މެސެންޖަރ އިން ލިބުނު އެޓޭޗްމެން މެސެޖެކެވެ. އެޓޭޗް ކޮށްފައިވާ އޯޑިއޯ ފައިލް ޕްލޭކޮށްލީމެވެ. ނުވެސް ދަންނަ ބަހަކުން އަންހެން އަޑަކުން ކިޔާފައިވާ ލަވައެކެވެ. އަޑުގައި ހުރި ރީތިކަމުންކަމަށްވެސް ވެދާނެއެވެ. އަޑުއަހަން އިނދެވުނީ ވަރަށްވެސް ވެފައެވެ. އަންހެން އަޑުން ‘ޝައްވާލުން ޗަންދްރިގަ މޭލޭ’ އޭ ކިޔާ ނިމުނުތަނުން، ފިރިހެން ކޯރަސް އަކުން ‘ޢީދު މުބާރަކް’ ކިޔައިލުމުން މިއީ ޢީދު ތަހްނިޔާގެ ލަވައެއްކަން އެނގިއްޖެއެވެ.
ދިވެހިންނަކީ އަޖައިބެއްފަދަ ބައެއްކަމަށް ބޭރުގެ ކަރަކަރައިން އަންނަ ސައްޔާހުން ފާހަގަކުރައްވާފައި ވަނީވެސް ރަނގަޅު ސަބަބެއް އޮވެގެންނޭ އަހަރެންގެ ހިތަށް އެރިއެވެ. އީދު ތަހްނިޔާ ކިޔުމަށް ތަފާތު ގޮތްގޮތަށް، ތަފާތު ލަވަތަކާއި އެކުގައި ހުންނަ ލަވަ މެސެޖްތަކުން އީދު ތަހްނިޔާ ކިޔުމަކީ ދިވެހިންގެ އާދައެކެވެ. އާއްމުކޮށް ދިވެހި ލަވަ ބޭނުންކުރަމުން އަޔަސް ކޮންމެވެސް ވަރަކަށް ހިންދީ އަދި ޢަރަބި ލަވަ ބޭނުންކުރަމަކީ އާއްމުކަމެކެވެ. ނަމަވެސް މިފަހަރު މިވަނީ ރަހަ ތަފާތުކޮށްލާފައެވެ.
ގާތްގަނޑަކަށް 15 ވަރަކަށް ރައްޓެހިންގެ ފަރާތުން ހަމަ އެއް މެސެޖެއް ލިބެންފެށުމުން މި ކިޔާ ލަވައެއްގެ އަސްލު ހޯދުމަށް މަސައްކަތްފެށީމެވެ. ‘ޝައްވާލުން ޗަންދްރިގަ މޭލޭ’ ޖަހައިގެން ‘ގޫގަލް ދޮންބެގެ’ އެހީ އަށް އެދުނުތަނާހެން ލަވައިގެ ވީޑިއޯ ލިންކެއް ތިލަކޮށްދީފިއެވެ. ވީޑިއޯ ލަވަ ދެތިން ފަހަރަށް ބަލައިލެވިއްޖެއެވެ. ލަވައިގެ ހުރިހައި ކަމެއްވެސް ސަޅިކަމުންނެވެ. ‘އޯ’ރެންޖް މީޑިއާ’ އިން 2017 ވަނަ އަހަރު ރިލީޒްކޮށްފައިވާ މި ލަވައަކީ މަލަޔާޅަމް ބަހުން ވާހަކަދައްކައި އުޅޭ މުސްލިމުންގެ މެދުގައި ވަރަށް މަޤްބޫލުވެގެން ދިޔަ ލަވައެކެވެ.
‘ޝައްވާލުން ޗަންދްރިގަ މޭލޭ’ ގެ ލިރިކްސް އާއި އެކުގައި ދިވެހި މާނަ ގެނެސްދިނުމުގެ ބޭނުމުގައި ލިރިކްސް ލިބޭތޯ ކުރެވުނު މަސައްކަތް ވީ ބޭކާރެވެ. އެހެން ނޫންނަމަ ލަވައިގެ ތަރުޖަމާއެއްވެސް މި ލިޔުމުގައި ހިމަނާލީމުހެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި