ލިޔުނީ: ބާބަރާ ގްރެޓްޒަރ، އައިޔޫއެން މޯލްޑިވްސް މެރިން ޕްރޮޖެކްޓުގެ ރެސިޑަންޓް މެރިން ބަޔޮލޮޖިސްޓް/ ސީޑީއީ – ރީތި ބީޗް ރިސޯޓް

 

ފިރުއައުނު މުދާ ނޫނީ ޖެލިޕިޝްއާ އެއްފާޑުގެ ކުޑަކުޑަ ފަނިފަކުސާއެއް އުވަގަލުގެ ކަށިގަނޑުތެރޭގައި ތިބެގެން އެއެއްޗެތީގެ ތަތްގަދަ ފައިތަކުން ކާނާ ހިފޭތޯ ބަލައެވެ. މާގަނޑުމަސް އެއީ މީގެ އެއް ނައެވެ. މި ދައްކަނީ މުރަކައިގެ ވާހަކައެވެ. އާދަޔާހިލާފު ދިރުމެއްކަމަށްވާ މުރަކައަކީ، އޭގެ މުހިންމުކަން ގިނަފަހަރާ އިހުސާސް ނުކުރެވުނު ނަމަވެސް، އޭގެ ސަބަބުން ރަށްރަށް އުފައްދައި، ދިރޭތަކެތީގެ ނަސްލުތަކަށް ދިރިއުޅޭނެ ތިމާވެށީގެ ނިޒާމްތައް އުފައްދާ ތަފާތު ގިނަ ބާވަތްތައް ދިރުންތައް ދަމަހައްޓައިދޭ އެއްޗެކެވެ.

 

ރާއްޖޭގައި އެންމެ ގިނަ މުރަކައަކީ އެ އާއިލާގައި 150 ބާވަތް ހިމެނޭ “އެކްރޮޕޯރާ” އެވެ. އުފެދޭ ތަނަކަށް ބިނާކޮށް އެކި ސައިޒަށާއި ގޮތްތައް އެކްރޮޕޮއިޑް މުރަކަ ހުރެއެވެ. ފަތާކޮށް “ޓޭބަލް” ކޮރަލްހެން، ނޫނީ ފޮއްޗެއް ހެން “ޕްލޭޓް” ކޮށް ނޫނީ ގަސްހެން ގޮފި ފަޅާފައި، ބޮނޑިބޮނޑިއަށްވެސް ހުރެއެވެ. ކައިރިން ބަލާލައިފިނަމަ ކޮންމެ މުރަކަ ގޮތްޕަކުން ކުދިކުދި ގޮނބިލާފައި ހުންނަތަން ފެންނާނެއެވެ. މިއިން ކޮންމެ ގޮންބެއްގައި “ޕޮލިފް” ކިޔާ ކުޑަކުޑަ ޖަނަވާރެއްއިންނާނެއެވެ. ކޮންމެ ޕޮލިޕެއްވެސް އެއާ ގާތުން ހަރަކާތެއް، ނޫނީ ގުޑުމެއް ނޫނީ ނުރައްކަލަކަށް ވެދާނޭ ކަމަކަށް ކަށިގަނޑުގެ ތެރެއަށް ވަދެ ފިލިނަމަވެސް އާއްމުގޮތެއްގައި އުނދަގުލަކާ ކުރިމަތި ނުވާއިރު ތިބޭނީ ކުޑަކޮށް ނިކުމެފައެވެ. މި ޕޮލިޕްތަކުގައި އެއްވެސް ތަނަކަށްދާނޭ ފައެއް ނޫނީ ތަންތަން ފެންނާނެ ލޮލެއް ނުހުރެއެވެ. އެކަމަކު ކޮންމެ އެއްޗެއްގެ މެދުގައި އަނގައެއް ހުރެއެވެ. އަދި ވަށައިގެން ހަ އަތްލާފައެވެ. ހުރިހާ ޕޮލިއެއް (އެތައް ސަތޭކަ އެތި) ގުޅިފައި ވާނީ އެތަކެތީގެ ބަނޑުންނެވެ.

 

ބައެއް ފަހަރާ ޕޮލިޕް ދަނބުކުލައިގައި، ނޫނީ ރީނދޫކޮށް، ނޫނީ ކޮޅު ދޫކޮށް މުށިކުލައިން ފެނުނަސް އޭގެ ހަގީގި ޒާތުގައި ކުލައެއް ނުހުންނާނެއެވެ އެކުލަ އަށް ލިބެނީ އެއް ސެލް އެކުލެވޭ ވަރަށް އެހެންކަހަލަ ނަމެއްކިޔާ ކުޑަކުޑަ އަލްގީ އަކުންނެވެ. މިއަށް ކިޔަނީ “ޒޫޒަންތެލޭ” އެވެ. މި ފަދަ އެންމެ ކުޑަވަރުގެ އެލްގީއަކީ، މުރަކައިގެ މަސްގަނޑުތެރޭގައި ތިބޭއިރު، އެއަށް ބޭނުންވާ މާއްދާތައް ހޯދުވައިދޭ އެއްޗެކެވެ. ޒޫޒަންތެލޭ އަލީގެ ހަކަތަ، ތާން، ނޫނީ ހަކުރުގެ ހަކަތައަށް ބަދަލުކޮށް، މިހަކަތަ އެ ޖަނަވާރަށް ބަދަލުކުރަނީއެވެ.

