އާކައިވެންޏަށް ޒީނަތްތެރިވެފައި ވަނީ ކާކުކަން އޮޅޭ ވަރަށް އެންމެން ތިބީ ޒީނަތްތެރިވެގެން ނެވެ. މީހުން އެކަންޏެއް ނޫނެވެ. މާލޭގެ މެދުތެރޭގައި އޮތް އިހުގެ ބޮޑު ގޯތިތެރެ ވެސް ވަނީ އެހާމެ ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކުލަބޮކިތަކާއި ފޮތީގެ ބެނާތަކުންނެވެ. ހިނގަންވީ މަގުތައް އޮތީ ބިއްލޫރި ފުޅީގެ ތެރެއަށް އުށްބައްތި ލައިގެން ދިއްލާފަ އެވެ.

މަޢުރީން ގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ކެނޑިގެންދާ ހަމަ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. މިރެއަކީ މަޢުރީންގެ ލޯބިވެރިޔާ އާއި ކައިވެނީގެ ގޮށުން ބަނދެވޭ އުފާވެރި ރެއެވެ. އޭނާގެ ދިރިއުޅުމަށް މިއަށްވުރެން އުފާވެރި އެހެން ރެއެއް ނާންނާނެއޭ މަޢުރީން ގެ ހިތަށް އަރަމުން ދެއެވެ.

ޝާއިލް އާއި މަޢުރީން އަކީ ގްރޭޑް ހަޔަކުން ފެށިގެން އަވަށްޓެރިންނެވެ. އޭރުން ފެށިގެން އެދެމީހުންގެ ލޯބީގެ ކުޅިގަނޑު ވަނީ ފެށިފައެވެ. އެކަކު އަނެކަކަށް ހިތްދީ ވަޤުފް ކުރީ އެހާ ކުރިންނެވެ. މަޢުރީން ގެ ބައްޕަގެ ދީންވެރިކަމާހުރެ ރައްޓެހިވެގެން މާފޮޅުވުމުގެ ފުރުޞަތެއް ނުލިބުނަސް، ދެމީހުންގެ ކެމިސްޓްރީ އަކީ އޭގެ ދެވަނައެއް ނެތްފަދަ ކެމިސްޓްރީ އެކެވެ. މަޢުރީން ގެ ބައްޕަގެ ވިސްނުން ކޮންމެ ގޮތަކަށް ހުރިނަމަވެސް މަޢުރީން އާއި އެކުގައި އެކަނި ހޭދަކޮށްލަން ލިބޭ ކޮންމެ ދަނޑިވަޅެއްގެ ބޭނުން ޝާއިލް އައީ ހިފަމުންނެވެ. އެގޮތުން މަޢުރީންގެ އަތުގައި ހިފާލުން، ބައްދައިލުން ނުވަތަ ބޮސް ދިނުންފަދަ ކަންކަން އައީ ކުރަމުންނެވެ. އެހާކުރިން ފެށިގެން މަޢުރީން އެ ހުންނަނީ އެފަދަ ކަންކަން ތަންކޮޅެއް މިނިވަންކަމާއެކު ކޮށްލުމަށް ކެތްމަދުވެފައެވެ. އެކަންކަމަށް މަޢުރީން އަށް އެދެވެނީ އިންތިހާއަށެވެ. އެކަންކަމުގެ އެންމެ މަތީ ހަރުފަތަށް އެރުމަށް ހިތް އެދެމުންދަނީ އެވެ. އެހެންނަމަވެސް ކައިވެނީގެ ހުރިހައިކަމެއް ނިމެންދެން ދެމީހުންނަށްވެސް ޖެހޭނީ ކެތްކޮށްލާށެވެ.

