ޗިކަން ސެލެޑް ޕަނީނީ ސޭންޑްވިޗަކީ ނިކަން ރަހަމީރު ސޭންޑްވިޗެކެވެ. މިއަދު ޗިކަން ސެލެޑް ޕަނީނީ ތައްޔާރުކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ.
ބޭނުންވާނެ ތަކެތި:
– 1 ފިޔާ ކުދިކޮށް ކޮށާފައި
– 1/2 ރޯމިރުސް ކޮށާފައި
– 1/4 ޖޯޑު މެޔޮނައިޒް
– 1ޖޯޑު ކުކުޅު މަސް
– ރަހަލާ ވަރަށް ލޮނުކޮޅެއް
– އަސޭމިރުސް ކޮޅެއް
– 2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
– 1/2 ޖޯޑު ކެބެޖް ކުދިކޮށް ކޮށާފައި
– 1/2 ޖޯޑު ކެރެޓް ކުދިކޮށް ކޮށާފައި
– 3 ފޮތި ޗީޒް ސްލައިސް
– 6 ފޮތި ޕާން
– 3 ފޮތި ޓޮމާޓޯ
– ކުޑަ ތެޔޮ ފޮދެއް
ތައްޔާރުކުރާނެ ގޮތް:
– ކުކުޅު މަހުގައި ލޮނާއި އަސޭމިރުސް އަދި ލުނބޯ ހުތް ހާކާލާށެވެ.
– ދެން ތަވައަކަށް ތެޔޮ އަޅައި ކުކުޅު މަސްކޮޅު ރޯފިލުވާށެވެ.
– ފިޔާ، މިރުސް، ކުކުޅުމަސް، ކެބެޖް އަދި ކެެރެޓް ރަހަ ނިކުންނަ ވަރަށް ރަނގަޅަށް މޮޑެލާށެވެ.
– އެއަށްފަހު މެޔޮނައިޒް އަޅާ ރީތިކޮށް އެއްކޮށްލާށެވެ.
– ދެން ތިން ފޮތި ޕާނުގެ މައްޗަށް މަސްގަނޑު އަޅައި އޭގެ މަތީގައި ޗީޒް ފޮއްޗާއި ޓޮމާޓޯ ފޮތި ބާއްވާލާށެވެ.
– އަނެއް ތިން ފޮތި ޕާން މަސްގަނޑު އަޅާފައިވާ ޕާން ފޮތީގެ މަތީގައި ބޭއްވުމަށްފަހު ޗީޒް ރަނގަޅަށް ވިރެންދެން ޕަނީނީ މޭކަރުން ޓޯސްޓްކޮށްލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
