ޑރ. ޢާއިޟު އަލްޤަރްނީ ހައްދަވާފައިވާ “اصحاب الهمم” މި ޅެމުގެ ދިވެހި ތަރުޖަމާ
السّلآمُ على أهْل الهمَّة
ހިއްމަތުގެ އަހުލުވެރިންނަށް ސަލާމް ހުއްޓެވެ.
فهُم صفْوة الأمَم . . وأهْل المجْد والكَرم
އެއީ އުއްމަތުގެ އާނަންދަވެރިންނެވެ. މަތިވެރިކަމާއި ޝަރަފްވެރިކަމުގެ އަހުލުވެރިންނެވެ.
منْ أرَاد المعَالي هَان عليْهِ كُل هَم . . لأنَّهلولَا المشَقّة سَاد النّاس كلهم
މަތިވެރިކަމާއި ކާމިޔާބު އެދޭމީހާއަށް އެކަމުގައި ކުރިމަތިވާ އެންމެހާ ބުރަތައް ފަސޭހަވެގެންދެއެވެ. އެހެނީ ބުރަ މަސައްކަތާއި ނުލާ ކާމިޔާބު ލިބޭނަމަ އެންމެހާ މީސްތަކުންވެސް މަތިވެރިކަމާއި ހަމައަށް ވާޞިލުވެފައިވީހެވެ.
ونصُوص الوحْي تنَاديك . . سَارع ولا تَلبثبنَاديك . . وسَابق ولا تمكُث بوَاديك
ވަޙީގެ ނައްޞުތައް ތިބާއާ އެބަ މުޚާތަބުކުރެއެވެ.
(އެ ނައްޞުތައް ތިބާއަށް އަންގައެވެ.) ތިބާ ކުރިއަރާދާށެވެ. (ކުރިއެރުމަށް މަސައްކަތް ނުކުރާ) ތިބާގެ އެކުވެރިންނާއިއެކު މަޑުޖެހިފައި ނުހުންނާށެވެ. ތިބާ ވާދަކޮށް ކުރިއަރާ ދާށެވެ. ތިބާގެ ވާދީގައި މަޑުޖެހިފައި ނުހުންނާށެވެ.
اطْلب الأعْلى دَائماً ومَا عليْك
އަބަދުވެސް ތިބާ މަތިވެރިކަމާއި ކާމިޔާބަށް އެދޭށެވެ.
تُريد المَجد ولا تَجد ؟
ތިބާ މަތިވެރިކަމާއި ކާމިޔާބުހޯދަން އުއްމީދުކޮށްފައި، އެކަމަށްޓަކައި ބުރަ މަސައްކަތްނުކޮށް ތިހުންނަނީ ކީއްވެހެއްޔެވެ؟
تخْطب المعَالي وتُناوم الليّالي ؟
ކާމިޔާބު ހޯދުމުގެ ވާހަކަ ދައްކާފައި މުޅި ރޭގަނޑު ތިބާ ތިނިދަނީ ކީއްވެހެއްޔެވެ؟
.
عليْك الجد إنَّ الأمر جَد
ތިބާ ބުރަ މަސައްކަތްކުރާށެވެ. އެހެނީ ތިބާގެ ހުވަފެންތަކާއި އުއްމީދުތައް ހާސިލުކުރެވެން އޮތީ އަބުއިކަމާއެކު ބުރަ މަސައްކަތްކޮށްގެންނެވެ؟
وليسَ كمَا ظنْنتَ ولا هممتَ .
ތިބާގެ އުއްމީދުތައް ޙާސިލުކުރުމަކީ ތިބާ ތިޔަ ހީކުރާހާ ފަސޭހަ ކަމެއްނޫނެވެ.
وبَادر فالليَّالي مسْرعاتٍ
އެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި ވީހާވެސް އަވަހަށް މަސައްކަތް ފަށާށެވެ. އެހެނީ ދުވަސްތައް ވަރަށް އަވަހަށް ފާއިތުވަމުން އެބަދެއެވެ.
