ދަތްއުނގުޅާ ބޭހަކީ އަހަރެމެންގެ ކޮންމެ ގެއެއްގައިވެސް ގެންގުޅޭ އެއްޗެކެވެ. އެ ބޭސް ބޭނުންކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދޭ އެއްޗެކޭވެސް ބުނެވިދާނެއެވެ. ގިނަފަހަރަށް ބޭސް ގަންނައިރުވެސް ބަލައިލެވެނީ އެއީ ކިހާ ފަސޭހައިން ދަތް ހުދުކޮށްދޭ އަދި ކޮބަޑި ފިލުވައިދޭ ބޭހެއްތޯއެވެ.
ކޮންމެ ދަތްއުނގުޅާ ބޭހެއް ބޭނުންކުރިޔަސް އެއިން ކޮށްދެނީ ހަމަ އެއްކަންތައްތަކެއް ދޯ އެވެ؟ އަހަރެމެން ދަތް އުނގުޅަނީ ދަތްތައް ސާފުކުރުމަށާއި ދަތްތައް ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށެވެ. އެހެން ނަމަވެސް އެމީހަކަށް އެންމެ އެކަށީގެންވާ ދަތްއުނގުޅާ ބޭހަކީ ކޮބައިކަން ގިނަ މީހުންނަށް އޮންނަނީ ރަނގަޅަށް ދެނެނުގަނެވިއެވެ.
ބާޒާރުގައި ދަތްއުނގުޅާ ބޭހުގެ ލައްކަ ގިނަ ވައްތަރުތައް ހުރެއެވެ. ދަތް ހުދުކޮށްދިނުމަށް ޚާއްޞަ ބޭހެވެ. ކޮބަޑި ފިލުވުމަށް ޚާއްޞަ ބޭހެވެ. ނާޒުކު ދަތްތަކަށް އެންމެ އެކަށީގެންވާ ބޭހެވެ. މިހެންގޮސް އެތައް އެތައް ކަމަކަށް ޚާއްޞަ ބޭސްތައް ހުރެއެވެ. ނަމަވެސް ދަތްއުނގުޅާ ބޭސް ގަންނައިރު އެ ބޭސްފުޅީގެ ކޮންމެވެސް ހިސާބެއްގައި، އާއްމުގޮތެއްގައި ފުޅީގެ އެންމެ ތިރީގައި ކުލަ ގޮޅިއެއް ޕްރިންޓްކޮށްފައި ހުންނަ ހުރުމާމެދު ވިސްނައިލަނީ ކިތައްމީހުން ބާވައެވެ. ފެހިކުލަ، ނޫކުލަ، ރަތްކުލަ އަދި ކަޅުކުލައިގެ މި ހަތަރެސްކަން ގޮޅިން ރަމްޒުކޮށްދެނީ ދަތްއުނގުޅާ ބޭސް ހެދުމަށް ބޭނުންކޮށްފައިވާ މާއްދާތައް ނުވަތަ އިންގްރިޑިއެންޓްސް އެވެ.
ތިބާ ދަތްއުނގުޅަން ބޭނުންކުރާ ބޭސްފުޅީގައި ވަނީ ކޮން ކުލައެއްގެ ގޮޅިއެއް ހެއްޔެވެ؟
ފެހިކުލަ: ދަތްއުނގުޅާ ބޭސްފުޅި ނަގައިގެން ނިކަން ރަނގަޅަށް ބަލާލަބަލާށެވެ. ބޭސްފުޅީގައި ފެހި ގޮޅިއެއް އެބައިން ހެއްޔެވެ؟ އެހެންވެސްޖެއްޔާ ތިޔައީ ނަސީބުވެރިއެކެވެ. މިބުނީ ނަސީބު ނަންބަރެއް ލައްވާލި ވާހަކައެއް ނޫނެވެ. ފެހި ގޮޅިއެއް އިންނަމަ އޭގެ މާނައަކީ ތިބާ ދަތްއުނގުޅަން ބޭނުން ތިޔަކުރެވެނީ މުޅިންވެސް ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ރައްކާތެރި ބޭހެކެވެ.
ނޫކުލަ: ދަތްއުނގުޅާ ބޭސްފުޅީގައި ވަނީ ނޫކުލައިގެ ގޮޅިއެއްނަމަ، ތިޔަ ބޭނުންކުރެވެނީވެސް ރައްކާތެރި ބޭހެކެވެ. އޭގެ މާނައަކީ ބޭސްފުޅި އުފެއްދުމުގައި ބޭނުންކޮށްފައިވަނީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ކީމި (ކެމިކަލް) މާއްދާތަކެވެ.
ރަތްކުލަ: ރަތްކުލައިގެ ގޮޅިއެއް އިންނަމަ، ބުނެވެން އޮތީ ތިޔަ ބޭނުންކުރާ ބޭހަކީ ވަރަށް ގިނަ ޢަދަދަކަށް މަސްނޫޢީ ކީމިތައް ބޭނުންކޮށްގެން އުފައްދާފައިވާ ބޭހެކެވެ. އަހަރެމެންގެ ސިއްޙަތަށް އެހައި ރައްކާތެރި ނޫން ބޭހެކެވެ.
ކަޅުކުލަ: ދަތްއުނގުޅާ ބޭސްފުޅީގައި ކަޅުކުލައިގެ ގޮޅިއެއް އިންނަމަ، މިއީ ޚާލިޞް މަސްނޫޢީ ކީމި (ޕިޔޯ މޭންމޭޑް ކެމިކަލްސް) ތައް ބޭނުންކޮށްގެން އުފައްދާފައިވާ ބޭހެކެވެ. މި ބޭސް އާއްމުކޮށް ބޭނުންކުރުމުން ދަތްތަކަށް ގެއްލުން ލިބޭނެއެވެ.
މަތީގައި އެވަނީ ދަތްއުނގުޅާ ބޭސްފުޅީގައި ހުންނަ ކުލަ ގޮޅި ތަކާއި މެދު އިންޓަރނެޓްގައި ފެތުރެމުން އަންނަ އާޓިކަލް އެއްގެ ތަރުޖަމާއެކެވެ. އާޓިކަލް އަކީ ސައްޙަ މަޢުލޫމާތު ހިމެނޭ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ މިންވަރަށް ބައެއް މަޝްހޫރު ނޫސްތަކުގައިވެސް ވަނީ މި ލިޔުން ގެނެސްދީފައެވެ. އެގޮތުން ޓައިމްސް އޮފް އިންޑީޔާ ފަދަ މަޝްހޫރު ނޫސްތައްވެސް ހިމެނެއެވެ.
ކުލަ ގޮޅިތަކުން އަސްލު އަންގައިދެނީ ކޮންކަމެއްބާ؟
‘ފެކްޓް ޗެކް’ ކޮށް މަޢުލޫމާތު ގެނެސްދޭ އޮންލައިން އެއްގައި ބުނެފައިވަނީ މި ކުލަގޮޅި ތަކުން ރަމްޒުކޮށްދެނީ ދަތްއުނގުޅާ ބޭސް އުފެއްދުމުގެ މަރުހަލާގައި ބޭނުންކުރާ ‘އައި މާރކްސް’ ނުވަތަ ‘ކަލަރ މާރކްސް’ ގެ ގޮތުގައި ބޭނުންކުރާ އާރޓިފެކްޓެއް ކަމަށެވެ. އަދި އެ ގޮޅިތަކުގެ ބޭނުމަކީ ‘ލައިޓް ބީމް ސެންސަރސް’ އަށް، ދަތްއުނގުޅާ ބޭހުގެ އުފައްދާފައި އުފެއްދުން ކަނޑަން ޖެހެނީ ނުވަތަ ބަންދުކުރަން ޖެހެނީ ބަންދުކުރާ މެޝިނުގެ ކިހާ ހިސާބެއްގައި ކަން އަނގައިދިނުން ކަމުގައެވެ.
އެހެންކަމުން މި ކުލަ ގޮޅި ތަކަކީ ދަތްއުނގުޅާބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ މާއްދާތައް އަންގައިދޭ ކުލަގޮޅި ތަކެއް ނޫނެނެވެ. މިކަން މިއީ ކުރިން އެނގިފައި އޮތް ކަމެއް ހެއްޔެވެ؟ ރައްޓެހިންނަށް މިކަން އެނގޭނެ ހެއްޔެވެ؟ ނޭނގޭ ކަމަށްވާނަމަ، މި ލިޔުން ވީހާވެސް ގިނަ މީހުންނާއި ހިއްސާކޮށްލުން ކިހިނެތްވާނެ ހެއްޔެވެ؟ ރަނގަޅު ކަމަކަށް ވާނެދޯއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!