އިނގިރޭސި ބަހުން ހުންނަ ލިޔެކިޔުންތަކުގައި ‘އިންއެޕްރޮޕްރިއޭޓް inappropriate’ މި ލަފުޒަކީ ވަރަށް ގިނައިން ބޭނުންކޮށްފައި ހުންނަތަން ފެންނަ ލަފުޒެކެވެ. ދިވެހި ބަހަށް ތަރުޖަމާއެއް ކުރާއިރު، މި ލަފުޒުގެ ބަދަލުގައި ބޭނުންކޮށްލާނެ ދިވެހި ލަފުޒެއް އާއްމުކޮށް އެނގިފައި ނެތަސް، އިންއެޕްރޮޕްރިއޭޓް ގެ ބަދަލުގައި ‘ބިޔަދޮވި’ ބޭނުންކޮށްލެވިދާނެ އެވެ.
ބިޔަދޮވި މި ލަފުޒުގެ މާނައަކަށް ބަސްފޮތުގައި ވަނީ: 1- ކަމުގެ ދޯހަޅި، 2- އެކަށީގެންނުވާ އެވެ.
ބައެއް މިސާލުތައް:
1- ބިޔަދޮވި އުޅުމަށް އަދަބު ކަނޑައެޅިގެންވެއެވެ.
2- ކާޓޫނު ތަކުގައި ކުދިންނާއި ނުގުޅޭ ބިޔަދޮވި މަންޒަރުތައް ހުރެއެވެ.
އެހެންކަމުން ‘އިންއެޕްރޮޕްރިއޭޓް’ ގެ ބަދަލުގައި ބޭނުންކޮށްލަން އެކަށީގެންވާ އެއް ލަފުޒެއްގެ ގޮތުގައި ‘ބިޔަދޮވި‘ ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި