ރާއްޖޭގެ ފިލްމީ، މިއުޒިކީ އަދި ކުރެހުމުގެ ދާއިރާތައް ފަދަ ފަންނުވެރިކަމުގެ ދާއިރާގެ ފަންނުވެރިންނަށް އެކިއެކި ކަންކަމުގައި މަގުފަހިކޮށްދެމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ކަޒްމިކް އިންޓަނޭޝަނަލްގެ އަލަތު ފިލްމު “ދޭދަރު ރުއިން”ގެ ޕްރިމިއާއަށް ނަގާފައިވާ އޮލިމްޕަސް ހޯލު އަތުލައިފި އެވެ.
މިމަހު 20 ވަނަ ދުވަހުގެ ރޭ ފިލްމު ރިލީޒްކުރުމަށް ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކުންވެސް ކުރިއަށް ދަނިކޮށް “ދޭދަރު ރުއިން”ގެ ޕްރިމިއާ ޝޯއަށް ކުއްޔަށް ނަގާފައިވާ އޮލިމްޕަސް ހޯލު އެންސީއޭ އިން ވަނީ ކުއްލި ގޮތަކަށް އަތުލާފައެވެ. ކަޒްމިކް އިންޓަނޭޝަނަލް އަދި އައި ފިލްމްސް އިން މިކަން ސިފަކުރަނީ މިއީ ދިވެހި ފިލްމީ ސިނާއަތަށް އެންސީއޭ އިން ވެފައިވާ ބޮޑު ބޭއިންސާފެއް ކަމުގައެވެ.
“ދޭދަރު ރުއިން ފިލްމުގެ ޕްރިމިއަރ ޝޯ ބޭއްވުމަށް ހަމަޖެހަމަޖެހިފައިވާ އޮލިމްޕަސް ސިނަމާ ހޯލު، ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން ވަނީ ކުއްލިއަކަށް އަތުލައިފައެވެ. މިއީ ދިވެހި ފިލްމީ ސިނާއަތަށް ވެވުނު ވަރަށް ބޮޑު ބޭއިންސާފެކެވެ.“
— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
ކުއްލިގޮތަކަށް އޮލިމްޕަސް ހޯލު އަތުލުމާއި ގުޅިގެން އައިފިލްމްސް އަދި ކަޒްމިކް އިންޓަނޭޝަނަލް އިން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ގުޅިގެން ނެރެފައިވާ މި ނޫސްބަޔާނުގައި ބުނެފައިވަނީ 20 ނޮވެމްބަރު 2024ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއަރކުރުމަށް ހަމަޖެހިފައިވާ “ދޭދަރު ރުއިން” ފިލްމުގެ ޕްރިމިއަރއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ، ހޯލުގެ ބޮޑު ބައި ފުރިފައިވަނިކޮށް، ފިލްމުގެ ޕްރޮޑިއުސަރުން ކުއްޔަށް ހިފާފައިވާ ތާރީޚުތަކުން 20 ނޮވެމްބަރު އުނިކުރި ކަމަށް ސަރުކާރު ބަންދު ދުވަހެއް ކަމަށްވާ 10 ނޮވެމްބަރު ވީ އާދީއްތަ ދުވަހު މެންދުރު އެންސީއޭ އިން އީމެއިލްއަކުން ފިލްމު އުފެއްދި ފަރާތަށް އަންގާފައިވާ ކަމަށެެވެ.
