މި އަހަރު އޮކްޓޯބަރު މަހު ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭން ހަމަޖެހިފައިވާ ބިރުވެރި މަޖާ ފިލްމު “ބިބީ”ގެ ޓިކެޓް އޮންލައިންކޮށް ނަންނޯޓްކުރަން ފަށައިފި އެވެ. “ބިބީ”ގެ ޓިކެޓް ނަންނޯޓްކުރުމަށް 9911229 އަށް ވައިބަރު ނުވަތަ ވަޓްސްއެޕުން މެސެޖްކޮށްލައިގެން ކުރިއަށް ދެވޭނެއެވެ.

07 އޮކްޓޫބަރު 2024ގައި ރިލީޒްކުރާ “ބިބީ” އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޓީޒާއެއް އާއްމުކޮށްފައިވާއިރު މި ޓީޒާއިން ވެސް ބެލުންތެރިން ސިއްސުވާލައި އަދި ހެއްވާލާނެކަން ޔަޤީންކުރެވެއެވެ. މީގެ ކުރިން ދިވެހި ފިލްމަކުން ފެނިފައިވާ ނުވާފަދަ ބައެއް މަންޒަރުތައްވެސް މި ޓީޒާއިން ފެނިގެންދެއެވެ.

@muniavas Enjoy Bibii Drop 1 #bibii Online Booking now open | VIBER / WhatsApp 9911229 Releasing on 7th October 2024 | Olympus Cinema | Hotline 9911229 @majoo @Dark Rain Entertainment ♬ original sound – MUNIAVAS

މި ފިލްމުގެ ލީޑުން ފެނިގެންދާނީ މިހާރުގެ އުއްމީދީ އެއް ބަޠަލު ޝަރަފު ޢަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، އަޙްމަދު ސަޢީދު، ޢަބްދުﷲ ޝާފިއު (ފުބޫ)، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އާދަމް ރިޒްވީ (ރެކްސް) އަދި މަލީހާ ވަހީދު (މަލް) ހިމެނެއެވެ. މީގެ އިތުރުން ވަރަށް ޚާއްޞަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި، އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

“ބިބީ”ގެ މަންޒަރުތައް ކެމެރާކުރަނީ އަޙްމަދު ޒިފާފް އެވެ. ސޭންޑީގެ މޭކަޕް ފެނިގެންދާ މި ފިލްމުގެ ވީއެފްއެކްސް ހަދަނީ ވިޝާލް ޒަކީ އެވެ. މިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤެވެ،

މިއީ މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު ތަޢުފީޤްގެ ދެވެރިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.