މަޢުރީން އާއި ޝާއިލް ކައިވެނިކުރަން ބޭނުންވާކަން މައިންބަފައިންގެ ކުރިމަތީގައި ހާމަކުރުމުން ދެފަރާތަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ޝާއިލް އަކީ މާލޭގައި ނަންހުރި އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. މަޢުރީން އަކީ ޑޮކްޓަރުކަން ކިޔަވައި ނިމިގެން އައިސް ސްޕެޝަލައިޒް ވުމަށްޓަކައި ދަސްކުރަމުން، ޑޮކްޓަރުކަން ކުރަމުން އަންނަ މެޑިކަލް ޑޮކްޓަރެކެވެ. ދެމީހުންގެ އުމުރުންވެސް މިވީ 25 އަހަރެވެ. އެހެންކަމުން އެމީހުންގެ ކައިވެނި ކުރުން ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ދެ އާއިލާ އަކަށްވެސް ނުފެނުނެވެ.

ކައިވެނީގެ ހަފުލާ ފެށުމުގެ ކުރިންވެސް ކައިބޮއެހެދުން ކުރިއަށްދިޔައެވެ. ކައިވެނީގެ މޭޒުދޮށަށް މަޢުރީން ދިއުމުގެ ކުރިން އޭނާގެ ރަހުމަތްތެރިޔާ މަރީ ވަރަށް ސީރިއަސް ކަމާއެކު މަޢުރީންގެ ކަންފަތްދޮށުގައި ސިއްރުސިއްރުން އެއްޗެއް ބުނެލިއެވެ.

“ހިތް ބިރުގަންނަންޏާ ދުޢާތައް ކިޔަމުން ދާތި. އެތާނގަ ވަރަށް ގިނަމީހުން އެބަތިބި. އެކި މީހުން ތިބޭނީ އެކި ނިޔަތުގައި. ހެޔޮއެދިގެން ތިބޭ މީހުންނާއި ހެޔޮ ނޭދޭ މީހުންވެސް ތިބެދާނެ.”

އެކުވެރި މަރީގެ އެ ހެޔޮއެދޭ ނަސޭހަތް އަޑުއަހާފައި މަޢުރީން ހިނިތުންވަމުން ބޯޖަހައިލި އެވެ. ކުއްލިއަކަށް މަޢުރީންގެ ދައްތަމެން އެތަނަށްވަދެ މަޢުރީންގެ އަތުގައި ހިފައި ދަމަމުން ކޮޓަރީގެ ދޮރާ ދިމާއަށް ގެންގޮސްފިއެވެ.

“މިހާރު އެމީހުން އެއުޅެނީ ލަސްވެގެން. ދެންވެސް ހިނގާބަލަ ދާން!” މަޢުރީންގެ ދައްތަ މިހެން ބުނަމުން މަޢުރީން ގޮވައިގެން ސިޓިންގރޫމްގައި ހުރި މޭޒާއި ދިމާއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނުން އެމީހުންގެ ބައްޕަ ވެސް އެދިމާއަށް ދަނިކޮށް ދިމާވެއްޖެ އެވެ. އެމީހުންނަށް ހިނިތުންވުމެއް ދެމުން ބައްޕަ ހިނގައިގަތީ އުފާވެރިކަމާއި މާޔޫސްކަން އެކުލެވޭ މޫނެއް ދައްކަމުންނެވެ. އެގެއިން މަޢުރީން ދިއުން ވެގެންދާނީ މަޢުރީންގެ ބައްޕައަށް ފުން ހިތާމައެއް ލިބިގެންދާނެ ކަމަކަށް ވާތީ އެވެ. މަޢުރީން ދިއުމުން މަޢުރީން ނެތުމުގެ އިޙްސާސް ކުރެވޭނެ މިންވަރު ހިތަށް އަރާފައެވެ. ފެންކަޅިވެފައިވާ ބައްޕަ ގެ ދެލޯ ފެނުމުން މަޢުރީންގެ ފައިން ވާގި ދޫވި ކަހަލަ އެވެ. އޭނާގެ ލޯވެސް އެވަގުތު ފެންކަޅި ވެއްޖެއެވެ. ތަންކޮޅަކަށް ގޮސްފައި މަޢުރީންގެ ބައްޕަ އިލްޔާސް ހުއްޓުނެވެ. މަޢުރީން އާއި ކައިރިއަށް ޖެހިލާފައި އޭނާގެ ގަޔާއި މަޢުރީން ކައިރިކޮށްލަމުން މަޢުރީންގެ ކަންފަތްދޮށުގައި ވާހަކަދައްކަން ފެށިއެވެ.

