ޙުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމު “ކަމަނާ”ގެ ހުރިހާ ޝޯއެއްގެ ޓިކެޓް ހުސްވުމުން ސެޕްޓެމްބަރު 15 އަދި 16 ވަނަ ދުވަހު ވަދާއީ ފަސް ޝޯއެއް ބޭއްވުމަށް ޓިކެޓް ވިއްކަން ފަށައިފިއެވެ.
ވަދާއީ ޝޯތައް ކުރިޔަށް ގެންދަނީ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:30, ރޭގަނޑު 8:30 އަދި ރޭގަނޑު 11:30 ގައެވެ. މީގެ އިތުރުން 16 ވަނަ ދުވަހުގެ ރޭ ބާއްވާ ދެ ޝޯވެސް އޮންނާނީ ރޭގަނޑުއެވެ.
އޯގަސްޓް މަހުގެ 27 ގައި އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ކުރިޔަށް ގެންދިއުމަށް ރާވާފައި އޮތީ ސެޕްޓެމްބަރު މަހުގެ 14އިގެ ނިޔަލަށެވެ.
ރޭގަނޑު 8:30 ގެ އިތުރުން ރޭގަނޑު 11:30 ގައިވެސް ޝޯތައް ބާއްވަމުން ގެންދާ މި ފިލްމުގެ އިތުރު ޝޯތަކެއްގެ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހާއި, 11 ވަނަ ދުވަހުގެ އިތުރުން 13 ވަނަ ދުވަހުގެ އިތުރު ގަޑި ތަކުގައި ބޭއްވި ޝޯތަކުގެ ޓިކެޓްތައްވެސް ވަނީ ހުސްވެފައެވެ.
ނިމިދިޔަ ހަފްތާގެ ހަފްތާ ބަންދުގައި އަތޮޅުތަކުގައި އެކަނިވެސް ފިލްމުގެ 32 ޝޯއެއް ކުރިޔަށް ގެންގޮސްފައިވާއިރު އޮލިމްޕަހުގައި ބޭއްވި ޝޯތަކުގެ ޓިކެޓްނެގުމަށް ދިގު ކިއުތަކެއް ހަދާފައިވެއެވެ.
ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ ހުށަހަޅައިދިން މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ލޯބިވެވިއްޖެ” ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ޙުސައިން މުނައްވަރުއެވެ.
މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޙުސައިން މުނައްވަރުއެވެ.
މި ފިލްމުގައި އަނތްބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާއިރު މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.
މި ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ 25 ރަށެއްގައި “ކަމަނާ”ގެ ޝޯތައް ދައްކާނެއެވެ. މިހައިތަނަށް 54 ރަށެއްގައި 82 ޝޯ ދައްކާފައިވާއިރު އަދިވެސް އިތުރު ރަށްރަށުގައި ފިލްމު ދެއްކުމުގެ ފުރުޞަތު ސެޓާރން ސްޓޫޑިއޯއިން ވަނީ ހުޅުވާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!