“ފިލްމު އެޅުވުމަށްޓަކައި ނެގުނު ތާރީޚުތަކަކީ 1 އަހަރު ކުރިން އަޅުގަނޑުމެން ބުކްކޮށް، 4 މަސް ކުރިން ފައިސާދައްކާފައިވާ ތާރީޚުތަކެކެވެ. އެން.ސ.ީއޭ އިން މި ބަދަލު ގެނެސްފައިވަނީ އެއްވެސް މަޝްވަރާއެއް ނުވަތަ އިޝާރާތެއް ވެސް ނުދީއެވެ. ސަރުކާރުގެ ބޭނުމަށްކަމަށް ބުނެ ދުވަސް އަތުލާފައިވަނީ ކުރިން ،17 18 އަދި 19 ގައި އޮންނަ ކަމަށް އިޢުލާންކޮށްފައިވާ އޮލިމްޕިއަންސް ޝޯ ،18 19 އަދި 20 އަށް ބަދަލުކުރުމަށެވެ.“
— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
ކަޒްމިކް އަދި އައިފިލްމްސްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ:-
“ފިލްމެއް ތައްޔާރުކޮށް ޕްރިމިއަރ ތާރީޚު އިޢުލާނުކޮށް، ހުރިހާ ޕޯސްޓަރު އަދި ބިލްބޯޑުތައް ޕްރިންޓްކޮށް، ޕްރިމިއަރ ޝޯއަށް ދަޢުވަތުތައް ފޮނުވާ، ޓިކެޓް ވިއްކަމުންދަނިކޮށް މިގޮތަށް ކުއްލިއަކަށް އެންގުމުން ފިލްމު އުފެއްދި ފަރާތަށް ލިބޭނެ ގެއްލުމުގެ އަންދާޒާ އެންމެ ރަނގަޅަށް ކުރެވޭނީ ފަންނާނުންގެ ބަލަދުވެރި އެން.ސީ.އޭއަށް ކަމަށް އުންމީދުކުރެވުނު ނަމަވެސް، އެން.ސީ.އޭގެ މި ޢަމަލުން އެކަން ވަނީ ދޮގުވެފައެވެ.“
— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
ކަންކަން މިމަގުން ހިނގުމުން އެކަމާމެދު މަޝްވަރާކުރުމުގެ ބޭނުމުގައި ފިލްމު “ދޭދަރު ރުއިން” އުފެއްދި ފަރާތުން މިމަހުގެ 10 ވަނަ ދުވަހު އެންސީއޭއަށް ދިޔަ ކަމަށާއި ނަމަވެސް އެ ދުވަހާއި ޖެހިގެން އައި ދުވަހަކީ ބަންދު ދުވަސްތަކެއް ކަމުން އެތަނުން އެއްވެސް މުވައްޒަފަކާ ދިމާވެފައި ނުވާކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
“މިނިސްޓަރު އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު (އަސްވާޑް) އަށް ގުޅާ
ނުތަނަވަސްކަން ހާމަކުރުމުން ޑެޕިއުޓީ މިނިސްޓަރަށް ގުޅުމަށް ވިދާޅުވިއެވެ. ނަމަވެސް، ޑެޕިއުޓީ މިނިސްޓަރަށް ގުޅައިގެން ވެސް މިކަމުގެ ޒިންމާ އެއްވެސް ފަރާތަކުން ނުނެގިއެވެ.“— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
މިއީ ދިވެހި ފިލްމީ ފަންނާނުންގެ ޙައްޤުތައް ގެއްލިގެންދާ ފަދަ ޢަމަލެއެއް ކަމަށާ ކަޒްމިކް އަދި އައިފިލްމްސް އިން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
“މިއީ ދިވެހި ފިލްމީ ފަންނާނުންގެ ޙައްޤުތައް ގެއްލިގެންދާ ފަދަ ޢަމަލެކެވެ. އަޅުގަނޑުމެން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ފިލްމީ ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމެވެ.“
— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
އެނ.ްސ.ީއޭގެ މި ނިންމުމާ ގުޅިގެން، “ދޭދަރު ރުއިން” ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހުރިހާ ބެލުންތެރިންނަށް އަންގައިދޭން ބޭނުންވަނީ ކުރިން
ހަމަޖެހިފައިވާ ގޮތަށް ނޮވެމްބަރު 20ގައި ޕްރިމިއަރ ބޭއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.
“މި ދަތި ހާލަތުގައި ވެސް، އަޅުގަނޑުމެންގެ ލޯބިވާ ބެލުންތެރިންނަށް ފިލްމު ދެއްކުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން ޔަޤީންކޮށްދެމެވެ.
މި ކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ގޮވާލަމެވެ. އަދި ދިވެހި ފިލްމީ ސިނާޢަތުގެ ކުރިމަގަށްޓަކައި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމެވެ.”
— ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުން
ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސްއިން ގުޅިގެން ނެރެފައިވާ ނޫސްބަޔާން
އެންސީގެ މި ކުއްލި ނިންމުމާއި ގުޅިގެން ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ގިނަ އަދަދެއްގެ ފަންނާނުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަދުގެ ސަރުކާރު ގެނައުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރި ބައެއް ފަންނާނުންވެސް އެމީހުންގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!