“މިއީ ވަރަށް ވެސް އާ އައިޑިއާއަކަށް ހަދާ ފިލްމެއް. މީގެ ކުރިން އަހަރެން ނުދެކެން މިކަހަލަ ކޮންސެޕްޓަކަށް ހަދާފައި އޮތް އެއްވެސް ފިލްމެއް،”

 

“ނިވައިރޯޅި” އާމެދު ފިލްމުގެ ޑައިރެކްޓަރ މޫމިން ބުންޏެވެ. ފިލްމުގެ ކޮންސެޕްޓް ހާމކުރާކަށް މޫމިން ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް މޫމިން ބުނީ މިއީ އާންމުކޮށް ވިސްނާ ލެވިފައި ނެތް ކަހަލަ ކަމެއް މީގައި ދައްކުވައި ދޭނެ އެ ތަފާތު ޔަގީނުން ވެސް ފެންނާނެ ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ މޫމިން ކުރަހާފައި އޮތް ތަސްވީރުގައި އޭނާ ބޭނުންވާ ގޮތަށް ކުލަ ޖައްސަން ފުރިހަމަ ކޮންޓްރޯލާއި އިހުތިޔާރު ފަހިވެފައި އޮތް ފިލްމެކެވެ.

 

” އަސްލު މީގެ އައިޑިއާ އައީ މާސްކޭ [ކެމެރާމަން މުހައްމަދު ޝިވާޒް] ގެ ފަރާތުން. އެކަމަކު އަހަރެން ފަހުން އަދި މީތި ޑިވެލޮޕްކޮށްލި އިރު މުޅިން ތަފާތު އެއްޗެއް އެއީ. މި ސްކްރިޕްޓް ކިޔާލި އެންމެން ވެސް ބުނި ކޮންސެޕްޓް ވަރަށް ވެސް އަލޭ.” މޫމިން އިތުރަށް ބުންޏެވެ.

 

“ހެޕީ ބާތުޑޭ” އާއި “ލޫދިފާ” ވެސް ގެނެސް ދިން ޑައިރެކްޓަރު ބުނި ގޮތުގައި “ނިވައިރޯޅި” އަކީ އޭނާގެ އަސްލު ރަހަ ގެނުވައި ދޭނެ ފިލްމެއް ކަމަށެވެ.

‘ނިވައިރޯޅި’ ލީޑް ނިޢުމާ އަދި ޑައިރެކްޓަރ މޫމިން ފުއާދު

“އަހަރެން މީތި ލިޔެފައި އޮތް ގޮތާ ވަރަށް ވެސް ގާތްކޮށް ސްކްރީނުން ވިޝުއަލައިޒްކޮށް ދޭނަން. އެކަން ކުރެވޭނެ. އަދި މީގައި މަސައްކަތް ކުރާ ޓީމަށް ބެލިޔަސް އެކަން ނުވާންވީ ސަބަބެއް ނެތް،” ހުސައިން އަދުދާނު ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން މޫމިން ބުންޏެވެ. “ވަރަށް ވެސް އެކްސްޕީރިއަންސް އެކްޓަރުންތަކެއް މީގައި މި އުޅެނީ.”

 

މޫމިން ބުނި ގޮތުގައި “ނިވައިރޯޅި” އަކީ މިހާތަނަށް އޭނާ ގެނެސްދޭ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ އެވެ.

 

“އަހަންނަކީ މިހާތަނަށް ކޮމާޝަލީ އެހާ ސަކްސެސް މީހެއް ނޫން. އެކަމަކު ވަރަށް ބޮޑަށް ގަބޫލު ކުރެވޭ މިއީ ވިޔަފާރީގެ ގޮތުން އަހަރެން ހަދާ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް. އަނެއްކޮޅުން ނިއުމާ ވެސް ހުރީ ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް، މާކެޓްކޮށްގެން ފިލްމް ސްކްރީނަށް ގެންނަން ނިންމައިގެން،” މޫމިން ބުންޏެވެ.

 

މޫމިން އުފެއްދި ފިލްމުތައް ހަމަ ގައިމުވެސް އެއީ ދޫނުކުރާވަރުގެ މޮޅު ފިލްމުތަކެކެވެ. އެހެންކަމުން މި ފިލްމަށްވެސް އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.