ޝާއިލް އާއި މަޢުރީންގެ ކައިވެނި ކުރެވުނީ ދެމީހުންގެ ވެސް ރުހުމުގައެވެ. ދެމީހުންވެސް ލޯބިވެގެން އެތައް ދުވަހަކު ރައްްޓެހިވެގެން އުޅުމަށްފަހުގައެވެ. ކައިވެނީގެ ފުރަތަމަ ރެއަށް ދެމީހުންވެސް ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ނިމުން އައިސް، ކައިވެނި އިކްމާލު ވެއެވެ. އަނބިފިރިކަމުގެ މުޤައްދަސް ގުޅުން ހިންގުމުން ކައިވެނި އެންމެ ފުރިހަމަވެއްޖެއެވެ. ނަމަވެސް މަޢުރީން މެންނަށް ނޭނގުނަސް މަޢުރީން އާއި ޝާއިލްގެ ކޮންމެ ހަރަކާތަށް ކަޅިޖަހައިނުލައި ބަލަމުން، ފާރަލަމުންދިޔަ ދެވަނަ ދިރުމެއް އެމީހުންގެ ކޮޓަރީގައި އެރޭ އެވަގުތު ހުއްޓެވެ. އެ ދިރުމުގެ ބާރުން ޝާއިލްގެ ފިރިހެންވަންތަ ކަމަށް ވަޅޯކަމެއް ގެނެސް މަޢުރީންގެ ނާޖާއިޒު ފައިދާ ނެގުމަށް ތައްޔާރުވެއެވެ.
މިއީ އަލަށް މުނިއަވަސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ވާހަކަ ‘ޝަމްހޫރިޝް’ ގެ ކޮންމެވެސް ވަރެއްގެ ޚުލާޞާ އެކެވެ.
ވާހަކައިގެ ދެވަނަ އެޕިސޯޑުން ކުޑަ ތަންކޮޅެއް ހިއްސާކޮށްލާނަމެވެ.
“ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެ ކައިވެނި އިކްމާލް ވެއްޖެ އެވެ. ނަމަވެސް މަޢުރީން އަށް ފުދޭވަރު ނުވާތީ އޭނާއޮތީ ހިތްހަމަ ނުޖެހިފައެވެ. ފިރިމީހާ ޝާއިލް އޮތީ ކަންކޮށް ނިމުމާއެކު ގަދަގުގުރީގައި ނިދާފައެވެ. އެހެންނަމަވެސް މަޢުރީންގެ ހަށިގަނޑު އަދިވެސް އޮތީ ހޭލައެވެ. ވީ ފޫހިން ވައިގެ ތެރެއަށް ނޭވާއެއް ދޫކޮށްލަމުން ފާޚާނާއަށް ވަދެއްޖެއެވެ. ހަށިގަނޑުގެ ވަނާތައް ދޮންނަން ފެށިވަގުތު އިތުރަށް އޭނާގެ ހަށިގަނޑު ހޭލަން ފަށައިފިއެވެ. ފާޚާނާއިން ނިކުމެގެން ގޮސް މަޢުރީން ކޮޓަރީގައި މަޑުނުކޮށް ނިކުތީ ސިޓިންގރޫމަށެވެ.
ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެ ކައިވެނި އިކްމާލް ވެއްޖެ އެވެ. ނަމަވެސް މަޢުރީން އޮތީ ހިތްހަމަ ނުޖެހިފައެވެ. ފިރިމީހާ ޝާއިލް އެހާ އަވަހަށް ގަދަގުގުރި ޖަހާފައި ނިދުމުންނެވެ. އެހެންނަމަވެސް މަޢުރީންގެ ހަށިގަނޑު އަދިވެސް އޮތީ ހޭލައެވެ. ވީ ފޫހިން ވައިގެ ތެރެއަށް ނޭވާއެއް ދޫކޮށްލަމުން ފާޚާނާއަށް ވަދެއްޖެއެވެ. ގައިގައި ފެންފޮދެއް ޖެހުމާއެކު އިތުރަށް އޭނާގެ ހަށިގަނޑު ހޭލަން ފަށައިފިއެވެ. ފާޚާނާއިން ނިކުތްއިރުވެސް ޝާއިލް ނިދާފައި އޮތުމުން ކޮޓަރީގައި މަޑުނުކޮށް މަޢުރީން ނިކުތީ ސިޓިންގރޫމަށެވެ.
