ހީވީ އެއީ މޮވަން ކައިރިވެފައިވާ ކޮންމެވެސް ދޫންޏެއްގެ ބިހެއް ހެންނެވެ. އެކަމަކު، އެ ބިހުގެ އެތެރެ ފެނިއްޖެނަމަ، ވަލުތެރާގައި އެކަނި ހިނގާލަން ދާން ތިޔައިގެ ތެރެއިން އެކަކަށްވެސް ކެރޭނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ.
ޤުދުރަތުގެ ފުރިހަމަކަން
މި އާދަޔާޚިލާފް ހަންޑިކުޑަ (މަޝްރޫމް) އަކީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގެ ރަށްފުށަށް ނިސްބަތްވާ، ސިއްރުސިއްރުން ޖަންގަލިތަކުގައި އަލިފާން ރޯކުރަމުން އަންނަ ދިރޭ އެއްޗެކެވެ. ބޮޓެނިކަލް ޢިލްމު (ގަސްގަހާގެހީގެ ޢިލްމު) ން ބުނާނަމަ މިއީ ‘ފަންގައި’ (އެއްޗެހީގައި ޖަހާ ފޫ) ގެ ރަސްމައްޗަށް ނިސްބަތްވާ، އެހެނަސް ބަލާބެލުމަށް ‘އޭލިއަން’ އެއްގެ މޮވަން ކައިރިވެފައިވާ ބިހަކާއި ވައްތަރު އެއްޗެކެވެ.
ބިހުގެ އެރޭގައި އޮތީން ކޮންއެއް އެއްޗެއް؟
ގިނަ ‘ފަންގައި’ އަކީ ވެލި ނުވަތަ ގަސްގަހާގެހީގައި ނޫންގޮތަށް އުފެދި ހެދިބޮޑުވާ، ފަސޭހައިން ފާހަގަކުރަން އެނގޭ އެއްޗެކެވެ. ނަމަވެސް ‘ކްލަތެރިސް އާޗެރީ’ ފުރާފުރިހަމަވެ، ތޮށިފަޅައި ނިކުންނާންދެން ހެދިބޮޑުވަނީ ޖެލީ ގޮތަށް އޮންނަ ބިހެއްގެ ދުލިފަށް ތެރޭގައި އޮވެގެންނެވެ. މިފަދަ އާދަޔާޚިލާގު ގަހެއް ދުނިޔޭގައި ހުރެދާނެކަން ޤަބޫލު ކުރަންވެސް ދައްޗެވެ.
އިބްލީހުގެ އިނގިލިތައް
މި މަޝްރޫމަށް އިބްލީހުގެ އިނގިލިތަކުގެ ނަމުން ޢާއްމުން ނަން ދިނެެވެ. ބިސް މޮވުމަށްޓަކައި ބިހުގެ އެތެރޭގައި އޮންނަ ބޮޑުސިންގާ ‘ފަންގައި’ގެ ހަތަރު ފައިގެ ތެރެއިން ކޮންމެވެސް އެއް ފަޔަކުން ދުލިފަށް ފަޅާލާފައި ނިކުމެއެވެ.
ވަރަށް ތަތްގަދަ
ދުލި ފަޅާލާފައި ނިކުންނަ މަޚްލޫޤުގެ މަތީފަށަލަ ހުންނަނީ ވަރަށް ތަތްގަދަކޮށެވެ. މިކަމަށް އެކަށީގެންވާ ރަނގަޅު ސަބަބެއްވެސް ވެއެވެ. އެއީ މެހި މާބުރުފަދަ އުދުހޭ ސޫތްޕަށް ތިއްތި ދެއްކުމަށެވެ. މި މަޝްރޫމްގެ ފައިތަކުގައި ބޯވާގެ އުންތައް ހުންނަ ފަދައިން ހުންނަ ލޯވަޅުތަކުގައި މި މަޚްލޫޤާއި ދިމާއަށް އައިސް ކައިރިވާ އުދުހޭ ސޫފިތައް ތަތްކޮށްލައެވެ.
މިއީ ކާންވެސް ކަމުދާ އެއްޗެއް
ދެންމެ މިބުނިގޮތަށް އުދުހޭ ސޫފިތައް ޝިކާރަކޮށްގެން ކައިއުޅޭ މި މަޚްލޫޤަކީ އިންސާނުން ކެއުމަށް ކަމުދާ އެއްޗެއް ނަމަވެސް ކާން ކަމުދާނެ ހެއްޔެވެ؟ އާނއެކެވެ. މި މަޝްރޫމް އޭގެ ތޮށިގަނޑުގައި އޮންނަ މަރުޙަލާގައި ކާން ކަމުދާނެ އެވެ.
އެއީ ބޯވާގޮތަށް އޭގެ ފައިތަކުގައި ދިރުންވެސް ހުންނަ މަޝްރޫމެއް
މި އާދަޔާޚިލާފު މަޝްރޫމްގެ ދިރުން ހުންނަގޮތް ބަލައިލަމާ ހިނގާށެވެ. ވީޑިއޯ މިއޮތީ އެވެ.
މިފަދަ އިތުރު ކިތައް މަޚްލޫޤުން ލައްވަވާފައި ވާނެހެއްޔެވެ؟
ﷲ ގެ ކުޅަދުންވަންތަކަމުން އިންސާނުންނަށް އެތަކެއް އަޖައިބު ކުރުވަނިވި މަޚްލޫޤުންތައް ވަނީ ދެއްވަވާފަ އެވެ. މިފަދަ މަޝްރޫމެއް ދުނިޔޭގައި ލައްވަވާފައި ވާއިރު، އަހަރެމެންނަށް ނޭނގޭ ކިތައް ވައްތަރުގެ ތަފާތު މަޚްލޫޤުން ލައްވަވާފައި ވާނެހެއްޔެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!