“މިއަދު މީ ދަރިފުޅު އުފާކުރަން ޖެހޭ ދުވަހެއް، އެހެންވީމަ ދެރަނުވޭ. އޭރުން މިއަދުގެ އުފާވެރިކަން ފުރިހަމައަށް ލިބޭނީ.” އިލްޔާސް ކިތަންމެ ހަމަޖެހޭގޮތް ދައްކަމުން ވާހަކަދެއްކިޔަސް އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. ބައްޕަގެ ވާހަކައަށް މަޢުރީން ބޯޖަހައިލަމުން ލޮލަށް ޖަމާވި ކަރުނަފޮދު މަޑުމަޑުން ފޮހެލިއެވެ.

ދެބަފައިން އެކުގައި ގޮސް މޭޒުކަރީގައި މަޑުކޮށްލި އެވެ. އެމީހުންގެ ފަހަތުން މަޢުރީންގެ ދެ ދައްތަ ވެސް ދިޔައެވެ. ލަދުން ހުރެ މަޢުރީން އިސްއުފުލައި ބަލައިލިއެވެ. އޭރު އޭނާގެ މަންމަ އިނީ ޝާއިލްގެ މަންމައާއި ބައްޕަ ކައިރީގައެވެ. ވާން އުޅޭ ފިރިމީހާ އިނީ ގާޒީ އާއި ޖެހިގެން އެއް ފަރާތުގައެވެ. ހެވިދިލިފައި އިންތަން ފެނުމުން މަޢުރީންގެ ހިނިގަނޑުވެސް ހިފެހެއްޓެނީކީ އެއް ނޫނެވެ.

ސޭކު ޝާއިލް ގަނޑު.‘ މަޢުރީން އަށް ހިތާހިތާ ކިޔައިލެވުނެވެ. ޝާއިލްގެ ހިތުގައިވެސް މިވަގުތު ހިނގަމުން ދާނީ ކައިވެންޏަށްފަހު ދެމީހުން އެކުގައި މިރޭ ވަގުތު ހޭދަކުރާނެ ގޮތުގެ މޮޅު ޕްލޭނެއް ކަމަށް މަޢުރީން ޔަޤީންކުރި އެވެ.

***~~~***

މީގެ އެއްހަފުތާކުރިން ޝާއިލް އެގެއަށް އައި ދުވަހެއްގައި ކަން ހިނގިގޮތް މިވަގުތުވެސް މަޢުރީން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެދުވަހު އޭނާ އައީވެސް ‘ރަނގަޅު ފޭކް ސްޓޯރީއެއް’ ހިފައިގެންނެވެ. ގެނައި މޮޅު ސްޓޯރީ އޮތްތަނުގައި ބާއްވާފައި އޭނާއަށް އެހެން ދެވަނަ ވާހަކައެއް ނުދެއްކެއެވެ. މުޅިންވެސް ދެއްކުނީ ކައިވެނީގެ ފުރަތަމަ ރޭގެ ވާހަކައެވެ.

“މައު ލޯބީ، އެރެއަށް ރަނގަޅަށް އެބަ ތައްޔާރުވަންދޯ. އެރޭ ވެގެންދާނެ އިނގޭ ފޯރި ހުންނާނެ ރެއަކަށް!” ޝާއިލްގެ ވާހަކަތައް އިވުމުން މަޢުރީން އަށް ހުނުން ހުއްޓައިލެވުނީ ވަރަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ހުނުން ހުއްޓުނުތަނުން އަނެއްކާވެސް ޝާއިލް ވާހަކަތައް ފެށިއެވެ.

“އެނގޭތަ؟ އަހަރެން ވަރަށް ސަޅި ޕޮޒިޝަނެއް ގެ އެކްޕްލެނޭޝަން އެއް ކިޔައިފިން ވެބްސައިޓަކުން. އޭތި ވާނެ ދޯ-” ޝާއިލްގެ ޖުމުލަ ނުނިމިގެން އުޅެނިކޮށް އޭނާގެ އަނގަމަތީގައި މަޢުރީން އަތްއަޅަމުން ހުއްޓުވިއެވެ. މަޢުރީންގެ ހިނިގަނޑު ފަޅައިގެން ދިޔައީ ޝާއިލް ފަކީރުގެ ދެލޯ ބޮޑުވިތަން ފެނުމުންނެވެ. އެ ދެމީހުންނަކީވެސް އަދި ވަރަށް މަޢުސޫމު ދެމީހުންނެވެ. ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކިނަމަވެސް އެފަދަ ކަމެއްގެ އެއްވެސް އަމަލީ ތަޖުރިބާއެއް ލިބިފައިނެތް ދެމީހުންނެވެ. އެހެންކަމުން ޝާއިލް ގެ ކެތްމަދުވުން ހުންނާނެ މިންވަރު ޚުދު މަޢުރީން އަށް ވެސް ރަނގަޅަށް އެނގެއެވެ. މަޢުރީން އަމިއްލައަށް ވެސް އިންޓަރނެޓުން ހޯދައިބަލާ މިންވަރު ވަކިން މަދެއް ނުވާނެކަން އެންމެ ރަނގަޅަށް އެނގޭނީ ޚުދު އޭނާއަށްތާއެވެ. ނަމަވެސް އޭނާ އެފަދަ ކަމެއް ކުރާކަން ޝާއިލް އަށް އަދި އެހެން މީހަކަށްވެސް އަންގާކަށް ބޭނުމެއް ނުވެއެވެ.

ކައިވެނި ކުރަން އޮތްރޭގެ ކުރީ ރެއަކީ ހުރިހައި އަންހެންވެރިން މަޖާނެގި ރެއެކެވެ. ކައިވެނި ކޮށްގެން އުޅޭ އެ އާއިލާގެ ދުރުތާ ތިމާގެ މީހުންނަށްދާންދެން ތިބީ މަޢުރީން މެންގެއަށް ޖަމާވެފައެވެ. އެ އަންހެންވެރިން ދައްކާފައި ނުދައްކާނެ ހަމައެއްވެސް ވާހަކައެއް އެރެއަކު ނެތެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ޚާއްޞަ އުކުޅުތަކަށް ދާންދެން ހީނހީފައި އެމީހުން ދެއްކީ މަޢުރީން އާއި ޖެއްސެމުންނެވެ. އެތާ ތިބި އެންމެންގެ ތެރެއިންވެސް ދޮންކަތްދަ ވަކިން ހޮނޑިއެވެ. ދޮންކަތްދަ އަކީ މަޢުރީންގެ ބޮޑުދައިތައެކެވެ. ބިޔަބޮޑު އަންހެނެކެވެ. ބިޔަކަމާ އެއްވަރަށް އޭނާގެ އަޑުވެސް ބަރުވެފައި ޒީލަކަން ހުއްޓެވެ.

“ފިރިމީހާ އޮފީހުން އައިސް ގެއަށް ވަންނައިރަށް ދަރިފުޅު ހުންނަންވާނީ ފިރިމީހާ ދެލޯބޮޑުވެ އަންތަރީސް ވާނެފަދަ ހާލެއްގަ. މިބުނި އެއްޗެއް އެނގިއްޖެ އެއްނު ދޯ. އޭރުން ފިރިމީހާ ވަގުތުން ބޭނުންވާނެ ދޮންކެޔޮ ކާންދޭން. ހާހާހާހާ.” ލާނެތް ޒާތަކަށް ހެމުން ހެމުން ބޮޑުދައިތައަށް އެހެން ބުނެވުނީވެސް ހަމަކިރިޔާއެވެ. ބޮޑުދައިތަގެ ލާނެތް ޖުމްލަ އާއިއެކު ދެންތިބި އަންހެންވެރިން ވެސް އަތްތިލަބަޑި ޖަހާފައި ހަޅޭއްލަވަން ފެށީ އަޑުގެ ނެތް ތަނަށެވެ. ބޮޑުދައިތަ ބުނި ޖުމްލަ އާއި މެދު މަޢުރީން ވިސްނައިލީ ސިކުނޑިތެރޭގައި އެ މަންޒަރު ކުޅެލަމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ބޮޑުދައިތަ އެބުނާގޮތް ނެހެދުމަށްވެސް ސިކުނޑީގެ އަމިއްލަ އެޖެންޑާގައި ނޯޓްކޮށްލިއެވެ.

