“ފޯނަށް އައީ ދިރާގު ނަންބަރަކުން ކޯލެއް. ކޯލްގަ މި ބުނަނީ މިއީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށް. ދެން ބުނީ އަހަރެންގެ ވިސާ ކާޑުގެ ނަންބަރާއިި އެއް ނަންބަރު އޮންނަ ކާޑެއް އެހެން ކޮންމެވެސް ކަސްޓަމަރަކަށް ދެވިއްޖެޔޯ. ދެން ބުނީ އަހަރެންގެ ކާޑުގެ ނަންބަރާއި ސިއްރު ނަންބަރުވެސް ދޭށޯ.
އެނގޭތަ އަދި މި ކޯލް ކުރި މީހުންގެ ހެއްވާ ކަމަކީ އެމީހުން އަމިއްލަނަފުސަށް ވެސް މި މުޚާޠަބު ކުރަނީ ވަރަށް މާތް. ‘އަޅުގަނޑު މި ވިދާޅުވާ ނަންބަރޯ… އަޅުގަނޑު ފޮނުއްވާލައްވާ ލިންކޯ… ބްލާހ ބްލާހ… ދެން އެމީހުން އެ ވާހަކަދައްކާ ގޮތުންވެސް އެނގޭނެ ދޯ އެއީ ހަމަ ފޭކް ބައެއްކަން’“
– މުނިއަވަސްގެ ކިޔުންތެރިއެއް
ރައްޓެއްސަކު އޭނާއަށް އައި ކޯލްގެ ވާހަކަ އަހަންނަށް ކިޔައިދެމުން ބުންޏެވެ. މީގެ ދުވަސް ތަކެއް ކުރިން އަހަންނަށް ކޯލެއް އައީ ‘ފަށަނަވެރިކަން’ މި ނަމުގައި ފަށަން ޖަމިއްޔާއިން ހިންގާ ކެމްޕޭނެއްގެ ދަށުން ކަމަށް ބުނެއެވެ. މީހުންގެ އަތުން ފައިސާ ފޭރުމަށް މިފަދަ ފޭކް ކޯލްތައް އައުން ރާއްޖޭގައި މިވަނީ އާއްމު ކަމަކަށް ވެފައެވެ. އެގޮތުން މިދުވަސްވަރަކީ ބޭންކް އޮފް މޯލްޑިވްސް ގެ ނަމުގައި މިފަދަ ކޯލް ކޮށްގެން މީހުންގެ ބޭންކް ކާޑުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެކެވެ.
ދިވެހިންގެ ބޭންކުން މިވަނީ މިފަދަ ކޯލްތަކާމެދު ރައްޔިތުންނާއި ބޭންކުގެ ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް މުހިންމު ކެމްޕޭނެއް ފަށާފަ އެވެ. “ސަމާލުވޭ!” މި އިންޒާރުގެ ސްލޮގަން އާއެކު ބޭންކުން ބުނަނީ ކަސްޓަމަރުންގެ ފައިސާގެ ރައްކާތެރިކަމަކީ އެ ބޭންކުން ވަރަށް ސީރިއަސްކޮށް ނަގާ ކަމެއްކަމަށެވެ. އެހެން ނަމަވެސް ކަސްޓަމަރުންގެ އެކައުންޓް މަޢުލޫމާތު ހޯދައި ފައިސާ ނެގޭ ހިސާބަށް ދިއުމަށް މަސައްކަތްކުރަމުން އަންނަ މީހުންތަކެއް އުޅޭކަމަށް ބުނެފައި އެވެ.
“އަހަރުމެންނަށް ވަރަށް ގިނައިން ކަސްޓަމަރުންގެ ފަރާތުން ރިޕޯޓުތައް ލިބެމުން އަންނަނީ ބޭންކުން ކަމަށް ބުނެ މީހުން ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތާއި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ މަޢުލޫމާތުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް. މިފަދަ އޮޅުވައިލުން ތަކަކީ ވަރަށް ބޮޑަށް ޢާއްމު ކަމަކަށް ވެފައިވާއިރު ކަސްޓަމަރުން އެބަޖެހޭ ސަމާލުވެ ތިއްބަވަން.” ބޭންކް އޮފް މޯލްޑިވްސް އިން ފަށާފައިވާ ހޭލުންތެރިކުރުވުމުގެ ކެމްޕޭނުގައި ބުނެފައި ވެއެވެ.
މަކަރާއި ހީލަތުން ފައިސާ ފޭރުމަށް މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރާ މައިގަނޑު ތިން ގޮތާއި އެކަމާބެހޭ މަޢުލޫމާތު ތައް ބޭންކުން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އެފަދަ ފަރާތްތަކުން ފޯނުކޯލުން، އެސްއެމްއެސް އިން އަދި ފިސިން އީމެއިލް އިން، ބޭންކުން ކަމަށް ބުނެ ކަސްޓަމަރުންނާއި މުޢާމަލާތް ކުރަމުން އަންނަކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން ބުނީ ބޭންކުން ކަމަށް ބުނެ މީހަކު ގުޅާފައި ޒާތީ މަޢުލޫމާތާއި ކާޑުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރިޔަސް އެފަދަ މަޢުލޫމާތެއް ނުދިނުމަށާއި އެފަދަ މަޢުލޫމާތެއް ހޯދުމަށް ބޭންކުން ފޯނުކޮށްގެން އެއްވެސް މުޢާމަލާތެއް ނުހިންގާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިކަމާމެދު ހޭލުންތެރި ކުރުވުމަށް އެ ބޭންކްގެ ވެބްސައިޓުގައި ވަނީ ވަރަށް ތަފްޞީލުކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން ވީޑިއޯ ސްޕޮޓެއް ތައްޔާރުކޮށް ޢާއްމުކޮށްފައިވެސް ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ބޭންކުތެރޭގެ ކަމެކޭ ބުނެވޭ ގޮތަށް ކަންކަން ދިމާވާތީ އެހެން ކިޔަނީ. އަޅުގަނޑު ލޯނަކަށް އެދި އިއްޔެ ލޯނުގެ ފައިސާ ޖަމާވީ. ޢިއްޔެ ފުލެޓް ލިބިގެން އަޅުގަނޑަށް އެމީހުން ގުޅީ.