,وأنتَ بمقلة الحدثين نمتَ
ތިބާ އަދިވެސް (ދެފައި ދަމާފައި) ގަދަޔަށް ނިދަނީ ހެއްޔެވެ؟
اخرج من سِرداب الأمَاني .
ތިބާގެ މަސްއޫލިއްޔަތެއް ނެތް ކަންފަސޭހަ ދިރިއުޅުން ދޫކޮށްލާށެވެ.
. يا أسير الأغَاني
އޭ ލަވަޔާއި މިޔުޒިކުގައި ހައްޔަރުވެފައިވާ ޒުވާނާއާއެވެ.
انفض غُبار الكسَل .
ކަންނެތްކަމުގެ ހިރަފުސްތައް ތިބާގެ ގައިން ފޮޅާލާށެވެ.
. فكل من سَار على الدَّرب وصَل
ދާއިމީކޮށް ތަމްރީނާއި ތަޖުރިބާ ހޯދުމުގައި ދެމިހުންނަ މީހާ ކާމިޔާބަށް ވާޞިލުވެއެވެ.
نسيت الآيات .
ތިބާ ޤުރުއާނުގެ އާޔަތްތައް ނައްތާލީ ހެއްޔެވެ؟ .
وأخرَّت الصلوات
ނަމާދަށް ފަރުވާ ކުޑަކުރަނީހެއްޔެވެ؟
. . وأذهبت عُمرك السَّهرات .
މުޅި އުމުރު ބޭކާރު ކަންކަމުގައި ހޭލާހުރުމުގައި ނަގާލަނީ ހެއްޔެވެ؟
. وتُريد الجنَّات ؟
މި ޙާލުގައި ތިބާ ވާއިރުވެސް ތިބުނަނީ ސުވަރުގެ ދާން އެދޭ ވާހަކަ ހެއްޔެވެ؟
ويلك والله مَا شبع النَّمل حَتى جد في الطَّلب .
ﷲ ގަންދީ ބުނަމެވެ. ހިންޏަށް ބަނޑުފުރާ ކެވެނީ ކާ އެއްޗެހި ހޯދުމުގައި ހިނި ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާތީއެވެ.
الحمَامة تبْني عُشها .
ހޯއްޔަކަށް ފަހު ހޯއްޔެއް، އޮފި ކޮޅަކަށް ފަހު އޮފިކޮޅެއް ލަމުން ކޮތަރު އޭގެ ހާލި ބިނާކުރެއެވެ .
والعنكبوت تُهندس بيْتها
އަދި ފައިދިގުމަކުނުވެސް ކެތްތެރިކަމާއެކު މަޑުމަޑުން އޭގެ ގެ ބިނާކުރުމުގައި މިންނެތް މަސައްކަތްކުރެއެވެ.
وأنتَ لك مُدَّة .
ތިބާއަށްވަނީ ކުޑަ މުއްދަތެކެވެ.
. ورأسك على الِمخدَّة
(ތިބާއަށް ކުޑަ މުއްދަތެއް ލިބިފައިވާއިރުވެސް، ތިބާ އަދިވެސް ގަދަޔަށް ނިދަނީ ހެއްޔެވެ؟) .
احرص على ما ينفعُك . . لأنَّ ما ينفَعكيرفَعك
ތިބާއަށް ފައިދާހުރި ކަންކަމުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އެހެނީ ތިބާއަށް ކާމިޔާބުވުން ޙާޞިލުވުންވަނީ ތިބާއަށް ފައިދާހުރި ކަންކަމުގައި ތިބާ މަޝްޣޫލުވުމުންނެވެ.
المؤمِنُ القَويُّ خير وأحبُّ إلى الله منَ المؤمنِالضَّعيف
ނިކަމެތި މުއުމިނާއަށްވުރެ ގަދަފަދަ މުއުމިނާ މާތްﷲ ގެ ޙަޟްރަތުގައި ހެޔޮކަންބޮޑުވެފައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.
بالقُوة يُبنَى القَصر المنيف . . ويُنالالمَجد الشَّريف
ރީތި ބިޔަ ގަނޑުވަރުތައް ބިނާކުރެވެނީ މުރާލިކަމާއެކު ހެސަ މަސައްކަތްކޮށްގެންނެވެ. މަތިވެރިކަމާއި ޝަރަފްވެރިކަން ލިބުންވަނީވެސް މިފަދައިން ކުރެވޭ މަސައްކަތުންނެވެ.