***~~~***

ކައިވެންޏަށްފަހު، ކައިވެނި ހަފުލާ ވެސް ނިމުމަކާއި ކައިރިވަނީ އެވެ. ހެޔޮއެދޭ މީހުންނާއި ތިމާގެ މީހުން މަޢުރީން މެންނަށް މަރުޙަބާ ކިޔައި އެކުގައި ފޮޓޯ ނެގުމައިގެން ހެމުން މަޖާނަގަމުން ދިޔައެވެ. އެވަގުތު މަޢުރީންގެ އަތުގައި ޝާއިލް ހިފަހައްޓައިގެން ހުރިލެތް ބާރުކަމުން އޭނާގެ އަތުގެ އިނގިލިތައް ވަނީ އައްސިވެފަ އެވެ. އެއީ އާއްމުން ތެރޭގައި އޭނާގެ އަތުގައި އެފަދަ ގޮތަކަށް ޝާއިލް ހިފައިގެން ހުރި ފުރަތަމަ ފަހަރެވެ. އެހެންވެގެން ކަންވެސް ނޭނގެއެވެ. ޝާއިލް އެ ފުރުޞަތުގެ ބޭނުން ހިފަމުން އެދަނީ ވަރަށްވެސް ރަނގަޅަށެވެ. މިހާރު މަޢުރީން އަކީ ޝާއިލްގެ ޙައްޤެކެވެ. އެހެން ހިތަށް އެރުމާއެކު މަޢުރީން އަށް އަމިއްލަ ނަފުސަށް ހީނލެވުނެވެ.

ޝާއިލް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރިލެތް ކިތަންމެ ބާރަސް، މަޢުރީން ހުރީ ހިތްހަމަ ޖެހިފައެވެ. ފޮޓޯ ނެގުމަށް ތިމާގެ މީހުން އެކި ދިމަދިމާއިން އަންނަމުން ދާތަން ބަލަން އެކި ފަރާތްފަރާތަށް މަޢުރީންގެ ނަޒަރު ހިންގަމުން ދިޔަ ވަގުތު ކުއްލިއަކަށް އެމީހުންގެ ވާތް ފަރާތުގައި ހުރި ނުވެސް ދަންނަ ފިރިހެނެއް އެމީހުންނަށް ލޯ އަޅައިގެން ހުރިކަން ފާހަގަ ކުރެވިއްޖެ އެވެ. ދުވަހަކުވެސް މީގެކުރިން ނުދެކޭ މީހެއްކަމުން މަޢުރީން އަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އެމީހާއަށް ބަލައިލުމާއެކު އަވަސް އަވަހަށް މަޢުރީން ބަލައިލީ ޝާއިލް އަށެވެ. އެމީހާ ބަލަން ހުރިކަން ޝާއިލް އަށް ފާހަގަ ކުރެވުނުތޯ ޔަޤީން ކޮށްލުމަށެވެ. އެހެން ނަމަވެސް ޝާއިލް އޭރު ހުރީ ރައްޓެއްސަކާއި ވާހަކަދައްކަން އަވަދިނެތި އެވެ. މަޢުރީން އަނެއްކާވެސް އެމީހާ ހުރި ދިމާއަށް ބަލައިލި އެވެ. އެކަމަކު އެމީހާ އޭރު ގެއްލިއްޖެ އެވެ.

