ސަޅި ގޮތަށް ބަޖިޔާގެ ފުށްގަނޑު ފަތްޖަހާލަން ބޭނުން ހެއްޔެވެ؟ މެހެމާނުން ނާއި ކުޑަކުދިން ހައިރާންކޮށްލާފަދަ ރީތި 5 ގޮތެއް މިފަހަރު މުނިއަވަސް ރަހަފަތުގައި ގެނެސްދޭނަމެވެ. ބަޖިޔާ މަސްގަނޑު އެމީހަކު ބޭނުންގޮތަކަށް ތައްޔާރުކޮށްލަން ދޫކޮށްލާނަމެވެ.

ބޭނުންވާނެ ތަކެތި:

– 2 ½ ޖޯޑު ގޮދަން ފުށް

– ½ ސައިސަމުސާ ލޮނު

– 1 ½ ސައިސަމުސާ ހިތި ދަމުއި (ކެރޮމް ސީޑްސް)

– 3 މޭޒުމަތީ ސަމުސާ ގިތެޔޮ

– ½ ޖޯޑު ފެން (ނުވަތަ ބޭނުންވާ ވަރަށް)

– ބޭނުންވާ ވައްތަރެއްގެ ބަޖިޔާ މަސްގަނޑު

– ތެލުލުމަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް ފުށް، ލޮނު، ހިކިި ދަމުއި (ކެރޮމް ސީޑްސް) އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

2- އެއަށްފަހު ގިތެޔޮކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

3- މަޑުމަޑުން ފެން އެއްކުރަމުން ރަނގަޅަށް ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު ތެތް ފޮތިގަނޑަކުން ފުށްގަނޑު ކަވަރުކޮށްލާ 15 މިނެޓް ވާންދެން ބާއްވާށެވެ.

4- 15 މިނެޓް ފަހުން ފުށްގަނޑު އަނެއްކާވެސް ރަނގަޅަށް މޮޑެލާށެވެ.

5- ރޮށި ދަމާ އެތިން ފުށްގަނޑުން ވަށްކޮށް ރޮށިދަމާލާށެވެ.

6- މަސްގަނޑު އަޅައި ފެންފޮދެއް ފުށްގަނޑު އަރިމަތީގައި ހޭކުމަށްފަހު ލައްޕާލާ، އުލެއްގެ ދަތްތައް ބޭނުންކޮށްގެން އޮއްބާލައި ރަނގަޅަށް ތަތްކޮށްލާށެވެ.

7- މިގޮތަށް ވީޑިއޯ އިން ފެންނަގޮތަށް އެކި ޑިޒައިންތަކަށް ބަޖިޔާ ފުށްގަނޑު ފަތްޖަހާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.