ސޯފާގައި އޮށޯތީ ހިތުގެއެދުން ހާސިލްނުވުމުން ވީ ފޫހިންނެވެ. ހަށިގަނޑަށް އައިސްފައިވާ ހޭލުމަށް ބޭއިޚްތިޔާރުގައި މަޢުރީން އަށް އިޖާބަދެވެން ފެށުނެވެ. އެހެން މީހެއް ނެތި އެފަދަ އިޙްސާސެއް ކުރެވެން ފެށުމުން ޚުދު މަޢުރީން ވެސް ހައިރާންވި އެވެ. މަޢުރީންގެ ހަށިގަނޑުން ކިޔައިދެމުންދިޔަ ފޮނި ވާހަކައިގެ ކުންނާއި ހަމައަށް ދެވުނުއިރު އެތަނުގައި ކޮންމެވެސް އެހެން މީހެއް ހުރިކަމުގެ އިހްސާސެއް މަޢުރީނަށް ކުރެވިއްޖެ އެވެ. އެންމެ ފުރަތަމަ އޭނާއަށް ހީވީ އެއީ ފިރިމީހާ ޝާއިލް ކަމަށެވެ. ކުރެވެމުންދިޔަ ފޮނި ޖަޒުބާތީ އިޙްސާސްގެ މީރުކަމުން އޭނާއަށް ބިރުން ހަޅޭއްލަވައެއްވެސް ނުގަނެވުނެވެ. ދެލޯ ހުޅުވާލައި ބަލައިލިއިރު އޭނާގެ ހަށިގަނޑުގައި ބީހެމުންދަނީ ނުވެސް ދަންނަ މީހެކެވެ. އެއީ ހުވަފެނެއް ކަމަށް ނިންމުނީވެސް އެއްވެސް ގަސްދަކާއި ނުލައި އެކަން އެނގި އޮވެއެވެ. އެ އިޙްސާސް ތަކަށް ނިމުމެއް އަންނާކަށް އޭނާގެ ހަށިގަނޑެއް ނޭދެއެވެ.
ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔަ ވަގުތު މަޢުރީން އަށް ހަޅޭއްލަވައިގަނެވުނެވެ. ލޯބީގެ ލައްޒަތުގެ އެންމެ ފޮނިމީރުކަން ދެމީހުންވެސް ހޯދަމުން ދިޔައީ އެކަކު އަނެކަކަށް ބޭނުންވެގެންނެވެ. މިކަން ވާންޖެހެނީ މިހާވަރަށް ކަމަށް އޭނާގެ ހިތް ބުނެދެމުން ދިޔައެވެ. އެންމެފަހުން މަޢުރީންގެ ހަށިގަނޑު ވާތާވި ވަގުތު އޭނާގެ ސިކުނޑި ތެރެއިން ފުން އަޑެއް އިވިގެންދިޔައެވެ. “މަޢުރީން ތީ މުޅި އުމުރަށްވެސް އަހަރެންގެ މީހެއް.” އެ ޖުމްލައިގެ އަޑު ގުގުމާލުމާއެކު މަޢުރީންގެ ލޯ މެރިއްޖެ އެވެ.”
މަޢުރީން އަށް ފާރަލައި، މަޢުރީންގެ ކިބައިން އުފާވެރިކަން ހޯދަމުން އެދަނީ ކާކުހެއްޔެވެ؟ މަޢުރީން އަށް އޭނާ ފާރަލާން ފެށީ ކީއްވެގެން އަދި ކޮން އިރަކުން ފެށިގެން ހެއްޔެވެ؟ މަޢުރީންގެ ކިބައިން އޭނާ ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ޝާއިލް ގެ ފަރާތުން ގޯނާއެއް ލިބިފައި އޮތީ ހެއްޔެވެ؟ ޝަމްހޫރިޝް އަކީ އަސްލު ކާކު ހެއްޔެވެ؟
ވާހަކައިގެ ފުރަތަމަ ވީޑިއޯ ޓްރެއިލަރ ބަލައިލުމުން މިއީ ކޮންކަހަލަ ޖޮންރާއެއްގެ ވާހަކައެއްކަން ކޮންމެވެސް ވަރަކަށް އިޙްސާސް ކުރެވޭނެއެވެ.
މި ހުރިހައި ސުވާލެއްގެ ޖަވާބު ހޯދުމަށް ވާހަކައަށް އިންތިޒާރުކޮށްލާށެވެ. ލަސްތަކެއް ނުވެ ކިޔުންތެރިންނާއި ހަމައަށް ‘ޝަމްހޫރިޝް’ ގެނެސްދިނުމަށް މަސައްކަތް ކުރަމުން އެބަގެންދަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!