***~~~***

“ހާދަ ވަރުބައްޔެއް ވެއްޖޭ.” ކައިވެނި ޕާޓީގެ ކަންތައްތައް ނިމުމުން މަޢުރީން ބުންޏެވެ. ދެމީހުން ހިނގަމުން ދިޔައީ އެމީހުންގެ ކޮޓަރިއާ ދިމާއަށެވެ. ޝާއިލް ގެ ގޭގެ މައި ގެއާއި ވަކިން އެޕާޓްމެންޓެއް ގޮތަށް ހަދާފައިހުރި ޝާއިލްގެ އަމިއްލަ ދުނިޔެއެއްފަދަ ކޮޓަރިއާއި ދިމާއަށެވެ.

“އެހެންތަ! އެކަމަކު މިރޭ ވަރުބަލިވެގެން ކަމަކުނުދާނެ އެއްނު ދޫނީ.” ޝާއިލް ގެ ގަޔާއި ކައިރިކޮށްލަމުން ބުންޏެވެ. މަޑުމަޑުން މަޢުރީންގެ މޫނާއި ކައިރިވިއެވެ.

“ކިހާ ދުވަހެއް ވެއްޖެ އަހަރެން މިރެޔަށް އިންތިޒާރުކުރަމުން އަންނަތާ.” ވައިއަޑުން މަޢުރީންގެ ތުންފަތާއި ވަރަށް ބޮޑަށް ޝާއިލްގެ ތުންފަތް ކައިރިކޮށްލަމުން ބުންޏެވެ. ޝާއިލްގެ އެ އަދާއިން މަޢުރީން އަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. ހަމަ އެވަގުތު މަޢުރީން އުރާލައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.

“ފެންވަރައިގެން އިޝާ ނަމާދުކޮށްގެންނެއް ނޫންތަ އަޅެ؟” މަޢުރީން ހަނދާންކޮށްދިނެވެ. ކައިވެނި ހަފުލާ އަށް އެމީހުން ދިޔައީ އިޝާ ނަމާދު ނުކޮށެވެ.

“މަޢު ދޫންޏާ. ތިހުރިހާ ކަމެއްވެސް އަހަރުން މިކަން ކޮށްފަވެސް ކުރެވިދާނޭ.” ޝާއިލް ޝަކުވާގެ ރާގަށް ބުންޏެވެ. ޝާއިލް އާ ދެކޮޅުވާކަށް މަޢުރީން ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ޚުދް މަޢުރީން ވެސް ހުރީ އެހާމެ ބޮޑަށް އެކަން ބޭނުންވެފައެވެ. އެހެންކަމުން މަޢުރީން ބޯޖަހައިލި އެވެ. އެވަގުތު ވެނެއް މަސްކޮޅެއް ފެނިގެން ކައިރިވާހެން ކުރިއަށްވުރެންވެސް ބޮޑަށް މަޢުރީން އާއި ކައިރިއަށް ޝާއިލް ޖެހިލިއެވެ. މަޑުމަޑުން މަޢުރީންގެ ތުންފަތުގެ މީރު ރަހައިން ޝާއިލްގެ ހިއްސުތައް ހޭލައްވަން ފެށިއެވެ.

މަޑުމަޑުން އެނދުމަތީގައި މަޢުރީން ބޭއްވިއެވެ. އަނެއްކާވެސް މަޢުރީން ގެ ތުންފަތުގެ ޖަޒްބާތުން ދެ ހަށިގަނޑު ހޭލައްވަން ފެށިއެވެ. އިރުކޮޅެއްގެ ތެރޭގައި މަޢުރީންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަން ޚުދު މަޢުރީން އަށްވެސް ނޭނގޭފަދައެވެ. ޝާއިލްގެ ކޮންމެ ބީހިލުމަކާއި ލިބެމުންދިޔަ ހޫނު ބޮސްތަކުން މަޢުރީން އަށް ހީވީ ލޯބީގެ ކަނޑެއްގައި މޯޖުން ނަޖާނުވެވި ބެހިގެން އޮޔާދާންފެށިހެން ނެވެ.

