‘ދުނިޔޭގޭ ފުޅާ ދާ’ ނުވަތަ ވޯރލްޑް ވައިޑް ވެބަކީ ތަފާތު ގިނަގުނަ ވަޞީލަތްތައް ހުސްވުމެއްނެތް ޚަޒާނާއެކެވެ. ދުނިޔޭގެ މި ފުޅާ ދަލުން މަސްވެރިކަން ކޮށްގެން މަޢުލޫމާތު ހޯދުން މިއަދު މިވަނީ ޢާއްމު ކަމަކަށް ވެފައެވެ. އެހާމެ ފަސޭހަ ގޮތަކަށް ވެފައެވެ. ނަމަވެސް ބައެއް ފަހަރަށް، މަދުން ނަމަވެސް، ބައެއް މުދައްރިސުންނަށް، ދަރިވަރުންނަށް އަދި ބެލެނިވެރިންނަށްވެސް ރަނގަޅު ވަޞީލަތްތައް ނުވަތަ ރަނގަޅު މަޢުލޫމާތު ހުންނަ ވެބް ސައިޓްތައް ހޯދަން އޮންނަނީ ދަތިކަމަށް ވެފައެވެ.
މުނިއަވަސް އިން މީގެ ކުރިންނަށް ‘މުދައްރިސުންނަށް އަގުހުރި ސައިޓްތަކެއް’ – މިފަދަ ސުރުޚީއެއްގެ ދަށުން ވާނީ ބޭނުންތެރި ބައެއް ވެބް ސައިޓް ތަކާއި ގުޅޭ މަޢުލޫމާތުތައް ދީފައެވެ. މިފަހަރުވެސް އެ ސިލްސިލާގެ ދަށުން ބޭނުންތެރި ބައެއް ވެބްސައިޓްތައް ގެނެސްދިނުމަށް މަސައްކަތް ކޮށްލާނަމެވެ. ސިލްސިލާގެ ނަން ތަފާތު ވުމުން ކުރިއަށް އޮތްތާނގައި ތަފާތު ދާއިރާތަކުން، ފާހަގަ ކޮށްލެވޭ ތަފާތު ވެބްސައިޓްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އުއްމީދެކެވެ.
މިފަހަރު މި ބަލާލަނީ އިންޑިޔާގެ ގްރޭޑް 3، 4 އަދި 5 ގެ ދަރިވަރުންނަށް އަދި މި ގްރޭޑްތަކަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެފަދަ ވެބް ސައިޓެއްގެ މަޢުލޫމާތެވެ.
މެޖިކް ޕަތުޝާލާ – http://www.magicpathshala.com
މިއީ ތަޢުލީމު އުނގަންނައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ރިސަރޗް ގްރޫޕަކުން ނުވަތަ ދިރާސާ ގްރޫޕަކުން ހިންގާ ވެބް ސައިޓެކެވެ. މި ގްރޫޕުން ތަކެތި އުފައްދަމުންދަނީ:
– ދަރިވަރުން ކުރަން ބޭނުންވާ ކަންތައްތައް ދަސްކުރުމަށާއި އެކުދިން އުނގެނުމަށް ފަސޭހަ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް
– ކުދިންގެ އަސްލު ފެންވަރު ދެނެގަތުމަށް އެހީވުމަށް
– ‘މެޖިކް ޕާތުޝާލާ’ އިން ވަޞީލަތްތައް އުފައްދަމުން އަންނަތާ 22 އަހަރުވެއްޖެއެވެ. އެއީ 1990 ގައި ތަޢާރަފު ކުރެވުނު ‘މެޖިކް ސޮފްޓްވެއަރ‘ ޢާއްމުކުރި ދުވަހުން ފެށިގެންނެވެ. އަދި އެތަނުގެ ފަރާތުން އަންނަނީ ދަރިވަރުން އުނގުނުން ފަސޭހަކޮށް ފައްކާ ކޮށްދިނުމާއި މުދައްރިސުން އުނގަންނަވައިދެއްވުމުގައި އެހީތެރިވުމަށް ބޭނުންތެރި ވަޞީލަތްތައް އުފައްދަމުންނެވެ. އަދި އެފަރާތުގެ މިންނެތް، ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ ތަފާތު ޖަމިއްޔާ، ޖަމާޢަތް، ސްކޫލް، ކޮލެޖް އަދި ޔުނިވަރސިޓީފަދަ ތަންތަނުން އެވޯޑްތައްވެސް ދެމުންނެވެ.
ހިންދީ ބަހާއި އިނގިރޭސި ބަހުން ވަޞީލަތްތައް ލިބެން ހުންނަ މި ވެބްސައިޓަކީ މުޅިން ހިލޭ ވަޞީލަތްތައް ފޯރުކޮށްދޭ ވެބްސައިޓެކެވެ. ވެބް ސައިޓްގައި ރެޖިސްޓްރީ ކުރުމަށްފަހު ޝައުގުވެރި ކުރުވާފަދަ އެތައް ވީޑިއޯތަކަކާއި ފްލޭޝް ކާޑްތައް މި ސައިޓްގެ ޒަރީޢާއިން ލިބިގެންދާނެއެވެ.
ކޮނުނު ވަރަކަށް ފަސް ގިނަވެޔޭ ބުނާހެން މި ސައިޓްވެސް ހޭވި ވަރަކަށް ގިނަ ތަކެތި ތިލަކޮށްދެމުން ދާނެކަން ޔަޤީނެވެ. އެހެންކަމުން ކިޔުންތެރިންވެސް އަޅުގަނޑުގެ މިލިޔުން ކިޔުމަށް ވަގުތުތަކެއް ބޭކާރުކޮށްނުލައްވާ މި ވެބްސައިޓަށް ޒިޔާރަތްކޮށް އަމިއްލަފުޅަށް ތަޖްރިބާކޮށްލައްވައި ބޭނުންވެލައްވާ ވަޞީލަތްތައް ޑައުންލޯޑްކުރެއްވުން ބުއްދިވެރިއެވެ.
![]() |
މި ސައިޓުގެ ފޭސްބްކް ޕޭޖުން ލިބެން ހުންނަ ފްލޭޝްކާޑް ތަކުގެ ތެރެއިން ކާޑެއްގެ ފޮޓޯއެއް |
މެޖިކް ޕަތުޝާލާ ޔޫޓިއުބް ޗެނަލް – http://www.youtube.com/user/MagicPathshala
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!