އަލުވި ކަޗޯރީ އަކީ މަސްރޮށި ނުވަތަ ގުޅަ ޒާތުގެ ހެދިކާއެކެވެ. ރޯދަވީއްލާ ގަޑިޔަށް ރަނގަޅު ހެދިކާއަކަށް އަލުވި ކަޗޯރީ ވާނެ އެވެ.
ބޭނުންވާނެ ތަކެތި:
– 2 ޖޯޑު ގޮދަން ފުށް
– 1 ދަޅު މަސް
– ½ ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު
– 3 ސައިސަމުސާ ގިތެޔޮ
– 1 ޖޯޑު އައިސް ފެން
– 1 ސައިސަމުސާ ތެޔޮ
– 1 ސައިސަމުސާ ދިރި
– 1 ސައިސަމުސާ މަސްޓަރޑް (ރެވި) އޮށް
– 2-3 ތޮޅިމިރުސް (ނުވަތަ ގިތެޔޮ މިރުސް)
– 2 އަލުވި މެދު ސައިޒުގެ (ފެނު ކައްކައި ޗިސްކޮށްފައި)
– 1 ސައިސަމުސާ ގިންގަރ-ގާރލިކް ޕޭސްޓް
– 1 ސައިސަމުސާ ތެޅިމިރުސް
– 1 ސައިސަމުސާ ލޮނު ނުވަތަ ރަހަލާވަރަށް
– 2 ސައިސަމުސާ ކޮތަންބިރި (މުގުރާފައި)
– ½ ސައިސަމުސާ ރީނދޫ
– 1 ފިޔާ މެދު ސައިޒުގެ (ކުދިކޮށް ކޮށާފައި)
– 2 މޭޒުމަތީސަމުސާ ބޭސިން (މުގު ފުށް)
– ތެލުލުމަށް ސަންފްލަރވަރ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
1- ތަށްޓެއްގައި ފުށާއި ގިތެޔޮ ރަނގަޅަށް އެއްކޮށްލާށެވެ.
2- އެތިފޮދު ފޮދުން އައިސް ފެން ޖަހައިގެން ފުށްގަނޑު މޮޑޭށެވެ.
3- ތެތް ފޮތިގަނޑެއް ބޭނުންކޮށްގެން ތަށީގައި މަތިއަޅައިފައި 20 މިނެޓް ބަހައްޓާށެވެ.
4- ތަވައަކަށް ތެޔޮފޮދެއް އަޅައި ދިރި އާއި ރެވި އޮށްތައް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
5- ކުދިކޮށް ކޮށާފައިވާ ތޮޅި މިރުސްކޮޅު ތަވާގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
6- ޗިސްކޮށްފައިވާ އަލުވި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
7- ގިންގަރ ގާރލިކް ޕޭސްޓް، ތެޅިމިރުސް، ލޮނު، ކޮތަންބިރި، ރީނދޫ، ފިޔާ އަދި މަސްދަޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި 5 މިނެޓްވާންދެން ކައްކާށެވެ.
8- ބޭސިން (މުގު ފުށް) އެއްކޮށްލާށެވެ.
9- ހިހޫވަންދެން ބަހައްޓާށެވެ.
10- މޮޑެފައިވާ ފުށްގަނޑުން ގުޅަވަށާށެވެ. މަސްރޮށި ހެދުމަށް ފުށްގުޅަ ފަތުރާގޮތަށް ނުވަތަ ދަމާގޮތަށް ދަމާލާށެވެ. އެއަށްފަހު ތައްޔާރުކުރި އަލުވި މަސްގަނޑުން އަލުވި އެޅުމަށްފަހު މަސްރޮށި ބައްދާގޮތަށް ނުވަތަ ފަތި ގުޅަ ބައްދާގޮތަށް ބައްދާލާށެވެ. ހުރިހައި ފުށްގުޅަތައް މިހެން ހަދައި ނިމުމުން ތެތް ފޮތިގަނޑެއް އަޅާފައި ބަންދުކޮށްފައި 5 މިނެޓް ބަހައްޓާށެވެ.
11- ތާހެއްގައި ތެޔޮ ހޫނުކޮށް މަޑުގިނީގައި ގުޅަ ތެލުލާގޮތަށް އަލުވި ކަޗޯރީތައް ތެލުލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