***~~~***

ދެ ހަށިގަނޑު އެއް ހަށިގަނޑަކަށްވެ ކައިވެނި އިކްމާލް ވެއްޖެ އެވެ. ނަމަވެސް މަޢުރީން އޮތީ ހިތްހަމަ ނުޖެހިފައެވެ. ފިރިމީހާ ޝާއިލް އެހާ އަވަހަށް ގަދަގުގުރި ޖަހާފައި ނިދުމުންނެވެ. އެހެންނަމަވެސް މަޢުރީންގެ ހަށިގަނޑު އަދިވެސް އޮތީ ހޭލައެވެ. ވީ ފޫހިން ވައިގެ ތެރެއަށް ނޭވާއެއް ދޫކޮށްލަމުން ފާޚާނާއަށް ވަދެއްޖެއެވެ. ގައިގައި ފެންފޮދެއް ޖެހުމާއެކު އިތުރަށް އޭނާގެ ހަށިގަނޑު ހޭލަން ފަށައިފިއެވެ. ފާޚާނާއިން ނިކުތްއިރުވެސް ޝާއިލް ނިދާފައި އޮތުމުން ކޮޓަރީގައި މަޑުނުކޮށް މަޢުރީން ނިކުތީ ސިޓިންގރޫމަށެވެ.

ސޯފާގައި އޮށޯތީ ހިތުގެއެދުން ހާސިލްނުވުމުން ވީ ފޫހިންނެވެ. ހަށިގަނޑަށް އައިސްފައިވާ ހޭލުމަށް ބޭއިޚްތިޔާރުގައި މަޢުރީން އަށް އިޖާބަދެވެން ފެށުނެވެ. އެހެން މީހެއް ނެތި އެފަދަ އިޙްސާސެއް ކުރެވެން ފެށުމުން ޚުދު މަޢުރީން ވެސް ހައިރާންވި އެވެ. މަޢުރީންގެ ހަށިގަނޑުން ކިޔައިދެމުންދިޔަ ފޮނި ވާހަކައިގެ ކުންނާއި ހަމައަށް ދެވުނުއިރު އެތަނުގައި ކޮންމެވެސް އެހެން މީހެއް ހުރިކަމުގެ އިހްސާސެއް މަޢުރީނަށް ކުރެވިއްޖެ އެވެ. އެންމެ ފުރަތަމަ އޭނާއަށް ހީވީ އެއީ ފިރިމީހާ ޝާއިލް ކަމަށެވެ. ކުރެވެމުންދިޔަ ފޮނި ޖަޒުބާތީ އިޙްސާސްގެ މީރުކަމުން އޭނާއަށް ބިރުން ހަޅޭއްލަވައެއްވެސް ނުގަނެވުނެވެ. ދެލޯ ހުޅުވާލައި ބަލައިލިއިރު އޭނާގެ ހަށިގަނޑުގައި ބީހެމުންދަނީ ނުވެސް ދަންނަ މީހެކެވެ. އެއީ ހުވަފެނެއް ކަމަށް ނިންމުނީވެސް އެއްވެސް ގަސްދަކާއި ނުލައި އެކަން އެނގި އޮވެއެވެ. އެ އިޙްސާސް ތަކަށް ނިމުމެއް އަންނާކަށް އޭނާގެ ހަށިގަނޑެއް ނޭދެއެވެ.

ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔަ ވަގުތު މަޢުރީން އަށް ހަޅޭއްލަވައިގަނެވުނެވެ. ލޯބީގެ ލައްޒަތުގެ އެންމެ ފޮނިމީރުކަން ދެމީހުންވެސް ހޯދަމުން ދިޔައީ އެކަކު އަނެކަކަށް ބޭނުންވެގެންނެވެ. މިކަން ވާންޖެހެނީ މިހާވަރަށް ކަމަށް އޭނާގެ ހިތް ބުނެދެމުން ދިޔައެވެ. އެންމެފަހުން މަޢުރީންގެ ހަށިގަނޑު ވާތާވި ވަގުތު އޭނާގެ ސިކުނޑި ތެރެއިން ފުން އަޑެއް އިވިގެންދިޔައެވެ. “މަޢުރީން ތީ މުޅި އުމުރަށްވެސް އަހަރެންގެ މީހެއް.” އެ ޖުމްލައިގެ އަޑު ގުގުމާލުމާއެކު މަޢުރީންގެ ލޯ މެރިއްޖެ އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.