ޕިއްޒާރާޓާ އަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަފަތެކެވެ. މުނިއަވަސް އިން މިފަހަރު މިގެނެސްދެނީ ޕިއްޒާ އާއި ފަރާޓާގެ މީރު ދެ ރަހަ އެއްކޮށްލައިގެން ގެނެސްދޭ ރަހަފަތެކެވެ. މިއަދުން މިއަދަށްވެސް މި ރަހަފަތް ތައްޔާރުކޮށްލައިގެން އަޖުމަ ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ.

ބޭނުންވާނެ ތަކެތި:

ޕިއްޒާ ސްޓަފިން އަށް

2 މޭޒުމަތީ ސަމުސާ ކެޕްސިކަމް (ކިއުބަށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޒުވާރި (ފެނުކައްކާފައި)

2 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކިއުބަށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ (ކިއުބަށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ކަޅު ޒައިތޫނި (ކިއުބަށް ކޮށާފައި)

¼ ޖޯޑު ޗެޑަރް ޗީޒް (ގާނާފައި)

¼ މޮޒަރެއްލާ ޗީޒް (ގާނާފައި)

1 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

½ ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 ½ ސައިސަމުސާ ރަތް މިރުސް (ފުނޑާފައި)

1 ސައިސަމުސާ ޕާރސްލީ (ހިއްކާފައި)

½ ސައިސަމުސާ ލޮނު (ނުވަތަ ރަހަލާވަރަށް)

ފުށްގަނޑަށް

2 ޖޯޑު ފުށް

¼ ސައިސަމުސާ ލޮނު (ނުވަތަ ރަހަލާވަރަށް)

3 ސައިސަމުސާ ގިތެޔޮ / ތެޔޮ

ބޭނުންވާނެ ވަރަށް ފެން

ގާނަފައިހުރި ޗެޑަރް ޗީޒް

ގާނަފައިހުރި މޮޒަރެއްލާ ޗީޒް

ސައިސަމުސާ ރަތް މިރުސް (ބޯކޮށް މުގުރާފައި)

ތައްޔާރުކުރާނެ ގޮތް:

ޕިއްޒާ ސްޓަފިން (2 ފަރާޓާއަށް)

1- ބޯތަށްޓެއްގެ ތެރެއަށް ކެޕްސިކަމް، ޒުވާރި، ފިޔާ، ޓޮމާޓޯ، ޒައިތޫނި އެޅުމަށްފަހު ކުޑަކޮށް ޗިސްކޮށްލާށެވެ.

2- އޭގެ ތެރެއަށް ޗެޑަރް ޗީޒް، މޮޒަރެއްލާ ޗީޒް، ޕިއްޒާ ސޯސް، ލޮނުމެދު، މިރުސް، ޕާރސްލީ. ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި އެއްފަރާތެއްގައި ބަހައްޓާށެވެ.

ފުށްގަނޑު

1- ބޯތަށްޓެއްގެ ތެރެއަށް ފުށް، ލޮނު، ގިތެޔޮ / ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

2- މަޑުމަޑުން ފެން އެއްކުރަމުން ފުށްގަނޑު މޮޑޭށެވެ. ފުށްގަނޑު މޮޑެވުމުން 20 މިނެޓް ވާންދެން ބަންދުކޮށްލާފައި ބާއްވާށެވެ.

3- ފުށްގަނޑުން ގުޅަ ވެށުމަށްފަހު ހިކި ފުށްކޮޅެއް ވިއްސާލާފައި ރޮށި ދަމާގޮތަށް ތަންކޮޅެއް ބޯކޮށް ދަމާށެވެ.

4- ތައްޔާރުކޮށްފައިވާ ޕިއްޒާ ސްޓަފިން އެޅުމަށްފަހު، ރޮށީގެ ހުރިހައި ފަރާތެއް ނަގައި ރަނގަޅަށް ތަތްކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް އޮށްބާލާށެވެ.

5- ހިކިފުށްކޮޅެއް ވިއްސައިލުމަށްފަހު ރޮށިދަމާ އެތިން ދަމާލާށެވެ.

6- ތަވާގައި ތެޔޮފޮދެއް ނުވަތަ ގިތެޔޮކޮޅެއް އުނގުޅުމަށްފަހު މަޑުގިނީގައި ފަރާޓާ ރަނގަޅަށް ފިހާށެވެ.

7- ޗެއްޑާ ޗީޒް، މޮޒަރެއްލާ ޗީޒް އަދި ބޯކޮށް މުގުރާފައި ހުރި މިރުސް އެއްކޮށްލުމަށްފަހު ޗީޒްކޮޅު ވިރެންދެން މަޑުގިނީގައި ފިހާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.