ބަށްޓަކަކީ ދިވެހިރާއްޖޭގައި ވަރަށް ފަސޭހަކަމާއެކު ހެއްދޭ ތަރުކާރީ އެކެވެ. ދިވެހިންގެ ކެއުމުގައިވެސް އާއްމުކޮށް ބޭނުންކޮށްއުޅޭ އެއްޗެކެވެ. ނަމަވެސް ބަށިން ކާތަކެތި ތައްޔާރުމަށް ބޭނުންކުރާ ބައެއް ގޮތްތަކަކީ ބަށި ކެއުމުން އެއިން ފައިދާއެއް ލިބުމަށްވުރެން ގެއްލުން ބޮޑު ގޮތްގޮތެވެ. މިސާލަކަށް ބަށި ތެލުލައިގެން، ހަވާދު އަޅައިގެން ތެލުލި ބަށިން ކައްކާ ރިހަ ކެއުމުން ބަށިން ލިބެންޖެހޭ ފައިދާ އެއް ނުލިބޭނެ އެވެ. ލިބިގެންދާނީ އިތުރު ގެއްލުން ތަކެކެވެ.
ބަށީގެ ތޮށްޓަކީވެސް ފައިދާހުރި ބައެކެވެ. އެހެންކަމުން ބަށިން ކާތެކި ތައްޔާރުކުރާއިރު ތޮށްޓާއިއެކު ބޭނުންކުރާށެވެ. ބަށިން ރިހަކައްކާނަމަ، ތެލުނުލައި ކައްކާށެވެ. ބަށި ކައްކައިގެން ބަށިން ހަދާ މަސްހުންޏަކީ ބަށި ބޭނުންކުރުމަށް ވަރަށް އެދެވޭ ގޮތެކެވެ.
ރަނގަޅު ގޮތުގައި ބަށިން ކާތަކެތި ތައްޔާރުކޮށްގެން ކެއުމުން ލިބޭނެ ވަރަށް ގިނަ ފައިދާތައް ހުރެއެވެ. އޭގެތެރެއިން 09 ފައިދާއެއްގެެ މައްޗަށް ބަލައިލާނަމެވެ.
1- ދަގަނޑުގެ ބަޔާއި ކެލްްސިއަމް
ބަށީގައި އެކުލެވޭ ދަގަނޑުގެ ބަޔާއި ކެލްސިއަމް އަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ބަށި ފިހެގެން ކެއުމުން ބަށީގައި އެކުލެވޭ ވިޓަމިން އާއި ދަނގަޑުގެ ބައި އަދި ކެލްސިއަމް ލިބޭނެ އެވެ. ޕިއްޒާ އާއި ސްޕެގެޓީ ފަދަ ކާތަތެކި ތައްޔާރުކުރުމުގައި ބަށި ބޭނުންކުރާށެވެ. އޭރުން ކުޑަކުދިންނަށް ވެސް މާބޮޑު ކަމަކަށް ނުހަދައި ބަށި ކެއުމުގެ ފުރުޞަތު ފަހިވާނެ އެވެ.
2- ސިކުނޑި ތާޒާކޮށްދީ ލޭ ހިނގުން ރަނގަޅުކޮށްދޭ
ބަށީގައި ގިނަ އަދަދަކަށް އެކުލެވޭ ފައިޓޯނިއުޓްރިއެންޓްސް ގެ ސަބަބުން ހަށިގަނޑުގެ ލޭހިނގުން ރަނގަޅުކޮދެ އެވެ. ޚާއްޞަކޮށް ސިކުނޑީގައި ލޭ ދައުރުވުމެވެ. ނަމަވެސް ފައިޓޯނިއުޓްރިއެންޓްސް ހުންނަނީ ބަށީގެ ތޮށީގައި ކަން ހަނދާން ބަހައްޓަންވާނެ އެވެ. ބަށީގެ ކުލައާއި ބަށީގައި ހުންނަ ޚާއްޞަ ރަހަ ލިބިފައިވަނީ މި ބުނި ފައިޓޯނިއުޓްރިއެންޓްސް އިންނެވެ.
3- ގޮހޮރުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ
ބަށީގައި ގިނަ އަދަދަކަށް ޑަޔަޓްރީ ފައިބަރ އެކުލެވެ އެވެ. މިއީ ހަޖަމު ކުރުމުގެ ނިޒާމާއި ގޮހޮރުގެ ސިއްޙަތަށް މުހިންމު އެއްޗެކެވެ. ތާޒާ ބަށި އާދަވެ ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމު ގެ މަސައްކަތް ރަނގަޅުކޮށްދީ ބަނޑު ހިކުމުން ދުރުކޮށްދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ އެވެ.
4- ޑަޔަޓް ކުރުމަށް ރަނގަޅު އެއްޗެއް
ބަށްޓަކީ އޭގައި ކެލޮރީ މަދު، ސަރުބީ ނުހުންނަ، ޑަޔަޓްރީ ފައިބަރ ގިނަ ތަރުކާރީ އެކެވެ. އެހެންކަމުން މިއީ ޑަޔަޓް ކުރުމުގައި ބޭނުންކުރަން ވަރަށް އެކަށީގެންވާ ތަރުކާރީ އެކެވެ.
5- ހަކުރު ބައްޔަށް ރަނގަޅު އެއްޗެއް
މީގެ އެތަކެއް ޤަރުނެއް ކުރިން ފެށިގެން ބަށްޓަކީ ހަކުރުބަލި ޖެހުމުން ކުރިމަތިވާ ކަންކަން ކޮންޓްރޯލް ކުރުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ފަހުގެ ދިރާސާތައް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މީގެ ސަބަބަކީ ބަށީގައި އެކުލެވޭ ފައިބަރ ގެ މިންވަރު ގިނަވުމާއި ސޮލިއުބަލް ކާާބޯހައިޑްރޭޓްސް ގެ މިންވަރު ދަށްވުމެވެ.
6- ކޮލެސްޓްރޯލް ދަށްކޮށްދިނުން
ބަށްޓަކީ އަހަރެމެންގެ ހިތާއި ލޭ ހިގުމުގެ ނިޒާމުގެ މަސައްކަތް ހެޔޮގޮތުގައި ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެއް އެކުލެވޭ ތަރުކާރީ އެކެވެ. ވޭތިވެދިޔަ 10 އަހަރު ދުވަސް ވާންދެން ފަރަންސޭސި ވިލާާތުގައި ކޮށްފައިވާ ދިރާސާ ތަކެއް ތައްކާާގޮތުން ބަށްޓަކީ ހަށިގަނޑުގައި އުފެދޭ ގޯސް ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަދުކޮށްދޭ އެއްޗެކެވެ. ނަމަވެސް މި ނަތީޖާ ނިކުންނަނީ 200 ޑިގްރީއަށް ވުރެން ހޫނުމިން މަތި ނުކޮށް ބަށި ކައްކައިގެން ކެއުމުންނެވެ.
7- ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭ
ހަށިގަނޑުގައި އުފެދޭ ގޯސް ސަރުބީ ނައްތައިލުމަށް ބަށިން އަދާކުރާ ދައުރުގެ އިތުރުން މިއީ އެހެނިހެން ގޮތްގޮތަށްވެސް ހިތަށް ރައްކާތެރިކަން ލިއްބައިދޭ އެއްޗެކެވެ. ބަށީގެ ތޮށީގައި އެކުލެވޭ މުހިންމު ފްލެވޮނޮއިޑްސް އިން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި ހާސްކަން ފިލުވައިލުމަށް އެހީތެރިވެދެއެވެ.
8- ލޭހޮޅިތައް ވަރުގަދަކޮށްދޭ
ދާއިމީ ގޮތެއްގައި ބަށި ކާނަމަ ލޭހޮޅިތައް ބެދުމުން ދުރުކޮށްދޭނެ އެވެ. ބަށީގައި ގިނަ ޢަދަދަކަށް އެކުލެވޭ ވިޓަމިން ކޭ އަކީ ލޭހޮޅިތައް ވަރުގަދަކޮށްދޭ ވިޓަމިން އެކެވެ.
9- ބަލިތަކުން ރަައްކާތެރިކޮށްދޭ
ބަށީގައި މަތީ މިންވަރަކަށް އެކުލެވޭ އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެ އެވެ. މީގެ އިތުރުން ވެސް އާއްމު އެތައް ބަލިތަކެއް ޖެހުމުން ދުރުކޮށްދެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
