މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (މެކް) އާއި ގުޅިގެން ލެކިއުޓުން މޯލްޑިވްސް އިން އަލީޝާ އަބްދުލްހަންނާންގެ ޕޭޕާކަޓް އާރޓްވޯކް ގެ ޒަރީޢާއިން ރާއްޖޭގެ ކަނޑުއަޑި ދައްކާލައިފިއެވެ.
“ކަރުދާހުން ކަނޑުއަޑި – ބައި އަލީޝާ ޢަބްދުލް ހައްނާން” ގެ ނަމުގައި އަލީޝާ އަބްދުލްހަންނާންގެ ކުރެހުންތައް ދައްކާލުމުގެ މައުރަޒު ހުޅުވާފައި ވަނީ މަޖީދީމަގުގައި ހުންނަ ލެކިއުޓް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. މި އެގްޒިބިޝަން އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަލީޝާ ބުނީ މި ޕޭޕާކަޓް ތަކުން ދައްކުވައިދޭނީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ކަމަށާއި 12 އާރޓްވޯކް ލެކިއުޓުން ފެނިގެންދާނެ ކަމަށެވެ. އަދި އެ 12 އާރޓްވޯކް ހެދުމަށްޓަކައި ދޮޅުމަސް ހޭދަވި ކަމަށްވެސް އަލީޝާ ބުންޏެވެ.

“ކަރުދާހުން ކަނޑުއަޑި” މައުރަޒުގެ ތެރެއިން
ޕޭޕާކަޓް އާރޓްވޯކް އަކީ ވަކި ޑިޒައިންތަކަކަށް ނުވަތަ ވަކި އެއްޗެއް ދައްކުވައިދޭ ގޮތަށް ޝީޓެއް ކަފައިގެން ކުރާ މަސައްކަތެކެވެ. މި އާރޓްވޯކްގެ މަސައްކަތްކުރާއިރު އެ ޝީޓްގެ ކުޑަ ތަންކޮޅެއް ހަލާކުވިޔަސް އެ މަސައްކަތް ބޭކާރުވީއެވެ.
އެލީޝާ މި މަސައްކަތް ފެށީ މީގެ 3 އަހަރު ކުރިން ގޭގައި ހުރެގެން މަސައްކަތެއް ފެށުމުގެ ބޭނުމުގައެވެ. މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ވަނީ މީގެ 11 މަސް ކުރިން އަހްމަދު އަޒްމީ (ބާޗީ) ގެ ކުރެހުންތައް ދައްކާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު