މިދިޔަ މާރިޗް މަހު 24 ގައި ރިލީޒް ކޮށްފައިވާ އަމްޖޭގެ 52 ވަނަ ފިލްމު ‘ރޭވުމުން’ އަށް ވަރަށް އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށް ފިލްމުގައި މުހިންމު ރޯލެއް ކުޅެފައިވާ މަޝްހޫރު ކޮމީޑިއަން އަޙްމަދު ޝާޒް ބުނެފިއެވެ.

މުނިއަވަސް އަށް މާރިޗް މަހުގެ 27 ވަނަ ދުވަހު ޝާޒް ވަނީ ޚާއްޞަ ބަސްދީގަތުމެއް ދީފައެވެ.

ފިލްމަށް ތަރުހީބު ލިބެމުންދާާގޮތަކާމެދު ބުނެލާނީ ކީކޭ؟

މިހާރު ތަރުހީބު ހަމަ ވަރަށް ރަނގަޅު. އެއީ މިހާތަނަށް މި ފިލްމު ބެލި މީހުންގެ ފަރާާތުން އެއްގޮތަކަށްވެސް ނެތް ނެގެޓިވް ކޮމެންޓެއް އައިސްފައެއް.

ފިލްމުގަ ތަފާތު ކަމަކަށް ފާހަގަ ކުރެވެނީ ކޮންކަމެއް؟

ދެން މީހުންނަށް އަޅައިގަތް އަނެއްކަމަކީ މީގަ މަނިކު ނަށާ ލަވައެއް އޮންނާނެ. އެ ލަވަވެސް ވަރަށް ގިނަ މީހުން އެންޖޯއި ކުރި.

ފިލްމުގެ ސްޓޯރީ އާމެދު ބުނެލާނީ ކީކޭ؟

ދެން މި ސްޓޯރީ ހަދާފަ މިއޮތީ ފްރޮންޓްގަ ލޯބީގެ ހާދިސާ ތަކެއް، ކަޕްލް އެއް އުޅެމުންދާއިރު ފަހަތުން ހިނގަމުންދާނީ ބިރުވެރި ހާދިސާ ތަކެއް. ދެން ހަމަ ސައިޑް ސްޓޯރީއެއް ގޮތުގަ މި އަންނަނީ އަޅުގަނޑާ ޝަކީލާ އާ ދެމީހުންގެ ސީން ތަކެއް މި އަންނަނީ. އެއީ ގެވެށި އަނިޔާ އޭގަ ވަރަށް ބޮޑަށް ދައްކައިދޭނެ. އެހެންވީމަ ވަރަށް ބޮޑަށް ތަޅާފޮޅުމާ މިކަހަލަ ކަންތައްތައް އޮންނާނެ. އެކަމަކު މި ދިވެހިކޮށް ތަޅާނީވެސް. އެހެންވީމަ އޯޑިއަންސް މި ސްޓޯރީ ވަރަށް ބޮޑަށް ހިފަހައްޓާ ވަރަށް ބޮޑު އެއްޗެއްގެ ގޮތުގަ މި އިންނަނީ މި ސްޓޯރީ.

ފިލްމުގަ އެކިއެކި ކެރެކްޓަރ ތައް ކުޅެފައިވާ ފަންނާނުންގެ ރޯލުތަކާމެދު ފިލްމު ބެލި މީހުންގެ ކޮމެންޓްތަކަށް ބަލާފަ ބުނެލާނީ ކީކޭ؟

ދެން އެކިމީހުން ފާހަގަކުރަނީ އެކި ގޮތަށް. ބައެއް މީހުން އެބަހުރި ފާހަގަކޮށްފަ މީގަ ލީޑް ރޯލް ކުޅޭ އަންހެން ކުއްޖާ ނާޖިހާ ގެ އެކްޓިން ބަލާފަ އެއްގޮތަކަށްވެސް އާކުއްޖެއް ހެނެއް ހިއެއް ނުވެޔޭ. އެ ފީލް އެއް ނުވިޔޭ. ދެން ފަހު ސީން ތައް އަދި ވަރަށް މޮޅޭ. އެހެން އެބަހުރި ބުނެފަ.

 ދެން ފައުޒިއްޔާ ކުޅެފަ މި އޮންނަނީ އޭގަ ބިރުވެރި ބައި. އެހެންވީމަ އޭނަގެ އެބައިވެސް ހަމަ އެހާ ފުރިހަމަކޮށް ފެނިގެން ގޮސްފަ އޮތީ. އެހެންވީމަ މީގަ ދެން ހުރި ކުދި ބައިބައި ކުޅުނު މީހުން މިސާލަކަށް ރޯނުގޭ ހަސަންމަނިކް މެން ކަހަލަ ބޭފުޅުން، އެމީހުން ގެ ބައި ކުޑަޔަކަށް އެކްސްޕީރިއަންސް މީހުން ވީމަ އެމީހުންގެ ބައި ހިއްލާލާފަ ހުރީ.

ފިލްމާމެދު ބެލުންތެރިންގެ ކޮމެންޓްތައް އުޅެނީ ކިހިނެތް؟

ދެން ކޮމެންޓް ތަކުގެ ތެރޭގަ ސީދާ އަމްޖޭ އަހަރެން ކައިރީގަ ބުނީ ޝާޒު އޭ ތިމަންނަ ފިލްމީ ދާއިރާގައި މަސައްކަތްކުރިތާ ވަރަށް ގިނަދުވަސް ވެއްޖޭ. އެކަމަކު ތިމަންނަ މި ފިލްމުހާ ބޮޑަށް ހިތްހަމަ ޖެހުނު ފިލްމެއް އަދި ތިމަންނައަކަށް ނުހެދެޔޭ. މީތި ހަމަ ތިމަންނައަށް ވަރަށް ތަފާތޭ، ވަރަށް ރަނގަޅޭ ދެން މީހުންގެ ކޮމެންޓްތަކާ އެއްޗެހިވެސް ހަމަ ރަނގަޅުވެގެން އޭނަ އެވާހަކަ ދެއްކި.

