ދިވެހި މަސްވެރިން ބާނާ މަހުން ލ. މާންދޫގައި ސިއްޙީގޮތުން  އެންމެ ރަނގަޅު ފެންވަރުގައި އައިއެސްއޯ މިންގަނޑުތަކަށް ބަންދުކޮށްފައިވާ މާންދޫ މަސްދަޅު ޕްރޮމޯޝަން އެއް މާންދޫގައި މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި މާންދޫ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކުރާ މަސްދަޅުގެ ބާވަތްތައް ކަމަށްވާ ޗަންކްސް އިން އޮއިލް، ޗަންކްސް އިން އޮލިވް އޮއިލް، ޗަންކްސް އިން ބްރައިން، ޓޫނާ ޑްރައިޑް ޗިލީ، ވައި/އެފް އިން އޮއިލް ވިއްކަން ވަނީ ނެރެފައެވެ. 

ހޮރައިޒަން ފިޝަރީޒް މައިގޭޓް އެތެރޭގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ 06 އޭޕްރީލް ހުކުރު ދުވަހު މެންދުރުފަހު 1430 ންް 1800 އަށެވެ.

މި ޕްރޮމޯޝަނުން މަސްދަޅު ގަތުމަށް މިހާރުވަނީ ކިޔު ޖައްސާފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.