07 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއާކުރަން ހަމަޖެހިފައިވާ ހޮރޯ ކޮމެޑީ ފިލްމު “ބިބީ”ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. މިއަދު ހެނދުނު 10:00 ގައި ޓިކެޓް ވިއްކަން ފަށާފައިވަނީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުންނެވެ.

މިއަދުން މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު އޮލިމްޕަހަށް ނުގޮސްވެސް ޓިކެޓް ގަތުމުގެ އިންތިޒާމު ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން 9911229 އަށް ވައިބަރު ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެޖެސްކޮށްލައިގެން ޓިކެޓް ގަތުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.

ފިލްމު “ބިބީ”އަކީ ބެލުންތެރިން ބިރުގަންނުވައިލުވާއެކު ހެއްވާލާނެ ފިލްމެކެވެ. މިއީ މަޝްހޫރު އެކްޓަރު ޝަރަފު ޢަބްދުﷲގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

“ބިބީ”ގެ ކާސްޓަށް ބަލައިލާއިރު ފިލްމުގެ ލީޑުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި ޑާކް ރެއިންގެ އެންމެ ފޭވަރިޓް އެއް ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.

“ބިބީ”ގެ ވަރަށް ގިނަ ވާހަކަތަކެއް “ބިބީ ޑްރޮޕްސް’ގެ ނަމުގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ އާއްމުކޮށްފައެވެ.

@muniavas Bibii Drop 7 Bibii ge vaahaka Majoo #bibii @Dark Rain Entertainment @majoo ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.