 

އެކްރޮޕޮއިޑް މުރަކަ އެހެން ހުރިހާ މުރަކައަކާ ތަފާތުވަނީ އޭގެ “އެކްސިއަލް ޕޮލިޕް” ނޫނީ ކަށިގަނޑުގެ ކޮންމެ ގޮތްޕެއްގެ ކޮޅުގައި އިންނަ، ތަންކޮޅެއް ބޮޑު ޕޮލިޕުންނެވެ. ރަނގަޅު ހާލަތްތަކުގައި އެކްރޮޕޮރައިޑުންނަށް ފުދޭވަރަކަށް އަވަހަށް ބޮޑުވެވޭނެއެވެ. އެއް އަހަރުތެރޭގައި ނަގާފައިވާ ފޮޓޯތަކުން 25 ސެންޓިމީޓަރުގެ ބޮޑުވުމާއި، އޭގެ ފިއްޔެއްގެ މީޓަރަކަށް ވުރެ ބޮޑުވާތަން ދައްކުވައިދެއެވެ. މިހެން ކަމުން، އެކްރޮޕޮއިނުންނަކީ ވަރުގަދަކޮށް ލަސްލަހުން އަހަރަކު 1 ސެންޓިމީޓަރަށް ހެދޭ އެއާއިލާގެ “ބޯލްޑަރ” ނުވަތަ ބޮޑުގާ މުރަކައަށްވުރެ ފަސޭހައިން އަސަރުކުރާ މުރަކައެކެވެ. މުރަކަ ބޮޑުވަނީ ލޮނުފެނުން ކެލްސިއަމް ނެރެ، އޭގެން އުވަގައު އުފައްދައި ތަންކޮޅަކުން ތަންކޮޅަގުން ތަތްކުރުވައިގެނެވެ.

 

ދިވެހިރާއްޖެ އުފެދިފައިވަނީ މުރަކައިގެ ފަރުތަކުންނެވެ. މިހާރު މި ފެންނަ ރަށްތަކުގެ މަލަތަކާއި، ހިތްކިޔާ ގޮނޑުދޮށްތައް ލަސްލަހުން ހެދުމުގެ ކުރިން އުފެދިފައިވާ 2000 މީޓަރު މައްޗަށް އަރާ މިބިންގާ އުފެދޭން ނަގާނޭ ވަގުތު ވިސްނާލަބަލާށެވެ. މި ފެންނަ ބައެއް ވެލިފުއްތަކަކީ، މަސްތައް މުރަކަ ކައިގެން ބޭރުކުރެވުމަށްފަހު، ކަނޑުއަޑީގައި ހުރި މަހުގެ އުޔެވެ.

ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް އޮންނަނީ 2500 އާއި 3000 މީޓަރު ބޯ ކެލްސިއަމް ކާބޮނޭޓް ފަށަލައެއްގެ މަތީގައި އެވެ. މި ފަށަލަ އުފެދެން 55 މިލިއަން އަހަރު ނަގައިފައިވެއެވެ. މި ކެލްސިއަމް ކާބޮނޭޓަކީ މުޅިން މުރަކައިގެ ދިރުމުން އައިސްފައިވާ އެއްޗެއް ކަމުގައި ނުވިނަމަވެސް، ދުނިޔޭގެ ކަނޑުތަކުގެ ލޮނު އެންމެ އުސްވުމުގެ އެންމެ ފަހު މަރުހަލާ، ނޫނީ ‘ހޮލޮޝަން’ ގެ ފަހުން، ފަރުގެ އުފެދުމުގެ އެންމެ ބޮޑު ހިއްސާއެއް ކުޅެނީ މިއެވެ. ރާއްޖޭގެ 0.01 ކިލޯމީޓަރަށް ވުރެ ކުޑަނޫން ވަކިވަކި 2000 އަށް ވުރެގިނަ ފަރުގައި 4493.85 އަކަ ކިލޯމީޓަރު ގެ ދިގުމިނާއި، (ފަޅުތަކާއި ރަށްތައް ލައިގެން) 30 މީޓަރުގެ ފުންމިން ހުރެއެވެ. ބުނެވޭ ގޮތުގައި މި ފަރުތަކަކީ މުޅި ދުނިޔޭގައިވެސް މިހާރުހުރި އެންމެ ދުވަސްވީ އަތޮޅުތަކެވެ. އަދި މިއީ ދުނިޔޭގެ މުރަކަ ފަރުތަކުގެ 3 އިންސައްތަ އެވެ. ވީމާ މިފަރުޕަޅުތަކަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައިވެސް މުހިންމު ތަންތަނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.