“ދުވާލަކު ތިނެއް ނުވަތަ ހަތަރު ވަރަކަށް މީހުން ރިކްއެސްޓްކުރޭ މަދަހައެއްގެ ލިރިކްސް ހޯދަން. ރިކްއެސްޓް ލިބޭތާ ގިނައިރު ތަކެއް ނުވެ އެދުނު މަދަހައިގެ ލިރިކްސް ތާނައިން ލިޔެފަ އަދި ފޯޓޯ ފޯމެޓްގެ ފޮނުވައިދެން.” މިއީ މުނިއަވަސް އިން މެނޭޖްކޮށް ކުރިއަށްގެންދާ “މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖުގެ އެޑްމިން އެ ޕޭޖާއި ބެހޭ މަޢުލޫމާތު ދެމުން ވާހަކަދައްކަން ފަށަމުން ފުރަމަވެސް ބުނި ވާހަކައެކެވެ.
“މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖެއް ހިންގަން ފެށީ މަދަހައިގެ ލިރިކްސް ލިޔެގެން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމާއި މަދަހައިގެ އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް ފޯރުކޮށްދިނުމެވެ.
“އަސްލު ވަރަށް ގިނަ މީހުން ގުޅައިގެންވެސް، އަދި ދިމާވެގެންވެސް އެދޭނެ ވަރަށް ގިނައިން މަދަހައިގެ ލިރިކްސް ހޯދަން. މަދަހަ މުބާރާތެއް އޮންނަ ދުވަސްވަރެއް ވެއްޖެއްޔާ އެއީ ދެން ވަރަށް އާއްމު ކަމެއް. އެހެންވެގެން ހިތަށްއެރީ އެންމެންނަށް ފަސޭހައިން މަދަހަ ލިރިކްސް ލިބޭނެ ގޮތެއް ހަދަން. އެގޮތުން ފުރަތަމަ ހެދީ މަދަހަ ނަޝީދު ލިރިކްސް ގެ ނަމުގައި ބްލޮގެއް. ބްލޮގު އެހާބޮޑަށް ހިނގާގޮތް ނުވި ފޮންޓް މައްސަލަ ނިކުންނާތީ. އެހެންވެ އެ ބްލޮގް ވެސް ފޭސްބްކް ޕޭޖާ މަރޖް ކޮށްގެން “މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖް ހިންގަން ފެށީ.” “މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖް ހެދުމަށް ނިންމި ސަބަބު ހިއްސާކުރަމުން ޕޭޖްގެ އެޑްމިން ބުންޏެވެ.
“ދެން މިހާރުވެސް މަދަހަ މުބާރާތް އޮންނަ ދުވަސްކޮޅެއް ވެއްޖެއްޔާ ވަރަށް ގިނައިން ރިކުއެސްޓް އާދޭ. ބައެއް ދުވަސް ދުވަހު ހުންނާނެ ވިހިން ތިރީހުން ލިރިކްސް ފޯރުކޮށްދީފަ.” “މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖް ގެ ޚިދުމަތް ކިޔައިދެމުން ބުންޏެވެ.
“ދެވޭ ޚިދުމަތާމެދު އެންމެންވެސް ވަރަށް ހިތްހަމަޖެހިފަ ތިބެނީ. ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވޭ ލިރިކްސް ހޯދަން ނުވަތަ ލިރިކްސް ލިޔާކަށް. އެހެންވެގެން މިކޮޅުން ލިޔެފަ މި ފޮނުވަނީ ޓައިޕްކޮށްފަ ތާނައިންނާ ފޮޓޯ ފޯމެޓްގަ.”
“ބައެއް މީހުން ބުނާނެ އަގެއް ނުނަގާ ކީއްކުރަން ކުރާކަމެއްހޭ. އެކަމަކު މިކަމުން އަގެއް ނެގުމުގެ އެއްވެސް ޙައްޤެއް އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މި ލިރިކްސް ތަކަކީ އަދި މަދަހަ ތަކަކީ އެހެން ބައެއްގެ މިންނެތް މަސައްކަތެއް. ދެން މީގެ ލިރިކްސް ފޯރުކޮށްދިނުމަށް އަގެއް ނެގުން އެއީ ޙައްޤުވާނެ ކަމެއް ކަމަށް ހަމަ ނުފެނޭ.” މަދަހަ ލިރިކްސް އިން އަގެއް ނުނަގާ ދެމުންދާ ޚިދުމަތާމެދު އެޑްމިން އިން ދެކެނީ މިހެންނެވެ.
“މަދަހަ ލިރިކްސް” ފޭސްބްކް ޕޭޖުން މަދަހައެއްގެ ލިރިކްސް ހޯދުމަށް ޕޭޖްގައި މިހާރު ހިމަނާފައި ހުރި އެތަކެއް މަދަހަ ތަކެއްގެ ތެރެއިން ބޭނުންވާ މަދަހައެއް ފެނޭތޯ ބެލުމަށްފަހު އެ މަދަހައިގެ ލިރިކްސް ނެތްނަމަ، ޕޭޖަށް މެސެޖް ކޮށްލުމުން ވަގުތުން ޖަވާބުދޭނެ އެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިރިކްސް ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!