“ޝަމްހޫރިޝް” ގެ އެޕިސޯޑް 05 އާއި ހަމައަށް އާދެވުނުއިރު، މަޢުރީން އިނީ ބަލިވެ އެވެ. ބަނޑަށް ފަސް މަހެވެ. ޝަމްހޫރިޝް ގެ ހިލަމެއް ނުވާތާ ދުވަސްކޮޅެއް ފަހުން، މި އެޕިސޯޑުން އަނެއްކާވެސް ޝަމްހޫރިޝް އާއި ބައްދަލުވެއެވެ. ލޯބީގެ މަސްތީ ބަގީޗާގެ އެންމެ ފުނަށް ޝަމްހޫރިޝް އާއިއެކު މަޢުރީން އަށް ދެވެއެވެ.
ފިރިމީހާ ޝާއިމް ގެ ވަޒީފާ ގެއްލުމުގެ ހިތާމައިގައި ޑިޕްރެޝަން އަށް ގޮސް މަޢުރީން އާއިމެދު ޝާއިމް ގެ ޢަމަލުތައް ހުންނަނީ ހިތަށްއެރި ގޮތަކަށެވެ. މަޢުރީން އަށް އެންމެ އަޅައިލުމާއި އޯގާތެރިކަން ބޭނުންވާ ދުވަސްވަރު އެ ހުރިހައި ކަމަކުން މަޢުރީން ވަނީ ބީވެފައެވެ. ލިބޭ ހިތްހަމަޖެހުމަކާއި އުފަލެއް ލިބެމުން އަންނަނީ ހަމައެކަނި ޝަމްހޫރިޝް ގެ ފަރާތުންނެވެ. ނަމަވެސް ޝަމްހޫރިޝް އަކީ ކޮންކަހަލަ އެއްޗެއްކަން އަދިވެސް މަޢުރީން އަށް ވަނީ އޮޅުންނުފިލަ އެވެ. ބައެއް ފަހަރަށް އެއީ ބިލާހެކޭ ހީވިޔަސް މި އެޕިސޯޑްގައި މަޢުރީން އަށް ޝަމްހޫރިޝް އާއި ބައްދަލު ކުރެވެއެވެ. ބިރުގަތުމުގެ ބަދަލުގައި ލިބެމުންދިޔަ ލައްޒަތަށް މަޢުރީން އަށް ހެއްލެވެއެވެ.
މަޢުރީންގެ ޙަޔާތަށް ވަރަށް ބޮޑު ބަނަކަމެއް މި އެޕިސޯޑުން ކުރިމަތިވާނެ އެވެ. އުއްމީދުތައް ފެނަށް ދާނެ އެވެ. އިންތިޒާރުކޮށްލައްވާށެވެ. މި ހަފުތާގެ ދެވަނަ އެޕިސޯޑް ލަހެއް ނުވެ ގެނެސްދޭނަމެވެ.
އެޕިސޯޑް 05 ގެ ޓްރެއިލަރ އިން ކޮންމެވެސް ވަރެއް ގެނެސްދޭނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!