ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ
ދެވަނަބައި ގެ ތެރެއިން… ދުވަސް ތަށް ގުނަމުން ގޮސް 2 ހަފްތާ ވަރު ވެއްޖެއެވެ. މަސްވެރިންގެ ޕާރކުގައި އެއްރޭ ނިދިއްޔާ ޖެހިގެން އަންނަ 3 ދުވަހު ހުންނަނީ ނުނިދާއެވެ. ވަޒީފާ އެއް ލިބޭތޯ ވަރަށް ގިނަ ގުނަ މަސައްކަތް ކުރެވިއްޖެއެވެ. މިއަދު ކާނެއެއްޗެއް ލިބިއްޖެއްޔާ ދެން ކާއެއްޗެއް ލިބޭނެ ދުވަހެއް ވެސް ނޭނގެއެވެ. އެންމެ އަންހެނެއްގެ ސަބަބުން، އަހަރެން ދިރިއުޅުން މުޅިން ބަރުބާދު ކޮށްލި އިރު އަހަރެންގެ ކުށަކީ ކޮބައިތޯ އަހަންނަށް އަހަރެންގެ ނަފްސާ ސުވާލުވެސް ކުރެވެއެވެ….
އާދައިގެ މަތިން މަސްވެރިންގެ ޕާރކުގައި ނިދާފައި އޮއްވާ ކުއްލި ސިހުމަކާއި އެކު އަހަންނަށް ހޭލެވުނީ ދަންނަ އަޑަކުން އަހަރެންނަށް މީހަކު ގޮވާލީމައެވެ. ފުންމައިގެން ތެދުވެ ކާކުތޯ ބެލިއިރު އަހަންނަށް ގޮވީ ފަޒޫގެ ވެސް އަދި އަހަރެންގެ ވެސް ރަހުމަތްތެރިއެކެވެ. އަހަރެން ތެދުވެ އީށީންތަނުން އައްޔަ (އަސްލު ނަމެއް ނޫން) އަހަންނާއި ސުވާލު ތަކެއް އަމުނާލީ އަހަރެން މަސްވެރިން ޕާރކުގައި ނިދަން އޮތުމުން އެކަމާއި ހައިރާންވެ ހުރެއެވެ.
އައްޔާ ގު ސުވާލު ތަކުގެ ޖަވާބު ވަރަށް ވެސް ދިގެވެ. އަހަރެންނަށް ޖެހުނީ އަހަރެންގެ ވާހަކަ އަލިފުން ޔާ އަށް ކިޔައިދޭށެވެ. އައްޔަ އަކީ ވިލިގިނލީގައި އަމިއްލަ އެޕާރޓްމެންޓެއް ހުންނަ މީހެއް ކަމުން އޭނާ ގެ އެދުމުގެ މަތިން އަހަރެން އެ ގެއެއަށް ދިޔައިމެވެ. އަދި އައްޔަމެން ގޭގައި އިތުރު ގޮތެއް ފެންނަން ދެން ހުރުމަށް ދިން ދައުވަތަށް އަހަރެން ހުރީ ޝުކުރު ކުރަން ނޭނގިފައިއެވެ.
އައްޔަގެ ގެއަށް ބަދަލު ވެގެން އަހަރެން މަސައްކަތް ކުރަމުން އައީ އަހަންނަށް ވަޒީފާއެއް ލިބޭ ތޯއެވެ. ނަމަވެސް މި ގައުމުގައި ކަން ހިނގާ ގޮތަށް ބަލާނަމަ ކިޔަވައިގެން ވަޒީފާއެއް ނުލިބޭނެވެ. ވަޒީފާ އެއް ބޭނުން ވިޔަސް އެކަމަށް ވެސް ބޭނުން ވާނީ ސީޔާސީ ވެރިއެއްގެ އެހީ ތެރި ކަމެވެ. އަހަރެން ދެން އަނބުރާ މަސްވެރިންގެ ޕާރކަށް ނިދަން ދާކަށް ބޭނުމެއް ނުވެއެވެ. އައްޔަ އަކީ ވެސް ލިބޭ ލާރިން ދެކޮޅު ޖައްސާއިގެން އުޅޭ މީހަކަށް ވުމުން އަހަންނަށް ކާން ދިނުން އެއީ އައްޔައަށް ފަސޭހަ ކަމެއް ނޫނެވެ. ކުރިއެކޭ ވެސް އެއްގޮތަށް އަހަރެން ކަނީ ދޭއް ނުވަތަ ތިން ދުވަހުން އެއްފަހަރުއެވެ.