صاحب الهمَّة ما يهمه الحَر ولا يخيفه القر. ހިއްމަތްތެރިކަމާއެކު މަސައްކަތްކުރާ މީހާ ދޭ އަތްވަކަށް ވެހޭ ވާރެޔަކަށް ނުބަލާނެއެވެ. ..
ولا يُقلقه المُر
ހިއްމަތްތެރިކަމާއެކު މަސައްކަތްކުރާ މީހާ ކުރިމަތިވާ ހިތި ތަޖުރިބާތަކާއިހެދި ކަންބޮޑުވެ ހާސްވެގެން ފުރޯ ނުބަހައްޓާނެއެވެ.
. . لأنّضه تدرع بالصَّبر
(ވަޅު ކައްޓަފުޅި ދާންޏަށް ނުސިހޭ ފަދައިން) ހިއްމަތްތެރިކަމާއެކު މަސައްކަތްކުރާ މީހާ މިފަދަ ތަޖުރިބާތަކަށް ކެތްކުރެއެވެ. .
صاحبُ الهمَّةِ يسْبق الأمَّة إلى الِقمة
ހިއްމަތްތެރިކަމާއެކު މަސައްކަތްކުރާ މީހާ އުއްމަތް ކުރިބޯއްޓާއި ހަމައަށް ގެންގޮސްދެއެވެ. .
عَمِيَ بعضُ المحدثين منْ كثرة الرِّوايَة .
ޙަދީޘްތައް ރިވާކުރެއްވި ބައެއް ރާވީން ރިވާކުރެއްވުމުގެ މަސައްކަތުގައި އުޅުއްވިލެއް ބޮޑުކަމުން އެބޭކަލުންގެ ލޯފުޅުތަކުގެ ފެނުން ގެއްލިގެންދިޔައެވެ.
. فمَا كلَّ ولا ملَّ حتَّى بلغَ النِّهاية
އެބޭކަލުންގެ މަސައްކަތްތައް ނިމެންދެން ފޫހިވުމެއް ވަރުބަލިވުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. .
.
اعْلم أنَّ المَاء الرَّاكد فَاسِد .
ދަންނާށެވެ. ފެން ދައުރުވުމެއްނެތި ހަރުލާ ހުރެއްޖެނަމަ، ފެންގަނޑު ކުނިވެއެވެ.
لأنَّه لم يُسافر ولم يُجاهِد
އެއީ ދަތުރު ނުކުރާތީއެވެ. އަދި ހިތްމަތްތެރިކަމާއެކު ބުރަ މަސައްކަތް ނުކުރާތީއެވެ. .
يا كَثير الرُّقاد . . أمَا لنومِك نَفاد ؟
އޭ ނިދިގަދަ ޒުވާނާއެވެ. ދުވަހަކުވެސް ތިބާގެ ނިދި ހަމަނުވަނީ ހެއްޔެވެ؟
سوف تدْفع الثَّمن . . يامَن غلبَه الوسَن
އޭ ކަންނެތްކަން ގަދަވެފައިވާ ޒުވާނާއެވެ. ތިބާގެ ތި ކަންނެތްކަމުގެ އަގު އަންނަންއޮތް ދުވަސްތަކުގައި ތިބާ ދައްކަންޖެހޭނެއެވެ.
https://www.youtube.com/watch?v=VPlsOKT46aI
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 ޖޫން 2020މަޢުލޫމާތުމަދީނާއަށް ބޮޑު އެތެއް ވަދެގެން އައި ހިނދު..
- 12 މެއި 2020އިޖްތިމާޢީމާތް ﷲ ގެ ރިވެތި ސިފަފުޅުތަކުން “އަލިވިލުމެއް”
- 27 އޭޕްރިލް 2020ވާހަކަޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަ
- 22 އޭޕްރިލް 2020ރިޕޯޓްމުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭހެއްޔެ؟