މިމަހު 15 ވަނަ ދުވަހު ދައްކަން ފަށަން ތާވަލުކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2” އޮލިމްޕަހުގައި ދައްކަން ފަށާ ތާރީޚް، 19 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ. މި ބަދަލު ގެނައި ސަބަބެއް ފިލްމު އުފައްދާ ޓީމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިރޭ މި ފިލްމުގެ ޓްރެއިލާ އާއްމުކުރުމަށް ބާއްވާ ހަފުލާގައި މިކަން ހާމަކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ފިލްމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި، ފިލްމާއި ގުޅުންހުރި އިތުރު މަޢުލޫމާތުތަކެއް މިރޭގެ ހަފުލާގައި އެނގިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކޮށްފައިވާ ފިލްމު “އުދަބާނި 2″ގެ ޓްރެއިލާ ރިލީޒްކުރުން މިރޭ 21:00ގައި އޮންނާނީ ސޮލައިޓް ރެސްޓޯރެންޓްގައެވެ.

ފިލްމު “އުދަބާނި 2″ގެ ޕްރޮޑިއުސަރ / އެކްޓަރު ހާމިދު ޢަލީ ބުނީ ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް ވިއްކަން 26 އޯގަސްޓް 2024ގައި ފަށާފައިވާ ކަމަށާ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުން އަންނަ ކަމަށެވެ. މި ފިލްމުގެ ފުރަތަމަ ޝޯގެ ހުރިހައި ޓިކެޓެއް ވިކި ހައުސްފުލްވެފައިވާ ކަމަށް ފިލްމު އުފައްދާ ޓީމުން ބުނެއެވެ.

ފިލްމުގެ ޓިކެޓް ބްކްކުރުމަށް 7762077 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

“އުދަބާނި 2″ގެ ލީޑުން ފެނިގެންދާނީ އަޙްމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، ހާމިދު ޢަލީ، ޢަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު އެވެ.

އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި ފިލްމު “އުދަބާނި 2″ އެޑިޓްކުރަނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލީ މުސްތަފާ (ސެމީ) އެވެ.​

ފިލްމު “އުދަބާނި 2” ގެ އޮންލައިން މީޑިއާ ޕާޓުނަރަކީ މުނިއަވަސް އޮންލައިން

@muniavas Udhabaani2 BTS during a song shoot of Udhabaani 2. #udhabaani2 @Hamid Ali @Amjey Ibrahim @amjadibrahimdidi @Dhon Ayya ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.