ދިވެހި ފިލްމު “ކަމަނާ”ގެ ހުރިހައި ޝޯއެއްގެ ޓިކެޓް އެއްކޮށް ވިކި ހުސްވެއްޖެއެވެ. ސެޓާރން ސްޓޫޑިއޯގެ ޕްރޮޑިއުސަރ ޝާނީޒް ޢަލީ މިރޭ މުނިއަވަސްއަށް ބުނީ 27 ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާ ކަމަށާ އިތުރު އެހެން ގޮތެއް ހަމަޖެހޭތޯ މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ.

“ބެލުންތެރިންނަށް އިތުރު އެހެން ގޮތެއް ހޯދައިދެވޭތޯ މި ސްޓޫޑިއޯއިން މި ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުން.

— ސެޓާރން ސްޓޫޑިއޯ

27 އޯގަސްޓް ގައި މި ފިލްމު ރިލީޒްކުރިއިރު ވެސް 14 ޝޯ އެއްކޮށް ހައުސްފުލްވެފައިވެއެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އޮލިމްޕަސް ލިބިފައިވާއިރު، ހުރިހައި ޝޯއެއްގެ ހުރިހައި ޓިކެޓެއް އެއްކޮށް ވިކި ހުސްވެފައިވާ ކަމަށް ސެޓާރން ސްޓޫޑިއޯއިން ބުނެއެވެ. އެހެންކަމުން މިއީ ވަރުގަދަ މެގަހިޓް ފިލްމެއްކަށްވެ ދިވެހި ފިލްމީ ދާއިރާގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ޖާގައެއް ހޯދާފައިވާ ފިލްމަކަށް މިވަނީ ވެފައެވެ.

ފިލްމު “ކަމަނާ” އޮލިމްޕަހުގައި ދެއްކުމަށް އިތުރަށް އެންމެ ދުވަހެއް ނަމަވެސް ލިބޭތޯ ފިލްމު އުފެއްދި ޓީމުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ފިލްމު “ކަމަނާ” ބެލި އެންމެންވެސް ފައްސި ކޮމެންޓްތަކެއް ކޮށްފައިވާއިރު، މިވަރުގެ މެގަހިޓެއް ރާއްޖޭގަ ނެރެފައި ނެތްކަން ފާހަގަކޮށްލެވެއެވެ. މާލޭގެ ޝޯތައް އެއްކޮށް ފުލްވެފައިވާއިރު ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގައިވެސް މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކެނޑިނޭޅި އިތުރު ރަށްރަށުންވެސް މި ފިލްމު އެޅުވުމަށް އެދެމުން އަންނަކަމަށް ސެޓާރން ސްޓޫޑިއޯއިން ބުނެއެވެ.

@muniavas KAMANAA ah Yoosuf Shafeeu @eupeofficial Bunee Keekay? @kamanaa @AxzxA @laina @Chuweet Aashaa 💋 #kamanaa_themovie #maldives #fvp> #muniavas #foryoupage #fyp #maldivestiktok #dhivehitiktok #fvpviral #contentcreators #dhivehifilm ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.