ކުކުޅު މަހަކީ ތެލުލައިގެން ކެއުމަށް ވަރަށް އެކަށީގެންވާ ކެއުމެކެވެ. އަދި ވަކީން ބޮޑަށް، މީރު ސްޓައިލަކަށް ތެލުލުމުން ވަރަށް ފައްކާ ވާނެއެވެ. އެގޮތުން މުނިއަސް ރަހަފަތުފައި މިއަދު މިގެނެސްދެނީ ޑާކާ ފްރައިޑް ޗިކަން ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
– 2 ކުކުޅު ބިސް
– 2-3 މޭޒުމަތީ ސަމުސާ ލުނބޯހުތް
– 1 ޖޯޑު ކޯން ފްލަރ (ޒުވާރި ފުށް)
– ¼ ޖޯޑު ސެސަމީ ސީޑްސް (ތިލެޔޮކޯޅި)
– 1 ½ ސައިސަމުސާ ހިކިމިރުސް (ތަޅާފައި)
– ގާރލިކް ޕޭސްޓް
– 1 ސައިސަމުސާ ތެޅިމިރުސް
– 1 ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު
– ½ ކިލޯ ކުކުޅުމަސް (ތެލުލަން ކަމުދާވަރަކަށް ކޮށާފައި)
– ތެލުލުމަށް ތެޔޮ
– ޝާން މަރުކާގެ ޗާޓް ހަވާދު
– 1 ފިޔާ (ފިޔާ ފަތް/ ލީކްސް) ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެ ގޮތް:
1- ބޯތަށްޓެއްގެ ތެރެއަށް ބިސް، ލުނބޯހުތް، އަދި ގާލިކް ޕޭސްޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
2- އޭގެ ތެރެއަށް ސެސަމީ ސީޑްސް، މުގުރާފައިފައިހުރި ހިކިމިރުސް، ތެޅިމިރުސް، ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
3- ކުކުޅު މަސްކޮޅުތައް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި 20 މިނެޓް ވާންދެން ކަމީރުކޮށްލަން ބަހައްޓާށެވެ.
4- ތާހެއްގައި ތެޔޮ ހޫނުކޮށް، މަސް އަޅައި މަޑުމުށިކުލައެއް އަރަންދެން ތެލުލާށެވެ.
7- ތެލުލާފައިވާ މަސްކޮޅު ތަކުގެ މައްޗަށް ޗާޓް ހަވާދު، ފިޔާ (ފިޔާ ފަތް/ ލީކްސް) އެޅުމަށްފަހު އިންސާފުކޮށްލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
Zuvaari fuh e ee knirakun beynun kuraa eachea baa