އުމުރުން ދުވަސް ވާ ވަރަކަށް އަހަރެމެންގެ ކަކުލުގައި ރިއްސުމުގެ މައްސަލައަށް ހުށައެޅޭ މިންވަރު އިތުރުވެއެވެ. ހުޅުހުޅުގައި ރިއްސާބަލަ (އާރތްރައިޓިސް) ގެ ސަބަބުން ހުޅުހުޅުގައި ވަރަށް ބޮޑަށް ރިއްސައި ދިރިއުޅެން އުނދަގޫވާ ހާލަތާ ބައްދަލުވާ މީހުންވެސް މަދެއް ނޫނެނެވެ. މި ހާލަތުގެ ސަބަބުން އާއްމު ދިރިއުޅުގައި ކުރެވޭ އެތައް ކަމެއް ކުރުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިދެއެވެ.

ހުޅުހުޅުގައި ރިއްސުން ކުޑަކުރުވުމަށް ބޭނުންކުރާ އެތަކެއް ބޭހާއި ކިރީމްތައް ބޭސްފިހާރަތަކުން ގަންނަން ލިބެން ހުރިނަމަވެސް، މި ބޭސްތަކުން އިތުރު ގެއްލުންތަކެއް ލިބެއެވެ. އަދި އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެ ލިބޭ ގެއްލުން ތަހައްމަލުކުރާން ޖެހެއެވެ.

ކަކުލު ހުޅަކީ އިންސާނުންގެ ހަށިގަނޑު ކޮޅަށް ބެހެއްޓުމަށާއި އެއްތަނުން އަނެއްތަނަށް ހަރަކާތްތެރިވެ އުޅުމަށް މުހިންމު ހުޅެކެވެ. ތަދުވާ ކަކުލު ހުޅަކާއި އެކުގައި ކޮޅަށްހުރުން، ހިނގުން އަދި ދުވުން އެއީ ކުރަން އެހާ ފަސޭހަ ކަންކަމެއް ނޫނެވެ.

ކަކުލު ހުޅާއި އަދި ހުޅުހުޅުގައި ރިއްސުން ފިލުވައިލުމަށް 100 އިންސައްތަ ހަކީމީ ބޭސް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ގެވެށިފަރުވާ އެއް އެބައޮތެވެ. މި ބޭހުން ހުޅުހުޅުގައި ހުންނަ ދުޅަކަން ފިލުވައިދީ ތަދު ކަނޑުވައިދޭނެ އެވެ. އަދި މިއީ އަނގަޔަށް އެހައި މީރުވެސް ބޭހެކެވެ.

ޤުދުރަތީ މާއްދާތަކަކުން ތައްޔާރުކޮށްލާ މި މީރު ބުއިމުގައި ވަރަށް މަތީ ޢަދަދަކަށް މެގްނީޒިއަމް، ސިލިކަން، ބްރޯމެލެއިން އަދި ވިޓަމިން ސީ އެކުލެވެއެވެ. މި ބޭސް ބޭނުންކުރުމުން ހުޅުހުޅުގައި ހުންނަންޖެހޭ ތެތްކަމާއި ލުބްރިކޭޝަން ރަނގަޅުކޮށްދެއެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު ރަނގަޅުކޮށްދީ ހަކަތައާއި ބުންވަރު އިތުރުކޮށްދެ އެވެ.

ބޭނުންވާނެ ތަކެތި:

– 2 ޖޯޑު އަލަނާސި ފޮތި

– 7 ގްރާމް މުގުރާފައިވާ ފޮނިތޮށި

– 1 ޖޯޑު ފެން

– 40 ގްރާމް ތާޒާ ޚާލިޞް މާމުއި

– 40 ގްރާމް މުގުރާފައިވާ ވިލާތު ކަނަމަދު (އެލްމަންޑްސް)

– 1 ޖޯޑު އޯޓްމީލް

– 1 ޖޯޑު ތާޒާ އޮރެންޖުގެ ދިޔަ

 

ތައްޔާރުކުރާނެ ގޮތް

– އެންމެ ފުރަތަމަ ކަމަކަށް އޯޓްމީލްކޮޅު ކައްކާލާށެވެ.

– އޯޓްމީލްގެ ތެރެއަށް، އަލަނާސި ފޮތިތަކުން ދިޔަ ފެލާށެވެ.

– ބްލެންޑަރ އެއްގައި އޮރެންޖު ދިޔަ، ފެން އަދި ފޮނިތޮށްޓާއި އެލްމަންޑްސް ކޮޅު ބްލެންޑްކޮށްލާށެވެ.

– އަލަނާސި ދިޔަ އެއްކޮށްފައިވާ އޯޓްމީލްކޮޅު ބްލެންޑަރ ތެރެއަށް އަޅާފައި އޮލަ ބުއިމެއް ތައްޔާރުވާންދެން އިތުރަށް ބްލެންޑްކޮށްލާށެވެ. 

– މި ފައިދާހުރި އަދި މީރު ބުއިން މިހާރު މިވަނީ ތައްޔާރުކުރެވިފަ އެވެ.

 

ކޮންމެ ދުވަހަކުވެސް މި ބުއިން ނުވަތަ ބޭސް ބޭނުންކުރާތާ ހަފުތާއެއްގެ ތެރޭގައި ތަދުވުމާއި ދުޅަކަން ހުރި ކަކުލު ހުޅާއި އަދި އެހެނިހެން ހުޅުހުޅަށް ފާހަގަކޮށްލެވޭ ވަރުގެ ލުއިކަމެއް ލިބެމުން އަންނާނެ އެވެ. ކަކުލުގެ ތަދު ކަނޑުވާލައި ކަކުލަށް އިތުރު ފަހެލިކަން (ފްލެކްސިބަލްކަން) ލިބެންފަށައި ހެލިފެލިވުމަށް ފަސޭހަކަން ލިބެން ފަށާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.