ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝަރަފް ޢަބްދުއްރަހީމް ލިޔުއްވާފައިވާ “ފުރެއްދެ ޅެންވެރީންގެ މުތީތައް”، މަޝްހޫރު ޅެންވެރިޔާ އާދަމް ޢަބްދުއްރަޙްމާން ނެރެދެއްވައިފި އެވެ. މި ފޮޮތް ނެރެދެއްވީ މިމަހު 29 ވަނަ ދުވަހުގެ ރޭ ޒޫމް މެދުވެރިކޮށް ބޭއްވި ޚާއްޞަ ޕްރޮގްރާމެއްގައެވެ. އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ން އިންތިޒާމުކޮށް ބޭއްވި މި ޕްރޮގްރާމުގައި “ފުރެއްދެ ޅެންވެރީންގެ މުތީތައް” ފޮތުގެ މުސައްނިފުގެ އިތުރުން އީއޯޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި އީއޯޕީއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ އަދި ޅެންވެރިކަމުގައިވެސް ފާާހަގަކޮށްލެވޭ، ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެލެއްވިއެވެ.
“ފުރެއްދެ ޅެންވެރީންގެ މުތީތައް” ފޮތް ނެރެދެއްވަމުން ،ޅެންވެރިކަމާއި ދިވެހިބަހާއި ގުޅުންހުރި މުހިންމު ދަރުސްތަކެއް ހިމެނޭ މަޢުލޫމާތުތަކެއް މަޝްހޫރު ޅެންވެރިޔާ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) ހިއްސާކުރެއްވިއެވެ. އަދި މި ފޮޮތުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވައިލައްވާ މުހިންމު ނުކުތާތަކެއް ފާހަގަކޮށްދެއްވި އެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޝަރަފް ޢަބްދުއްރަހީމް ވިދާޅުވީ އެބޭފުޅާއަކީ ޅެންވެރިއެއް ނޫން ނަމަވެސް ޅެންވެރިކަމާއި ޅެމަށް ނުހަނު ބޮޑަށް ލޯބިކުރައްވާ ކަމަށާއި ޅެމުން އުފާ ހޯއްދަވާކަމަށެވެ. އެހެންކަމުން މި ފޮތަކީ ޅެންވެރިކަމަށް ލޯބިކުރައްވާތީ އާއި މި ފޮތުގައި ހިމަނާފައިވާ ޅެންވެރީން، ޅެންވެރިކަމުގައި ބޭނުންކުރައްވާފައިވާ އުކުޅުތައް ދިވެހި ޅެންވެރިން ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ފޮތް ނެރުމުގެ ބޭނުމެއް ކަމަށް ޑރ. އަޝަރަފް ޢަބްދުއްރަހީމް ވިދާޅުވި އެވެ.
“ފުރެއްދެ ޅެންވެރީންގެ މުތީތައް” ފޮތުގެ ލޭއައުޓް އަލުން ހަދައި ފޮތް މިހާރު މި އޮތްގޮތަށް އޯފްސެޓް ކަރުދާހުގައި އިންޑިއާއިން ޗާޕުކޮށް ނެރުމުގައި އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ގެ ފަރާތުން އީސާ ޝަރީފު ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އީސައަށް ޑރ. އަޝަރަފް ޢަބްދުއްރަހީމް ޝުކުރުއަދާކުރެއްވި އެވެ. އަދި މި ފޮތުގެ ޚަބަރުތައް އާއްމުކުރުމަށް މުނިއަވަސް އޮންލައިން އިން ކޮށްދެމުން އަންނަ މަސައްކަތްތަކަށްޓަކައި މުނިއަވަސް ޓީމަށްވެސް ޝުކުރުއަދާކުރެއްވިއެވެ.
ޑރ. އަޝަރަފް ޢަބްދުއްރަހީމްގެ “ފުރެއްދެ ޅެންވެރީންގެ މުތީތައް” ފޮތުގެ އަގަކީ -/95ރ. އެވެ. ޑެލިވަރީ މާލެއަށާ ހުޅުމާލެއަށް ކުރުމަށް 5 ރުފިޔާ ނަގާނެއެވެ. ފޮތް ބައްލަވައިގަތުމަށް އަންނަނިވި ނަންބަރުތަކުން ކޮންމެވެސް ނަންބަރަކަށް ގުޅުއްވުމުން ފޮތް ލިބުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
7777228 / 9922668 / 7684346
@muniavas Shaam se aankh mein nammi si hai އިރުއޮއްސުނީއްސުރެ ލޮލުގައި ތެތްކަމެއް ހުންނަހެން ހީވެއެވެ. #dhimaana ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!