މަޝްހޫރު ބޭންޑް ޑިޓިއުން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޝޯއެއް ދިނުމަށް ލަންޑަނަށް ހިނގައްޖެ އެވެ. ފަސް މެމްބަރުން ހިމެނޭ ޑިޓިއުން ބޭންޑް ލަންޑަށް ފުރީ އިއްޔެގެ ވަގުތެއްގަ އެވެ.

 

ޑިޓިއުން ބޭންޑު ލަންޑަނަށް ދިޔައީ ލަންޑަނުގައި އިންތިޒާމު ކުރާ ބޮޑު ކައިވެނީގެ ހަފުލާއެއްގައި އަންނަ ހޮނިހިރު ދުވަހު ޕާފޯމް ކުރުމަށް އެ ބޭންޑަށް ލިބުނު ދައުވަތަކަށެވެ. ޖުމުލަ ފަސް މެންބަރުން ތިބި ބޭންޑުގައި ހިމެނޭ ހަމައެކަނި އަންހެން މެމްބަރު ފާތުމަތު ފެޒްލީން (ފެޒޫ) “މިހާރު” އޮންލައިން އަށް ބުނީ ރާއްޖެ ތަމްސީލު ކުރަން ލަންޑަން ކަހަލަ ބޮޑު ސިޓީ އަކަށް ދެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

 

ލަންޑަންގައި އެ ބޭންޑުގެ ތާރީޚަށް ފާހަގަކޮށްލެވޭ ވަރުގެ ވަރުގަދަ ޝޯއެއް ދޭން ގޮސްފައި ވާއިރު، އެ ބޭންޑުގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އަންނަ ނޮވެމްބަރު މަހު ޝޯތަކެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. ބޭންޑްގެ އަހަރީ ދުވަހަކީ ފެބްރުއަރީ 18 އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.