެ ބޭފުޅުން، ފޯނު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ނެގުމަށް އެދެމުންދާތީ، ހުރިހައި ފަރާތްތަކަށް އެޓެންޑްވުމަށް ދަތިތަކެއް ހުރުމުން، ޓިކެޓް ކައުންޓަރަށް ވަޑައިގެން ޓިކެޓް ނެގުމަށް އަޅުގަނޑުމެން އެދެން!

— ސެޓާރން ސްޓޫޑިއޯ

މީގެ އިތުރުން ސެޓާރން ސްޓޫޑިއޯ އިން ބުނީ ރަށްރަށުގައި ފިލްމު “ކަމަނާ” އެޅުވުމަށް ބޭނުންވާ ފަރާތްތަކުގެ ގިނަ އަދަދެއްގެ ކޯލްތައް ލިބެމުން އަންނާތީ އެކަމަށްވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހިފައިވުމަކީވެސް އޮންލައިންކޮށް ޓިކެޓް ބްކްކުރުން ހުއްޓާލަން މަޖުބޫރުކުރުވި ކަމެއް ކަމަށެވެ. ފިލްމު ޕްރިމިއާ ކުރިއިރު، 32 އަށް ވުރެން ގިނަ ރަށުގައި ފިލްމު އެޅުވުމަށް ހުރިހައި ކަމެއް ހަމަޖެހިފައިވެއެވެ.

ފިލްމު “ކަމަނާ“ގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ވިއްކަމުންދާނީ ހެނދުނު 10:00 ން ރޭގަނޑު 10:30 އަށެވެ. ނަމަވެސް ހުކުރު ދުވަސްދުވަހު ޓިކެޓް ވިއްކާނީ މެންދުރު ފަހު 02:00ން ފެށިގެން ރޭގަނޑު 10:30 އަށެވެ. ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓްގެ އަގަކީ 150 ރުފިޔާ އެވެ. ނަމަވެސް ރަށްރަށުގައި މި ފިލްމުގެ އަޅުވާނީ 100 ރުފިޔާއަށް ޓިކެޓު ވިއްކައިގެންނެވެ.

ފިލްމު “ކަމަނާ“ގެ ޕްރިމިއާ ޝޯއަށް ފަހު ފިލްމު ބެލި ހުރިހައި ބެލުންތެރިންވެސް ފިލްމާމެދު ވަރަށް ފަހި ކޮމެނޓްތަކެއް މީޑިއާގެ މަންސަތައް މެދުވެރިކޮށް އާއްމުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

@muniavas KAMANAA ah Aishath Shiraanee @aishathshirani Bunee Keekay? @kamanaa @Saturn Studio @AxzxA @eupeofficial @Chuweet Aashaa 💋 #kamanaa_themovie #maldives #fvp> @laina #muniavas #foryoupage #fyp #maldivestiktok #dhivehitiktok #fvpviral #contentcreators #dhivehifilm ♬ original sound – MUNIAVAS

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑޫ) ޑައިރެކްޓް ކޮށްފައިވާ ‘ކަމަނާ’ އަކީ ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުޙައްމަދު މަނިކު އާއި ދަރާ މުޙައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

@muniavas KAMANAA ah Dharaa Rasheed @Rasheed Bunee Keekay? @kamanaa @Saturn Studio @AxzxA @eupeofficial @Chuweet Aashaa 💋 #kamanaa_themovie #maldives #fvp> #muniavas #foryoupage #fyp #maldivestiktok #dhivehitiktok #fvpviral #contentcreators #dhivehifilm ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.