އައްޔަ ގެ އެހީ ތެރިކަން ލިބުނު ދުވަހު އައްޔަ މީހަކާއި އިންނަން އުޅޭ ވާހަކަވެސް ބުންޏެވެ. އަދި މީހަކާއި އިނުމަށް ފަހު އެ ގޭގައި ނުހުރެވޭނެ ވާހަކަ ވެސް އައްޔަ ބުނީ ގޮތްހުސްވެފައިވާ ހާލެއްގައެވެ. އެއްވެސް އިރެއްގައި އެކަން އަހަރެން މައްސަލައަކަށް ނަހަދަމެވެ. އައްޔަގެ އެހީތެރިކަން އެއީ އަހަންނަށް ޝުކުރުއަދާ ނުކުރެވޭ ވަރުގެ އެހީ އެކެވެ.
އައްޔަ ގެ ގޭގައި އުޅުނު އިރު އައްޔަގެ އަންހެން ރައްޓެއްސެއް އެ ގެއަށް އާދެއެވެ. އެއްދުވަހަކު އަހަރެން ގަމީހެއް އިސްތިރި ކުރަން ހުރި ވަގުތެއްގައި އޭނަ އައިސް އަހަރެންގެ ގަމީސް އިސްތިރި ކޮށްދީފާނަމޭ ބުނުމުން އޭނާ އަށް އެ ފުރުސަތު ދިނީމެވެ. އޭނަގެ އެހީތެރިކަން ލިބޭ ގޮތުން އަހަންނަށް ގަބޫލުވި އެއްކަމެއް އެބައިނެވެ. އެއީ އޭނާ އަހަރެންނަށް ހިތްކިޔާ ކަމެވެ. އަނގަ ބަހުން ނުބުންޏަސް އޭނަގެ އަމަލުން އޭނާ އަހަރެންނަށް އެ ކަން ދައްކައެވެ. އެއިރަކު އޭނާގެ ނަމެއްވެސް އަހަންނަކަށް ނޭނގެ އެވެ. ތެދަށް ބުނާ ނަމަ އަހަރެން އިނގެން ބޭނުންވެސް ނުވަނީއެވެ. އަންހެނުންގެ މަތިން ފޫހިވެފައި ހުރިވަރުން އަންހެނެއް ފެނުނަސް އަހަރެން ގެ ލޭ ކައްކުވާލާ ގޮތްވެއެވެ.
އެއްރޭ އަހަރެން އެކަނި ގޭގައި އުޅެނިކޮށް އަހަންނަށް ސަބްމެރީން އެއް ހިފައިގެން މި އަންހެން ކުއްޖާ އައެވެ. އަދި އަހަންނަށް ސަބްމެރީން ދިނުމަށް ފަހު ލޯގަނޑު ކުރިމައްޗައް ހުއްޓި ހުރެ ބުރުގާ ނަގަން ފެށިއެވެ. އަހަރެން އެކަމަށް އަޅާލުމެއް ނުދީ ކާ މޭޒު ކައިރީގައި އިށީންދެ އިނދެގެން ސަބްމެރީން ކާން ފެށީމެވެ. އަދި އެނާ އައިސް އަހަރެންނާއި ޖެހިގެން އިން ގޮޑީގައި އިށީންދެއްޖެއެވެ. އަދި އޭނަ އަތުގައި އޮތް އަނގޮޓި އާއި ކުޅެމުން ދިޔައިރު، ދޭތެރެއަކުން އިސްތަށިގަޑާއި ކުޅެލައެވެ. އަދި އެ ފަރި ކަޅި ރަވައިން އަހަރެންގެ ހިތަށް ތީރުތައް ހަރަމުން ދިޔައެވެ.
މާ ބޮޑު ސަމާލު ކަމެއް އަހަރެން ނުދީ ކެއުމާއިގެން އަވަދި ނެތި އުޅުނު އަހަރެންނަށް އޭނާ އެކީ ގޮތްގޮތަށް ސިގުނަލް ދެމުން ދިޔައެވެ. ނަމަވެސް ގަމާރެއް ކަމަށް ހެދިގެން އަހަރެން އިނީމެވެ. ނަމަވެސް އެ ގޮތަށް އިންނަން އަހަންނަށް ފަސޭހައެއް ނުވިއެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