 ދެން މިވާހަކައިގެ ކޮންސެޕްޓަކީ ހުޅުމާލޭގަ ހިނގާ ހާދިސާތަކެއް. ބިރާ މަކަރާ ލޯތްބާ. އަދިވެސް އޯޑިއަންސް ގެ މެޖޯރިޓީ އަކީ އަންހެނުންތާ. އެހެންވީމަ އެމީހުންނަށް ހަމަ ވަރަށް ކަމުދޭ. ވަރަށް ރަނގަޅުކަމަށް އެމީހުން ބުނަނީ.

މި ފިލްމުގައި ޝާޒް ކުޅެފައި މިވަނީ މީގެ ކުރިން ޝާޒް ދައްކާފައި ނުވާފަދަ މޮޅު ކެރެކްޓަރ ރޯލެއް. މި ރޯލާ މެދު ބެލުންތެރިން ބުނަނީ ކީކޭ؟

މީ ފުރަތަމަ ރޭ ފިލްމު ބަލާފަ މީހުން ނިކުތްއިރު އަޅުގަނޑުވެސް ހަމަ އެތާ ބޭރުގަ ހުރެވުނީ. ދެން އެތާ ސައިކަލެއްގަ އިން އަޅުގަނޑު ދަންނަ އަންހެން ކުއްޖެއް. ދެން އޭނަ ގޮވާާލީމަ ދިޔައީ. ދިޔައިމަ ފަހަތުގަ އިން އަންހެންކުއްޖާ ހަމަ ވަރަށް ރުޅި އައިސްފަ އޭނަ ބުނަނީ ތިމަންނަ ބޭނުމެއް ނޫނޭ ޝާޒް އާ ވާހަކަދައްކާކަށް. ތިމަންނަ ވަރަށް ފޫހިވެއްޖޭ އަސްލުގަ. ތިމަންނަ ވަރަށް ފޫހިވެއްޖެޔޯ އެކަހަލަ ބައިބައި ނުޖެހެޔޯ ކުޅޭކަށް.

 ދެން ހަމަ އޯޑިއަންސް ތެރޭން އެރޭ އަންހެން ކުއްޖަކު އަޅުގަނޑު ވަރަށް ރީތިކޮށް ސިފަކޮށްދިން. ފަހަތުން އަންހެނަކު ގޮވާލީ ތީހަމަ ސީދާ ހަރުފައެކޭ. ނާގަ ހަރުފައެކޭ ތިއެއް ނުވާނޭ ރަނގަޅެއް. އެހެންވީމަ އެހިސާބުން ދެން އެއޮތީ ކެރެކްޓަރ ރަނގަޅަށް ޑެލިވަރ ކުރެވިފަކަމަށް އަޅުގަނޑު ބަލަނީ.

މި ފިލްމާާމެދު ދެން އިތުރަށް ފާހަގަކޮށްލާނީ ކޮންކަމެއް؟

ފިލްމެއް މިހަދަނީ އޯޑިއަންސްގެ އިންޓަރެސްޓަށް. ވީހާވެސް ގިނަބަޔަކަށް ފިލްމު ދެއްކުން ބޭނުމަކީ. އެހެންވީމަ ރަށްފުށުގަވެސް، އަތޮޅުތެރޭގަވެސް ފިލްމު ދައްކަން މިއޮތީ ޓާގެޓް ކޮށްފަ. އެހެންވީމަ އަތޮޅުތެރޭގަވެސް މި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެން ފޭސްބްކް ޕޭޖްގަ އިންނާނެ ނަންބަރެއް. އެ ނަންބަރާ ގުޅުއްވައިގެން ހަމަ އެބައި ކުރިއަށް ގެންދަވާށޭ. ދެން އަޅުގަނޑުމެން ހަމަ ކިރިޔާވެސް ދެއްކެން އޮތްތަނެއް ވެއްޖެއްޔާ ފިލްމު އަޅުވާނަން.

 ދެން އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މި ގާދޫކޮލުން ބޭރަށް ވެސް ފިލްމު ނެރެން. އެހެންވީމާ ލަންކާވެސް ހަމަ އެކަށީގެންވޭ ފިލްމު ފެނުން. ދެން އަނެއް ވާހަކައަކީ ނޯޓް ކުރައްވަން ކޮންމެހެން ހައްދަވާނެ ކަމެއް ނެތޭ. އޮލިމްޕަހަށް ވަޑައިގެން ފިލްމު ޓިކެޓް ބައްލަވައިގަންނަވާށޭ. އެއީ ޓިކެޓަށް ފުދޭވަރަކަށް ބާރު ބޮޑުކޮށް މިދަނީ.

 

ފިލްމު ‘ރޭވުމުން’ ގެ ޝޯވްތައް ރެއިން ފެށިގެން މިވަގުތަށް މެދުކަނޑާލާފައި ވިޔަސް ކުރިއަށް ހުރި ޝޯވްތަކަށް މިހާރުވެސް ޓިކެޓް ވިއްކަމުން އަންނަކަމަށާއި ޓިކެޓް ހޯއްދެވުމަށް📱7632051 ގުޅުއްވައިގެން ނުވަތަ އޮލިމްޕަހަށް ވަޑައިގެން ޓިކެޓް ލިބޭނެ ކަމަށް ‘ރޭވުމުން’ ގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.