ދިވެހި “އޯސީއާރް” ޓޫލް ދަންނަމު ހެއްޔެވެ؟ ނުވަތަ “އޯސީއާރް ސޮފްޓްވެއަރ” އަކީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟
“އޯސީއާރް ސޮފްޓްވެއަރ” އަކީ ސްކޭންކޮށްފައިވާ އިމޭޖެއް ގައި ހުންނަ ލިޔުންކޮޅު އަކުރަށް ބަދަލުކޮށްލާ ސޮފްޓްވެއަރ އެކެވެ. “ދިވެހި އޯސީއާރް ސޮފްޓްވެއަރ” އަކީ ސްކޭންކޮށްފައިވާ އިމޭޖެއް ގައި ހުންނަ ތާނަ ލިޔުން ލިޔުންކޮޅު އަކުރަށް ބަދަލުކޮށްލާ ސޮފްޓްވެއަރ އެކެވެ.
“އޯސީއާރް” ނުވަތަ ‘އޮޕްޓިކަލް ކެރެކްޓަރ ރިކޮގްނިޝަން’ (Optical character recognition (OCR) software) ސޮފްޓްވެއަރ މަސައްކަތް ކުރަނީ ސްކޭންކޮށްފައިވާ ނުވަތަ ނަގާފައިވާ ފޮޓޯއެއްގައި ހިމެނޭ އަކުރުތައް އަސްލު އަކުރަށް ބަދަލުކޮށްގެންނެވެ. އެގޮތަށް އަކުރުތައް ބަދަލުވުމުން ލިޔެފައި ހުންނަ ލިޔުންކޮޅެއް ނުވަތަ ޓެކްސްޓެއް އެޑިޓްކުރާ ގޮތަށް ‘ލިޔުމަށް ބޭނުންކުރާ ޕްރޮގްރާމެއް’ ގައި އެޑިޓްކޮށްލެވޭނެ އެވެ.
ރާއްޖޭގެ ވަރަށް މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ދިވެހި ޑޮޓް އެެމްވީ ގައި މިހާރު މިވަނީ “ދިވެހި އޯސީއާރް ސޮފްޓްވެއަރ” ހިމަނާފައެވެ. މި ލިންކުގެ އެހީގައި ކުރިން މިބުނި ގޮތަށް ނަގާފައިވާ ފޮޓޯއެއްގައި ހުންނަ އަކުރުތައް ލިޔެފައި ހުންނަ އަކުރަށް ބަދަލުކޮށްލެވޭނެ އެވެ.
އަޖުމަ ބަލައިލުމަށް އަތު ލިޔުމުން ލިޔެފައިވާ “ސިޔަރަތުގެ މަދަހަ” ފޮތުން ތަންކޮޅެއްގެ ފޮޓޯއެއް ނަގައިގެން “ދިވެހި އޯސީއާރް ސޮފްޓްވެއަރ” މަސައްކަތްކުރާގޮތް ބަލައިލީމެވެ. ބޭނުންކުރީ ތިރީގައި އެވާ ފޮޓޯ އެވެ.

“ދިވެހި އޯސީއާރް ސޮފްޓްވެއަރ” އަށް މި ފޮޓޯ ލައިގެން ޓެސްޓް ކޮށްލީމެވެ.
“ދިވެހި އޯސީއާރް ސޮފްޓްވެއަރ” މަސައްކަތްކުރާގޮތް ދައްކައިދޭ ވީޑިއޯ އެއް މުނިއަވަސް އިން މިވަނީ ތައްޔާރުކޮށްފަ އެވެ.
https://www.youtube.com/embed/lMDC7BrmHXs
ތިރީގައި، ފެހި ކުލައިން އެވަނީ އޯސީއާރް އިން މި މަދަހަ ތާނަ އަކުރަށް ބަދަލުކުރުމަށްފަހު ކޮޕީ ޕޭސްޓް ކޮށްފައިވާ ލިޔުންކޮޅެވެ.
ހޭލަމުންދާ އުންމަތޭ
ރާގު: ދަރްދިލްތޫހީބަތާދޭ
ހޭލަމުން ތައްޔާރުވެވެމުން އަންނަމާތް ހެޔޮ އުއްމަތޭ
މުޢުޖިޒާތާ އަދި ކަރާމާތް ވީ ނިހާއީ އުންމަތް
ހޭލަމުން
އުންމަތެއްގެ ބިޝާރާތެއް ހިގަމުން އެދިޔަ ޢާލަމްތެރޭ
މާކުރިއްސުރެ އައިސަމާވީ ޞުޙަފް ހެކިވާ އުންމަތޭ
މުޢުޖިޒާތާ އަދި ކަރާމާތް
އުންމަތުގެ މޭރުންވެދާ އުއްމަތްތަކަށް އަލިފާޅުވާ
ދިކުރަކުން ދިކުރާގެނައި އެޒަބޫރު ހެކިވާ އުންމަތޭ
މުޢުޖިޒާތާ އަދި ކަރާމާތް
މާތްބަނޫ ޔަޢުޤޫބު ތެރެއިން ވިނަބިއްޔާ ފަދައިން ވިދާ
އުންމަތުގެ މާތް ޢާލަމުން ތައުރާތު ސިފަކުރި އުންމަތޭ
މުޢުޖިޒާތާ އަދި ކަރާމާތް
މިއީ ދިވެހިން މިފަހަކަށް އައިސް އުފެއްދި ސޮފްޓްވެއަރ ތަކުން އެންމެ ބޭނުންތެރި އެއް ސޮފްޓްވެއަރ ކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު