ދަރާ ޕްރޮޑަކްޝަން އާއި ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ނެރެމަށް ހަމަޖެހިފައިވާ ވީޑިއޯލަވަ އަލްބަމްގެ ދެވަނަ ޕޯސްޓަރު ރިލީޒްކޮށްފި އެވެ.

މިމަހު 07 ގައި އިންޑިޔާގެ ނިއުދިއްލީގައި ނެރެފައިވަނީ ‘ނިތު ރޯވާ’ ގެ ނަމުގައި ނެރޭ ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ ސުޗީތާާ ޗައުރާސިޔާ އެވެ. މިއީ އެޑީ ސިންގް މިއުޒިކް ހަދާފައިވާ ލަވައެކެވެ.

ރާއްޖޭގެ މަޝްހޫރު އެކްޓަރު މުހައްމަދު ރަޝީދު ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އާއި އިންޑިޔާ ގެ ނިއުދިއްލީގެ ޕްރޮޑަކްޝަން ހައުސް އެއްކަމަށްވާ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި ގުޅިގެން ވީޑިއޯ ލަވަ އަލްބަމަކާއި ވެބް ސީރީޒެއް ހެދުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

‘ނިތު ރޯވާ’ ގެ ޕޯސްޓަރު ނެރޭފައިވާއިރު މި ލަވަ އަލްބަމަކީ ދަރާ ރަޝީދު އާއި ހަރްޝް އާނަންދު ގުޅިގެން އުފައްދާ ހަތް ލަވަ ހިމެނޭ ވީޑިއޯ އަލްބަމެކެވެ. މީގެ ތެރެއިން ‘ކައިސޭ ކަޓޭ’ ގެ ނަމުގައި އެޑީ ސިންހް އާއި ޖަގްތިންދަރް ސިންހް ކިޔާފައިވާ ލަވައިގެ ރަސްމީ ޕޯސްޓްރު މީގެކުރިން ވަނީ ނެރެފައެވެ.

“މީގެ ތެރެއިން ދެ ލަވަ ރަޝީދު މިހަދަނީ ދިވެހިން ލައްވާ މިއުޒިކްވެސް، ލިރިކްސްވެސް. ދިވެހިން ލައްވާ މި ލަވަތައް ކިޔުއްވަނީވެސް ހިންދީ ބަހުން. މި އަލްބަމްގައި ހިމެނޭ ހަތް ލަވައަކީވެސް ހިންދީ ލަވަ. ދެން މީގެ ތެރެއިން ދެ ލަވައިގެ ހުރިހައި މަސައްކަތެއްވެސް މި ކުރުވަނީ ދިވެހިން ލައްވާ.”ލަވަ އަލްބަމާއިބެހޭގޮތުން މުނިއަވަސް އަށް ރަޝީދު ބުންޏެވެ.

ރަޝީދު އިތުރަށް ބުނީ އެ ދެލަވައިގެ ރެކޯޑިން އާއި ކޮމްޕޯސް ކުރުންވެސް ކުރިއަށްގެންދާނީ ރާއްޖޭގައި ކަމަށެވެ. ރަޝީދު އިތުރަށް ބުނީ އެ ލަވަ ތަކުގެ ވީޑިއޯގައި ހަރަކާތްތެރިވާނީ އިންޑިޔާ އިން ގެންނަ ތަރިންނާއި ދިވެހި ތަރިން މިކްސްކޮށްގެން ކަަމަށެވެ.

ޕޯސްޓަރު ނެރުމުގެ އިވެންޓްގައި ސުޗިތާ ޗައުރަސިޔާ އަދި އެޑީ ސިންގ ގެ އިތުރުން ސުޗެތާ އާނަންދާއި ހަރްޝް އާނަންދު

“ރާއްޖެއިން އަހަރުމެން މި ނަގަނީ އެކްޓަރަކާއި އެކްޓްރެސް އެއް. ޝޫޓް ކުރާނީ އެމީހުން މިކްސްކޮށްލައިގެން. އެއީ އިންޑިޔާ އެކްޓަރާއި އެކު ރާއްޖޭގެ އެކްޓްރެސް އެއް ލައިގެން ނުވަތަ އިންޑިޔާ އެކްޓްރެސް އާއި އެކު ރާއްޖޭގެ އެކްޓަރެއް ލައިގެން.”

ރަޝީދު ބުނީ ލަވަތަކުގެ ކެމެރާ މަސައްކަތް ކުރާނީ ދަރާ ޕްރޮޑަކްޝަން އިން ކަމަށާއި އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ގެ މަސައްކަތް ތައް ކުރުމަށް ހަމަޖެހިފައިވަނީ ނިއުދިއްލީ ގައި ކަމަށެވެ.

‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އަކީ އިންޑިޔާގެ ނިއު ދިއްލީގައި ނަންހިނގާ ކުންފުންޏެކެވެ. މި ކުންފުނީގެ ޑިރެކްޓަރުންނަށް ބަލައިލާއިރު ސްޗެތާ އާނަންދަކީ ފިލްމު ޕްރޮޑިއުސަރެއް ގެ އިތުރުން މަޝްހޫރު މެގަޒިން އެއް ކަމަށްވާ ‘ދަ ބޮލީވުޑް ފޭސަސް’ ގެ މެނޭޖިން އެޑިޓަރެވެ. ފިލްމު ‘ލަވް އޯރް ރާޖްނީތީ’ އާއި ‘ކައޯ ޕިޔޯ މަސްތު ރަހޯ’ އަކީ އޭނާގެ އުފެއްދުންތަކެވެ. މީގެ އިތުރުން ހަރްޝް އާނަންދަކީ ފިލްމު ޑައިރެކްޓަރެކެވެ. އޭނާ ވަނީ ކޮމެޑީ، ޑްރާމާ، ސިޔާސީ، އެނިމޭޝަން، ސްޕިރިޗުއަލް އަދި އިޖްތިމާއީ ގޮތުން ހޭލުންތެރި ކުރުވުމުގެ ގޮތުންވެސް ފިލްމުތައް އުފައްދާފަ އެވެ. އިންޓަނޭޝަނަލް ބޮޖްޕޫރީ ފިލްމު އެވޯޑުން އޭނާ ވަނީ ބެސްޓް ޑެބިއު ޑައިރެކްޓަރ އެވޯޑް ހާސިލްކޮށްފަ އެވެ. މި ކުންފުނީގެ ފައުންޑަރަކީ އަނިލް އާނަންދު އެވެ. މި ކުންފުންޏަކީ ފިލްމު އުފެއްދުމުގެ އިތުރުން އާޓްގެ ދާއިރާގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް އެމީހުންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.