މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު “ސޮރީ”ގެ ތީމް ލަވަ ކިޔުއްވަން ވަރުގަދަ އަދި އަސަރުގަދަ އަޑެއް ހޯދުމަށް ނަހުލާ މަސައްކަތް ފަށައިފިއެވެ. މުނިއަވަސް އޮންލައިން އަށް ނަހޫ ބުނީ ތީމް ލަވަ ކިޔުއްވަން މިވަގުތު ބޭނުންވެގެން އުޅެނީ ފިރިހެން އަޑެއް ކަމަށެވެ.
“އެ އަޑެއްގެ އަޑު ޖެހުމާއެކު ހިތުގަ ޖަހާލާ ފަދަ ވަރުގަދަ އަދި އަސަރުގަދަ އަޑެއް އެބަ ހޯދަން ފިލްމު “ސޮރީ”ގެ ތީމް ލަވައެއް ކިޔާލަން.“
— މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ
ނަހޫ ބުނީ މުޅިން އަލަށް ލަވަކިޔާ ފަންނާނެއް ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް ނަހޫގެ ޝަރުތު ވަރަށް ސާފުވެފައި ސާދާ އެވެ. ނަހޫ އަތްފުނާއަޅަމުން އެ ގެންދަނީ ފިސާރި ވަރުގަދަ، އަސަރުގަދަ އަޑެއް ހޯދުމަށެވެ. އަދި އެ އަޑެއް ކަންފަތުގައި ޖެހުމުން ހިތުގައި ޖަހާލާ ފަދަ އަޑަކަށްވެސް އެ އަޑު ވާން ޖެހެއެވެ.
ފިލްމު “ސޮރީ”ގެ ފުރަތަމަ ޕޯސްޓަރާއި ޓައިޓްލް އާއްމުކުރަމުން، ނަހޫ ފަށާފައިވާ ޝިކާރައަށް އެ ހޯދާ ކަހަލަ އަޑެއް އޮތް ފިރިހެން ފަންނާނުންނަށް ހަމަ ގައިމުވެސް މިއީ ރަނުގެ ފުރުޞަތަކަށް ވާނެކަން ޔަގީނެވެ.
ފިލްމު “ސޮރީ”ގެ ފައިނަލް ކާސްޓް އަދި އެއްކޮށް ހަމަޖައްސާފައި ނުވިޔަސް، މި ފިލްމުގައި ނަހުލާގެ އެންމެ ހަގު ދަރިފުޅާއި ދޮށީ ދަރިފުޅު ނާޝްގެ ދަރިފުޅު ވަރަށް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. އާއްމުކޮށްފައިވާ ޕޯސްޓަރުން ފެންނަ ތުއްތުތުއްތު ދެ އަންހެން ކުދިންނަކީ އެކުދިންނެވެ.
މި ފިލްމުގެ ލީޑުން ފެންނާނީ ޔޫސުފް ޝަފީއު އަދި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރެއްކަން މިހައިތަނަށް އެނގިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
ނަހުލާއަކީ ވަތަށް މޮޅު ޑައިރެކްޓަރެއް. ކީއްވެބާ ފިލްމީ ދާއިރާގައި މިހާރުތިބި އުމުރުން ޅަކުދިންނަށް ފުރުސަތު ނުދެންވީ. ޔަގީންކަން އެބޮތް އެކުދިންގެ ހުރި ހުނަރެއްވިއްޔާ ނަހޫ ނެރޭނެކަން.
ކޮބާ ހުވާގެ އަނެއްބައި����
ތެދެއް ނަހޫ ކޮބ ހުވާ ގެ އަނެއް ބައި ؟؟؟؟