ދިވެހި ފިލްމު ބަލާ އޯޑިއަންސް އެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފިލްމު “އުދަބާނި 2” މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ.
ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާފައިވަ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2” ޑައިރެކްޓްކޮށްފައިވަނީ މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ.
ވަރުގަދަ ވީއެފްއެކްސް މަންޒަރުތަކަކާއެކު މިރޭ ރިލީޒްކުރާ މި ފިލްމުގެ ލީޑްގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ސުހާއެވެ. މީގެ އިތުރުން، ހާމިދު ޢަލީ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.
2009ގައި ނެރުނު ބިރުވެރި ފިލްމު “އުދަބާނި” އަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމުކަން ފާހަގަކޮށްލެވެއެވެ. “އުދަބާނި 2” އަށް މި ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު ތަރުހީބަށް ވުރެން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފިލްމު އުފައްދާ ޓީމުން އުއްމީދުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!