މޯލްޑިވިއަން އައިޑަލް ޕްޒެންޓް ކޮށްގެން ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރ އައިމިނަތު މައުރީނާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކައިވެނިކޮށްފި އެވެ.
އައިމިނަތު މައުރީނާ އާއި ބައްސާމް އަދީލް ޖަލީލް ކައިވެނީގެ ރިސެޕްޝަން ބާއްވާފައި ވަނީ ޖުމެއިރާ ވިއްޓަވެލި ރިސޯޓުގައި މިމަހުގެ 04 ވަނަ ދުވަހުގެ ރޭގައެވެ.
މިއީ މައުރީނާގެ އަލަތު ކައިވެނި ނަމަވެސް ބައްސާމް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. އަދި އޭނާގެ ދެ ދަރިން ވެސް ތިބެ އެވެ.
މައުރީނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ބެލުމުން ބެލެވެނީ މައުރީނާ އާއި ބައްސާމުގެ އެންގޭޖްމަންޓް ބާއްވާފައިވަނީ ފްރާންސްގައި ކަމަށް ބެލެވެއެވެ. ޕްރެޒެންޓަރެއްގެ ގޮތުގައި މައުރީން މަޝްހޫރުވެގެންދިޔައީ 2016 ވަނަ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ހުށައަޅައިދިނުމަށްފަހު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